ބ. އެޓޯލް ފުޓްބޯލް ޗެލެންޖް – ގޮއިދޫ

2012 ވަނަ އަހަރު ގޮއިދޫ ޓީމުޗެމްޕިއަން ޓްރޮފީއާއެކު
2012 ވަނަ އަހަރު ގޮއިދޫ ޓީމުޗެމްޕިއަން ޓްރޮފީއާއެކު

 

އިދިކޮޅު ޓީމްގެ ފޯވާޑްލައިންގައި ތިބީ ދަނގަޑޭ، އުމައިރު އަދި ސެންޓޭއެވެ. މި ތިންކުޅުންތެރިން ގޯލެއް ޖެހިޔަނުދީ ހިފަހައްޓަން މަސައްކަތްކުރަމުން ދިޔައީ 2012 ވަނަ އަހަރުގެ އަތޮޅު ފުޓްބޯލް ޗެލެންޖުގައި ވާދަކުރަމުންދިޔަ ގޮއިދޫ ޓީމެވެ. ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް ތިބި ޓީމެއްގެ މައްޗަށް އެދުވަހު އެރަށަށް ކާމިޔާބީ ހޯދިދާނެކަމަށް މެޗުބަލަމުން ދިޔަ ގިނަ މީހުން އުއްމީދެއް ނުކުރެއެވެ. ނަމަވެސް ޕެނަލްޓީ ޖަހައިގެން އެމީހުންގެ ނަސީބު އަތުގައި ހިފުން ވެގެންދިޔައީ ރަށުގެ ފުޓްބޯޅައިގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަށެވެ. އޭދަފުށި ތަމްސީލް ކުރަމުންދިޔަ ސީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ގޮއިދޫ ޔޫތް ސޮސައިޓީން ތަށި ހޯދީ ޕެނަލްޓީގައި 6-7 އިން މެޗް ކާމިޔާބުކޮށްގެންނެވެ. އެ ހިސާބުން އަތޮޅު ފެންވަރުގައި އޭދަފުއްޓާއި ގޮއިދޫ ޖެހުނީ އެއްއުރައަކަށް ލާށެވެ.

ފުޓްބޯލް ޗެލެންޖު 2012 ގެ ތެރެއިން
ފުޓްބޯލް ޗެލެންޖު 2012 ގެ ތެރެއިން

ގޮއިދޫއަކީ ކުޅިވަރަށް އިންތިހާއަށް ލޯބިކުރާރަށެކެވެ. ގައުމީ ފެންވަރުގައި ބާއްވާ އެތްލެޓިކްސް ބަށި އަދި ވޮލީފަދަ މުބާރާތްތަކުގައި އެރަށުން ބައިވެރިވެ އެވެ. ކާމިޔާބީއަށް ވާސިލްވުމަށް ބުރަކޮށް މަސައްކަތްކުރެ އެވެ. ދުރާލާ ތައްޔާރުވެ މުބާރާތްތަކުގައި ވާދަކުރާކަމީ އެރަށުން ހޯދާ ކާމިޔާބީގެ ސިއްރެވެ. ކުރިއަށް މިއޮތް ފުޓްބޯލް ޗެލެންޖަށްވެސް އެރަށުން މިހާރުވަނީ ތައްޔާރުވެފަ އެވެ. 2012 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކުމުގެ އަޒުމުގައި ގޮއިދޫ ޔޫތް ސޮސައިޓީގެ މިސްރާބު ހުރީ ތައްޓާއި ދިމާލަށެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ހައިރާންކުރުވަނިވި ގޮތަކަށް ކެންދޫ އަތުން ބަލިވި ބަލިވުން އެމީހުންގެ ހިތުން އަދިވެސް ނުފިލަ އެވެ. އެ ނަތީޖާއާއި ގުޅިގެން މިފަހަރުގެ މުބާރާތަށް އެ ޓީމުވަނީ ވަރުގަދަ ކޮށްފަ އެވެ. އޭދަފުށީ ޓީމުން މިދިޔަ އަހަރު ފެނުނު މުހިއްމު ދެކުޅުންތެރިން ގޮއިދޫން ވަނީ ގެންގޮސްފަ އެވެ. އިޝާން އިބްރާހިމް (ސައްޓު) އާއި ޢަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓޭ) އާއިއެކު ޓީމުވަނީ ހީކުރިވަރަށްވުރެ ވަރުގަދަ ވެފައެވެ. މި ދެ ކުޅުންތެރިންނާއި އެކު މިފަހަރުވެސް ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ މާޒިޔާއާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އިމްރާން އެވެ. ވޭތުވެދިޔަ ދެ އަހަރުވެސް ގޮއިދޫ ޓީމަށް އެންމެ އިތުބާރާއިއެކު ކުޅެމުންދިޔައީ އެއްކުޅުންތެރިއަކީ އިމްރާންއެވެ. އިމްރާންގެ ތަޖުރިބާ އަކީ އެޓީމަށް ލިބޭނެ އެންމެބޮޑު ހިތްވަރެވެ. އަދި ސައްޓުއާއި މަޖިއްޓޭގެ ހުނަރާއިމެދު ދެބަސްވެވޭނެ ޖާގައެއްނެތެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި އެ ޓީމު ތައްޓާއި ހަމައަށް ދިއުމަކީ ވެދާނެކަމެކެވެ.

