ތުޅާދޫ ފަޅުތެރޭގައި އަޅާފައިއޮތް ދޯންޏެއްގައި ރޯކޮށްލައިފި

ބ. ތުޅާދޫ. އެރަށުގައި ރޭ ދަންވަރުވަނީ ދޯންޏެއްގައި ރޯ ކޮށްލާފައި

ބ. ތުޅާދޫ ފަޅުގައި އަޅާފައި އޮތް މަސްދޯންޔެއްގައި ރޭ ދަންވަރު ބަޔަކު ރޯކޮށްލުމުގެ ސަބަބުން އެ ދޯނީގެ ބޮޑު ބައެއް އަނދާ ހުލިވެއްޖެ އެވެ.

ރޭދަންވަރު މި ހިނގި މި ހާދިސާގައި އަނދާފައި ވަނީ ބ ތުޅާދޫ ރޯނުގޭ އައިމިނަތު ލީލާގެ ” ނޫރައްލީ”  ދޯނީގަ އެވެ.

ތުޅާދޫގައި މަސްވެރިކަން ކުރަމުން ގެންދާ މި ދޯނީގައި ރޯކޮއްލާފައި ހުއްޓާ ފެނިފައި ވަނީ ރޭ ދަންވަރު ގާތްގަޑަކަށް 03:00 އެހާކަން ހާއިރު އެރަށު އަތިރިމައްޗައް ނިކުތް އަލީ ރަޝީދު ނަމަކަށް ކިޔާ މީހަކަށެވެ.

” އަޅުގަނޑު އެގަޑީގައި ތެދުވީ ވަރަށް ފަތިހާ އާއިލާއާއި އެކު ރ އަތޮޅަށް ދާން ފުރަންޖެހޭތީވެ، ދެން އެގަޑީގައި އަތިރިމައްޗައް ނުކުތްއިރު ފެނުނީ ނޫރައްލީ ދޯނީގައި ރޯވެފައި ހުރިތަން. ދެން އަޅުގަނޑު ދުވެފައިގޮސް ފުރަތަމަ ރައްޓެއްސަކަށް ގޮވީ. ދެން ދެމީހުން ވެގެން ގޮސް އޮޑިވެރިޔާގެ އާއިލާއަށް އެންގުމަށްފަހު، މުޅިރަށުގައި ދުވީ ދޯންޔެއްގައި ރޯވެއްޖޭ ގޮވަމުން، ވަރަށް އަވަހަށް މީހުން އެއްވެއްޖެ،” ދޯނީގައި ރޯވެފައި ހުއްޓާ ފެނުނު އަލީ ރަޝީދު އީޓީއަށް ކިޔައިދިނެވެ.

ގާތްގަޑަކަށް ފަންސާސް ފޫޓް ހުންނަ މި ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުން ނިކުމެ ކުރި މަސައްކަތުން ފަތިހު ހަތަރެއް ޖަހަން ކައިރިވެފައި ވަނިކޮށްކަމަށް ތުލާދޫން ވާހަކަ ދެއްކި ޔޫސުފް އިދްރީސް ބުންޏެވެ. އަލިފާންގަނޑު ނިއްވާލެވުނު އިރު ދޯނީގެ ބޮޑު ބައެއްވަނީ އަނދާ ހުލިވެފަ އެވެ.

” މިއީ ބަޔަކު ގަސްދުގައި ކޮއްފައި ވާކަމެއް ކަމަށް އަޅުގަނޑަށް ބެލެވެނީ ދޯނީގެ ދިރުބާކޮޅުވަނީ ބޮޑުވަތާ ހަމައަށް އެއްކޮއް އަނދައި ހުލިވެފައި، މިރަށު ގިނަބަޔަކު ކުރި މަސައްކަތުން އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލެވިއްޖެ،” ޔޫސްފް އިދްރީސް ބުންޏެވެ.

މިކަމާގުޅޭގޮތުން ފުލުހުންގެ ބައެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.