އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ތަށި އޭދަފުށީ ޓީމުން މިލްކު ކޮށްފި

އޭދަފުށީ ބެޑްމިންޓަން ޓީމު ޗެމްޕިއަން ޓްރޮފީއާއެކު-- ފޮޓޯ / ފާއިދު
އޭދަފުށީ ބެޑްމިންޓަން ޓީމު ޗެމްޕިއަން ޓްރޮފީއާއެކު– ފޮޓޯ / ފާއިދު

 

ފޯރިގަދަ މެޗުތަކަކަށްފަހު އަތޮޅު ލީގު ގައުމީ ބެޑްމިންޓަން މުބާރާތުގެ ތަށި އޭދަފުށީ ބީޑީސީން މިލްކުކޮށްފި އެވެ.

ޖެހިޖެހިގެން ތިން އަހަރު އޭދަފުށި ތަށި ހޯދީ ފައިނަލުގައި މިއަދު ހަވީރު ނ. ހޮޅުދޫ ބީޑީސީއާ ބައްދަލުކޮށް 3 މެޗު 2 މެޗުން މޮޅުވެގެންނެވެ.

ފައިނަލުގެ ފުރަތަމަ ސިންގަލްސްގައި އޭދަފުށީގެ ހުސައިން މުހައްމަދު އާއި ހޮޅުދޫގެ އަބްދުﷲ މުތީއު ބައްދަލުކޮށް ސީދާ ދެސެޓުން ކާމިޔާބުކުރީ ހުސައިން މުހައްމަދު އެވެ. އެއީ 21-17 އަދި 21-10 އިން ކާމިޔާބުކޮށްގެންނެވެ.

ފައިނަލުގެ ފުރަތަމަ ޑަބަލްސްގައި އޭދަފުށީގެ މަތީން އަދި ތޮލާލްގެ ޕެއާ އާއި ހޮޅުދޫގެ އުނައިސް އަދި ހުނައިފްގެ ޕެއާ ބައްދަލުކުރި މެޗް 21-12 އަދި 21-10 ން ކާމިޔާބުކުރީ މަތީން އަދި ތޮލާލް އެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމު ޗެމްޕިއަކަން ލިބުމާއެކު އުފާ ފާޅުކުރަނީ-- ފޮޓޯ / ފާއިދު
އޭދަފުށީ ބެޑްމިންޓަން ޓީމު ޗެމްޕިއަކަން ލިބުމާއެކު އުފާ ފާޅުކުރަނީ– ފޮޓޯ / ފާއިދު

 

ފައިނަލުގެ ދެވަނަ ޑަބަލްސްގައި އޭދަފުށީގެ އައުޝާޒް އަދި މުހައްމަދުގެ ޕެއާ އާއި ހޮޅުދޫގެ މުތީއު އަދި ރިޒްމީ ބައްދަލުކުރި މެޗް 21-10 އަދި 21-14 އިން ކާމިޔާބުކުރީ މުތީއު އަދި ރިޒްމީގެ ޕެއާއެވެ.

ފައިނަލުގެ ދެވަނަ ސިންގަލްސް ގައި އޭދަފުށީގެ ތޮލާލު އަބްދުއްރަހްމާން އާއި ހޮޅުދޫގެ ރިޒްމީ ބައްދަލުކުރި މެޗް 21-15 އަދި 21-10 ން ކާމިޔާބުކުރީ ރިޒްމީ އެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމު ޗެމްޕިއަން ޓްރޮފީއާއެކު-- ފޮޓޯ / ފާއިދު
އޭދަފުށީ ބެޑްމިންޓަން ޓީމު ޗެމްޕިއަން ޓްރޮފީއާއެކު– ފޮޓޯ / ފާއިދު

 

ފައިނަލްގެ ފަހު ޑަބަލްސްގައި އޭދަފުށިގެ މަތީން އަދި ހުސައިންގެ ޕެއާ އާއި ހޮޅުދޫގެ އުނައިސް އަދި ސަމިހް ގެ ޕެއާ ބައްދަލުކުރި މެޗް 21-15 އަދި 21-18 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި މިލްކު ކުރިއެވެ.

“ވަރަށް ބޮޑަށް އުފާވެއްޖެ ޖެހިޖެހިގެން ތިން އަހަރު ތަށި ހޯދުނީތީ، ގައުމީ ފެންވަރުގައި އަތޮޅާއި ރަށަށް ވަރަށް ބޮޑު ކާމިޔާބީއެއް މި ހޯދުނީ،” އޭދަފުށީ ޓީމުގެ މެނޭޖަރު ބުންޏެވެ.

މިދިޔަ އަހަރު އޭދަފުށި ޗެމްޕިއަންކަން ހޯދީ ހދ. ނޮޅިވަރަމް ބީޑީސީއާ ވާދަކޮށެވެ. އޭގެ ކުރީ އަހަރު މޮޅުވީ ފުވައްމުލައް ބީޑީސީ އަތުންނެވެ.

މި މުބާރާތުގައި މާދަމާ އިން ފެށިގެން ކުރިއަށް ދާނީ އޯޕަން އިވެންޓުގެ ކުޅުމެވެ. އޯޕަން އިވެންޓް ގައިވެސް އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން ވާދަކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. މުޙައްމަދު ރިޝާ

    އޭދަފުށީ ބީޑީސީ އިން އޭދަފުއްޓަށް ތިޔަ ހޯއްދަވައިދެއްވި ރީތި ނަމާ ސަރަފައްޓަކައި އަޅުގަނޑާ އަޅުގަނޑުގެ އާއިލާގެ ފަރާތުން މަރުހަބާ ދަންނަވަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.