ގޮއިދޫ ޓީމުން ބުނިގޮތުގައި އެމީހުން މިފަހަރު ނިކުންނާއި 2012 ވަނަ އަހަރަށްވުރެވެސް ވަރުގަދަކޮށެވެ. އަދި މިފަހަރުވެސް އޭދަފުށި ބަލިކޮށްގެން ނޫނީ ކާމިޔާބީ ހޯދުމަކީ އުނދަގޫކަމަކަށް ވާނެކަމަށް އެރަށުން ޤަބޫލުކުރެ އެވެ. ޓީމުގެ މެނޭޖަރު އަޙްމަދު ރިޔާޒް ބުނިގޮތުގައި މުބާރާތުގައި އޭދަފުއްޓާއި ކުޅެން ޖެހިއްޖެނަމަ މިފަހަރުވެސް ކާމީޔާބީ ހޯދިދާނެ އެވެ. ނަމަވެސް އޭދަފުއްޓަކީ މުބާރާތުގައި ވާދަކުރާނެ އެންމެ ވަރުގަދަ ޓީމުކަމަށް އޭނާ ޤަބޫލުކުރެ އެވެ.

“2012 ވަނަ އަހަރަށްވުރެ ޓީމު ވަރުގަދަ ވާނެ މިފަހަރު. އެހެންވީމަ އޭދަފުއްޓާއި ކުޅެން ޖެހިއްޖެނަމަ މިފަހަރުވެސް ކާމިޔާބީ ހޯދިދާނެކަމަށް ޤަބޫލުކުރެވޭ. ކުރީފަހަރުގެ ނަތީޖާއަށް ބަލާފަ އެ ހިތްވަރު އެބަހުރި މިފަހަރުވެސް . މިދިޔަ އަހަރު ކެންދޫ އަތުން ބަލިވީމަ އަދިވެސް ގަބޫލުނުކުރެވޭ، އެކަމު ކުޅިވަރުގަ އެހެންވެސް ވާނެ. އެ ދުވަހު ބަލިވީ މިސްޓޭކް ތަކެއްވެސް ހެދިގެން ” ނާކާމިޔާބީގެ ހަނދާންތައް އާ ކުރަމުން ރިޔާޒް ބުންޏެވެ.

ރިޔާޒް ޤަބޫލުރާގޮތުގައި މިފަހަރުގެ މުބާރާތަކީ ވާދަވެރި މުބާރާތަކަށް ވާނެ އެވެ. އަދި މި މުބާރާތުގައި ކުޅޭ އެއްވެސް ޓީމެއް ބަލިކުރުމަކީ އޭނާ ގަބޫލުކުރާގޮތުގައި ފަސޭހަކަމަކަށް ނުވާނެ އެވެ. އެހެންކަމުން އެ ޓީމުން މިހާރުވެސް ތައްޔާރުވަމުން ދަނީ އަންނަ ހޮނިހިރު ދުވަހު ކުޑަރިލާއި ކުޅެންޖެހޭ މެޗަށެވެ. އެމެޗުގައި ކީޕަރު އިމްރާން ނުލައި ކުޅެންޖެހުމަކީ ކަންބޮޑުވުމެއްކަމަށް ރިޔާޒް ބުންޏެވެ.

