ޑރ ޝާން އޭދަފުށީ މެޑިކަލް ސެންޓަރަށް

Canton-Orthopedic-Surgeon

ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ ޝާން އަންނަ ޑިސެމްބަރު މަހުތެރޭ ގައި އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

ޑރ ޝާންއަކީ ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކާއި ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ޑޮކްޓަރެވެ.

އޭދަފުށީ ޓައިމްސްއަށް މައުލޫމާތު ދެއްވަމުން އެކްލިނިކްގެ އިސް ވެރިޔަކު ބުނިގޮތުގައި ޑރ ޝާންމެން ފަދަ ޑޮކްޓަރުން އެ ކުލިނިކަށް ވަޑައިގެން ބަލިމީހުންނަށް ފަރުވާ ދެއްވާކަމީ ކްލިނިކުން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމެކެވެ. އަދި މިއަތޮޅުގެ ރައްޔިތުންނަށް މާލެނުގޮސް މިފަދަ ސްޕެސަލިސްޓުންނަށް ފަސޭހައިން ދައްކާލުމަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށްވެސް އެ ކްލިނިކުން ބުންޏެވެ.

“މިއީ މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެއް. މާލެދާކަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ، ކިއުގައި ހުރެ ނަމްބަރު ނުލިބިގެން އުޅޭކަށް ނުޖެހޭނެ، އަދި މިފަދަ ޑޮކްޓަރުންގެ ހިދުމަތް މި ކްލިކުން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” އެ ކްލިނިކްގެ އިސްވެރިޔަކު ބުންޏެވެ.

މި ކްލިނިކްގައި ފަރުވާދެއްވާ ޑޮކްޓަރުންގެ ތެރޭގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑރ އަސީލް، އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑރ ޔާސިރް، ނަފްސާނީ ބަލިތަކަށް ހާއްސަ ޑރ ޝަނޫހާ މަންސޫރު، ހަމުގެ ބަލިތަކަށް ހާއްސަ ޑރ މައުސޫމާ، ސްކޭން ކުރުމަށް ހާއްސަ ޑރ އިބްރާހިމް ރަޝީދު އަދި ލޮލުގެ ބަލިތަކަށް ހާއްސަ ޑރ ޖުނެއިދް ހިމެނިވަޑައިގަންނަވަ އެވެ. އަދި މީގެ އިތުރުންވެސް އިންޑިއާގެ މައްސޫރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ސްޕަ ސްޕެސަލިސްޓުން އެ ކްލިނިކަށް ޒިޔާރަތް ކުރާނެކަމަށް އެ ތަނުން ބުނެއެވެ.

ޑޮކްޓަރަށް ދެއްކުމަށާއި އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 7523242 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.