ދަރަވަންދޫ އާއި ގޮއިދޫއަށް އާ ޖަނަރޭޓަރެއް ގެނެސްފި

ބ. ދަރަވަންދޫ އާއި ގޮއިދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ޚަރަދުގައި އެ ދެ ރަށަށް އާ ޖަނަރޭޓަރު ސެޓެއް ގެނެސްފި އެވެ.

އެ ދެރަށުގެ އިތުރުން ގއ.މާމެންދޫ، ހދ. ނޮޅިވަރަމް، ށ.ކޮމަންޑޫ އަދި އައްޑޫ ސިޓީއަށް ވެސް ފެނަކައިން ވަނީ ޖަނަރޭޓަރު ފޮނުވައިފަ އެވެ.

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.ގޮއިދުއަށް ފޮނުވާފައިވަނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ބ.ދަރަވަންދުއަށް ފޮނުވާފައިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ފެނަކައިން ބުނި ގޮތުގައި ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތަކީ އާބާދީއިތުރުވަމުން އަންނަ ރަށްތަކުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވާ ރަށްތަކާއި މަރާމާތުކުރަންޖެހޭ ނުވަތަ މައްސަލަތައް ދިމާވާ ޖަނަރޭޓަރުތައް ހުރި ރަށްތަކަށްވެސް ފެނަކައިން އަންނަނީ ޖަނަރޭޓަރު ފޯރުކޮށްދެމުންނެވެ.

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.ގޮއިދުއަށް ފޮނުވާފައިވަނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ބ.ދަރަވަންދުއަށް ފޮނުވާފައިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ފެނަކައިން މިދިޔަ އަހަރުވެސްވަނީ 67 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ. ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން އެ ކުންފުނިންދަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން މިހާތަނަށް 35 ރަށަށްވުރެ ގިނަ ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.

ފެނަކައިން ހިންގާ 148 އިންޖީނުގެ މެދުވެރިކޮށް، 154 ރަށަށް ފެނަކައިންދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.