“ފުރަތަމަ އަމާޒަކީ ގްރޫޕްގެ އެއްވަނަ. މިފަހަރު ނެތް އާދައިގެ ޓީމެއް. ޓީމުތަކުގެ ތަފާތު ބޮޑުވާނެހެނެއް ހިއެއްނުވޭ. ފުރަތަމަ ކުޑަރިކިލާއި ކުޅޭ މެޗް ވަރަށް އުނދަގޫވާނެ. އިމްރާންއަށް ނުކުޅެވޭތީ މައްސަލައަކީ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމުނީމަ އިމްރާންއަށް އާދެވޭނީ. ގްރޫޕްގަ ދެންއޮތް ކިހާދޫ ބަލިކުރުމަކީ ވެދާނެކަމެއް” މުބާރާތުގެ ރަށްތަކުގެ ވާދަވެރިކަން ބޮޑުވާނެކަމުގެ ޔަގީންކަން ދެމުން ރިޔާޒް ބުންޏެވެ.

ވޭތުވެދިޔަ ދެއަހަރުވެސް ގޮއިދޫން ވަނީ މުބާރާތުގައި ރަނގަޅު ކުޅުމެއްދައްކާފަ އެވެ. ޓީމުން ހޯދާފައިވާ ނަތީޖާތައް އޭގެ ހެއްކަކަށް ފުދެއެވެ. ވޭތެވެދިޔަ ދެ މުބާރާތުގައި 17 ގޯލް ޖަހާފައިވާއިރު އެ ޓީމުކޮޅަށް ވަދެފައިވަނީ 6 ގޯލެވެ.

2012 ވަނަ އަހަރު ގޮއިދޫ ޓީމު
2012 ވަނަ އަހަރު ގޮއިދޫ ޓީމު

މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގޮއިދޫން ވަނީ އެކުވެރިކަމުގެ ދެ މެޗުކުޅެފަ އެވެ. ކިހާދޫ އާއި ދޮންފަނާއި ދެކޮޅަށް ކުޅުނު މި ދެ މެޗުވެސް އެ ޓީމުންވަނީ ކާމިޔާބުކޮށްފަ އެވެ. ކިހާދޫގެ މައްޗަށް 6-1 އިން ކުރިހޯދިއިރު ދޮންފަނާއި ކުޅެގެން މޮޅުވީ 4-3 އިންނެވެ. ދޮންފަނާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗް އެރަށުން ކާމިޔާބު ކުރީ މިފަހަރު އެރަށުގެ ކޯޗް މުޙައްމަދު އިގްބާލްގެ އިރުޝާދާއިއެކު އެވެ. އިގްބާލް އަކީ މިއަހަރު ބީޖީ ސްޕޯޓްސް ކްލަބަށް ކޯޗުކަންވެސް ކޮށްދީފައިވާ ތަކުރިބާކާރު ކޯޗެކެވެ.

ކޮންމެއަކަސް މިފަހަރުގެ މުބާރާތަކީ ގޮއިދޫން އާދަޔާ ޚިލާފު ހިތްވަރެއް ނެރޭނެ މުބާރާތެއްކަން ޔަގީނެވެ. ކާމިޔާބީ ހޯދުމަށް އެރަށުގެ ކުދިބޮޑު އެންމެން އަންނަނީ އެކުވެރިކަމާއިއެކު ޓީމަށް އެއްބާރުލުން ދެމުންނެވެ. ޓީމަށް ސަޕޯޓް ދިނުމަށް ސަޕޯޓަރުން މިހާރުވެސް ވަނީ ތައްޔާރުވާން ފަށާފަ އެވެ. ސަޕޯޓް ކުރުމަށް މުޅި ގޮއިދޫ މިފަހަރުވެސް އަންނާނެކަމަށް ޓީމުން ބުނެއެވެ.

