ބ. އަތޮޅު ހޮސްޕިޓަލުގައި ހިތާނީ ކޭމްޕެއް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދާ ހިތާނީ ކޭމްޕްގެ ތެރެއިން-- ފޮޓޯ / އަތޮޅު ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދާ ހިތާނީ ކޭމްޕްގެ ތެރެއިން– ފޮޓޯ / އަތޮޅު ހޮސްޕިޓަލް

 

ސްކޫލު ބަންދާ ދިމާކޮށް ބ. އަތޮޅު ހޮސްޕިޓަލުން ހިތާނީ ކޭމްޕެއް ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ކޭމްޕްގައި ޖުމްލަ 13 ކުއްޖަކު ހިތާނު ކުރާ ގޮތަށް ހަމަޖައްސައިފައި ވެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި ސިދުގީ އަބްދުﷲ ވިދާޅުވީ ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ އެކަމަށް ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ކުއްޖަކު ހިތާނުކޮށްފައި-- ފޮޓޯ އަތޮޅު ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލުގައި ކުއްޖަކު ހިތާނުކޮށްފައި– ފޮޓޯ އަތޮޅު ހޮސްޕިޓަލް

“މިއަދު 3 ކުދިން ވަނީ ހިތާނަކޮށްފައި. ދެން މާދަމާ އޮންނާނީ އޮޕަރޭޝަން ކުރުމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު. ދެން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އޮންނާނީ ހިތާނުކުރަން ނަންނޯޓް ކޮށްފައިވާ ކުދިން ހިތާނުކުރުން،” ސިދުގީ ވިދާޅުވި އެވެ.

ހިތާނީ ކޭމްޕަށް އަތޮޅު ހޮސްޕިޓަލުވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. ހިތާނުކުރާ ކުދިން އެ ތަނުގައި ބައިތިއްބާ ވަގުތުތަކުގައި ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތު އޮންނާނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ބާއްވާ ހިތާނީ ކޭމްޕުގައި ކުދިން ބައިވެރިކުރުމުގެ ފުރުސަތު މިއަހަރުވެސް އާންމުކޮށް ހުޅުވާލި އެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް ފީ އެއް ދައްކާކަން ނުޖެހެ އެވެ. ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެއެވެ.

އޮޕަރޭޝަން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ބ އަތޮޅު ހޮސްޕިޓަލަށް ވަޑައިގަތުމުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުވެސް މި ކޭމްޕުގެ ތެރޭގައި ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.