މަޝްހޫރު ބޮލީވުޑް އެކްޓަރު ދެވަން ވަރްމާ މަރުވެއްޖެ

މަޝްހޫރު ކޮމެޑިއަން ދެވަން ވަރްމާ
މަޝްހޫރު ކޮމެޑިއަން ދެވަން ވަރްމާ

 

 

 

 

 

 

 

 

 

 

އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ ދެވަން މަރުވީ ހާރޓު އެޓޭކެއް ޖެހުމުގެ ސަބަބުންނާއި ކިޑުނީ ފެއިލު ވެގެން ކަމަށެވެ. ކޮމެޑީ ފިލުމުތަކުން ގިނަ ބައެެއްގެ މަޤުބޫލުކަން ހޯދާފައިވާ ދެވަން މަރުވެފައިވަނީ ރޭ ދަންވަރު އޭނާގެ އުފަން ރަށް ޕޫނޭ ގައި ހުންނަ އޭނާގެ ގޭގައެވެ.

ޢުމުރުން 78 އަހަރުގެ ދެވަން އަކީ އެކްޓު ކުރުމުގެ އިތުރުން ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށް އަދި ޕްރޮޑިއުސްވެސް ކޮށްފައިވާ ފަރާތެކެވެ. އޭގެ ތެރޭގައި ވަރަށް ފަހުން ނުކުތް ހިންދީ ފިލްމް “ބޭޝަރަމް” ވެސް ހިމެނެއެވެ. ފިލްމް ފެއަރގެ ބެސްޓު ކޮމޭޑިއަން އެވޯރޑު ދެވަން އަށް ލިބިފައިވާ ފިލުމުތަކުގެ ތެރޭގައި “ޗޯރީ މެރާ ކާމް”، “ޗޯރް ކެ ގަރް ޗޯރް” އަދި “އަންގޫރް” ހިމެނެއެވެ. ފިލްމް އަންގޫރް އަކީ މަޝްހޫރު ޑައިރެކްޓަރ ގުލްޒާރުގެ އެންމެ ފަހު ފިލްމެވެ. އަދި މިއީ މިހާތަނަށް ބޮލީވުޑުގައި ނެރުނު ކޮމޭޑިއަން ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމެވެ.

އެންމެ ފަހުން ދެވަން އެކްޓު ކޮށްފައިވާ ފިލްމަކީ 2003 ވަނަ އަހަރު ނުކުތް “ކަލްކަޓާ މެއިލް” އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.