ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބަށި މުބާރާތުގައި 6 ޓީމު ބައިވެރިވެއްޖެ އެވެ.
އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އޭދަފުށީ ސްޓޭޖް ސަރަހައްދުގެ ހުސް ބިމުގައި ކުރިއަށް ގެންދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ވަނީ ހުށަހަޅައިފަ އެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 15،000ރ. ހުށަހަޅައިފަ އެވެ.
މުބާރާތުގައި ބައިވެރިވި ހަ ޓީމަކީ ގޮއިދޫ، ތުޅާދޫ، އޭދަފުށި، މާޅޮސް، ކިހާދޫ އަދި ކެންދޫ އެވެ. މުބާރާތުގެ ގުރުލުން އޮންނާނީ އަނަން އާދީއްތަ ދުވަހު އަތޮޅު ކައުންސިލު އިދާރާގަ އެވެ.
އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 15 ގަ އެވެ.