“މިފަހަރުވެސް ޓީމަށް ސަޕޯޓް ކުރުމަށް ގޮއިދޫގެ ކުދިބޮޑު އެންމެންދާނެ. ރައްޔިތު އެންމެން ތިބީ ޓީމާއިއެކުގަ. ރަށުގެ އެންމެންގެ ފަރާތުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބޭ “

އަންނަ ހޮނިހިރު ދުވަހު ޓީމާއިއެކު އޭދަފުއްޓަށް އައުމަށް ސަޕޯޓަރުން މިހާރުވެސް ތިބީ ދަތުރުހަދައިގެންނެވެ. މުބާރާތް ފެށިގެންދާނީ ކުޑަރިކިލާއި ގޮއިދޫ ބައްދަލުކުރާ މެޗުންނެވެ.

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    ބޮން ހީކުރި ކަހަލަ ޓީމަކަށް ބަތްޕޮޅި ނުވި…. ގަބުޅި ހީކުރާ ކަހަލަ ޓީމަކަށް ބަތްޕޮޅި ވާނެބާ….

    ރައްދު
  2. mode

    ބަތްޕޮޅިުމެން ކުރިންފަހަރުވެސް ބުނި ގޮއިދޫ ބަލިކުރާނަމޭ އެކަމަކުވެސް އެކަމެއް ނުކުރެވުނު……… ބަތްޕޮޅިމެން ތިހީކުރާކަހަލަ ޓީމެއްނޫނޭ ގޮއިދޫ ޓީމަކީ. މިފަހަރު ވަރަށް ތަފާތުވާނެ ……….

    ރައްދު
  3. Kihaadhoo ބަތްޕޮޅި

    ގޮއިދޫ ޓީމަށް އިހުތިރާމް ކުރަން… ހެނަސް މުބާރާތުގައި ފްރެންޑްލީ ފެޗްގެ ނަތީޖާ ތަކުރާރު ނުކުރެވޭނެކަން ވިސްނާތި… ކުރީއަހަރު ސެމީގައި ކިހާދޫ ބަލިކުރި ކުރުމުގެ ބަދަލު މިފަހަރު ގްރޫޕްސްޓޭޖްގައި ހިފާނަން އިންޝާ ﷲ..
    ހޮނިހިރު ދުވަހު ކުޑަރިކިލު އަތުން ސަލާމަތްވޭތޯ ބަލާ… ވަރަށް ސަލާމް.

    ރައްދު
  4. jalaa

    މެޗެއްގެ ނަތީޖާ ބަލަނީ ފުރަތަމަ ހާފަކުން ނޫން.. ފުރަތަމަ މިނިޓުގައިވެސް ލަޑެއްވަނަ ނުދި ހިފެހެއްޓިދާނެ. އޭގެ މާނައަކީ ނުކުޅެވުމެއްނޫން.. ނަތީޖާ ބަލާނީ 90 މިނިޓްކުޅެގެން. ގޮއިދޫ ކުޅޭނީ މޮޅުވާން.. ﷲއިރާދަކުރެއްވިއްޔާ މިފަހަރުމީ ގޮއިދޫގެ ފަހަރެއް.. ކިހާދޫވެސް ރަނގަޅަށް ކުޅޭނެކަމަށް އުންމީދުކުރަން.. ސަލާމް..

    ރައްދު
  5. Ahmed

    އެކުވެރިކަމުގެ މެޗުގައި ކިހާދޫގެ މައްޗަށް ހޯދި ކާމިޔާބީ ބުދަދުވަހު ހަވީރު ތަކުރާރު ކުރާނަން! އިންޝާ ﷲ…

    ރައްދު
  6. Kihaadhoo ބަތްޕޮޅި

    އެކުވެރިކަމުގެ މެޗްގައި 6:1 ކުން ކިހާދޫ ބަލިކުރި ދުވަހު ފުރަތަމަ ހާފްގައި އުޅެންޖެހުނު ހާލު ހަނދާނުން ނައްތާނުލާށެވެ. ކުޑަރިކިލު ޓީމަށްވުރެ ކިހާދޫޓީމް ބަލިކުރަނ ފަސޭހަވާނެކަމަށް ރިޔާޒަށް ހީވަނީތާއެވެ… ތިޔެއް އެނގޭނީ ބުދަ ދުވަހު ހަވީރު އެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.