
މާލޭގައި މިހާރު ކުރިއަށްދާ ހަތްވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓް ފައިނަލަށް އޭދަފުށީ ބީޑީސީ ދަތުރު ކޮށްފި އެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އޭދަފުށި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މ. މުލީ ބީޑީސީ އާ ބައްދަލުކޮށް ތިން މެޗު ދެ މެޗުން ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ ސިންގަލްސް ގައި އޭދަފުށީގެ ހުސައިން މުހައްމަދު އާއި މ.ބީޑީސީގެ އިސްމާއީލް ނައީމް ބައްދަލުކުރި މެޗު 21-13 ، 16-21 އަދި 21-19 އިން ކާމިޔާބުކުރީ ހުސައިން މުހައްމަދެވެ.
ފުރަތަމަ ޑަބަލްސްގައި އޭދަފުށީގެ ތޮލާލް އަދި މަތީންގެ ޕެއާ އާއި މ.ބީޑީސީގެ ހިޝާމް އަދި ޝާފީގެ ޕެއާ ބައްދަލުކުރި މެޗް 19-21 ، 21-15 އަދި 21-17 އިން ކާމިޔާބުކުރީ ތޮލާލް އަދި މަތީންގެ ޕެއާ އެވެ.
ދެވަނަ ޑަބަލްސްގައި އޭދަފުށީގެ އައުޝާޒް އަދި މުހައްމަދުގެ ޕެއާ އާއި މ. ބީޑީސީގެ އިސްމާއީލް އަދި ފިޒާންގެ ޕެއާ ބައްދަލުކުރި މެޗް 21-18 އަދި 22-20 ން ކާމިޔާބުކުރީ އިސްމާއީލް އަދި ފިޒާންގެ ޕެއާއެވެ.
ދެވަނަ ސިންގަލްސްގައި އޭދަފުށީގެ ތޮލާލް އަބްދުއްރަހުމާން އާއި މ. ބިޑީސީގެ ހިޝާމް ބައްދަލުކުރި މެޗް 21-17 އަދި 21-10 އިން ކާމިޔާބުކުރީ ހިޝާމް އެވެ.
ތިންވަނަ ޑަބަލްސްގައި އޭދަފުށީގެ މަތީން އަދި ހުސައިންގެ ޕެއާ އާއި މ. ބީޑީސީގެ ސައިފް އަދި ފިޒާންގެ ޕެއާ ބައްދަލުކުރި މެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ މަތީން އަދި ހުސައިންގެ ޕެއާއެވެ. އެއީ 21-19 އަދި 21-11 އިންނެވެ.
މި މުބާރާތަށް ފުރުމުގެ ކުރިން އީޓީއަށް ދިން އިންޓަވިއުއެއްގައި އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނީ މިއަހަރު އުއްމީދު ކުރަނީ ވޭތުވެދިޔަ ދެ އަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް ތަށި މިލުކް ކުރުމަށް ކަމަށެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ. މިމެޗުގައި އޭދަފުއްޓާ ބައްދަލުކުރާނީ ނ. ހޮޅުދޫ ބީޑީސީ އެވެ. މި މެޗު ޓީވީއެމް އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހުރިހާ ކުޅުންތެރިން އަދި ޢަލީ ޒާހިރަށާއި މެނޭޖުމަންޓަށް ވަރަށްބޮޑަށް މަރުޙަބާ! އުއްމީދުކޮށް ޔަޤީން ކުރެވެނީ ތަށި މިލްކު ވާނެކަމަށް.