“ޔާމީނުގެ ވެރިކަން ނިމޭއިރު ރާއްޖޭގައި ސަލާންޖަހާނެ މީހަކު ނުހުންނާނެ”

އަހްމަދު ސަލީމް
އަހްމަދު ސަލީމް

 

ރައީސް ޔާމީނުގެ ވެރިކަން ނިމޭއިރު ރާއްޖޭގައި ސަލާންޖަހާނެ މީހަކު ނުހުންނާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ރައީސް ޔާމީނަކީ އުމަރުބިން އަބްދުލް އަޒީޒް ފަދަ ވެރިއެއް ކަމަށާއި ރަނގަޅު ވެރިއަކު ލިބުމަކީ ގައުމު ތަރައްގީވެ، ކުރިއަރައިގެންދާނެ ސަބަބެއްކަމަށެވެ. އަދި އެކަން އިސްލާމީ ތާރީހުން ފެންނަން އެބަ އޮތްކަމަށާއި މިއަދު ދ­­­ިވެހިންނަށް ލިބިފައިވަނީ އެފަދަ ވެރިއެއްކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

“އަޅުގަނޑު ދަންނަވާނީ ސަލާން ޖަހާ މީހަކުވެސް ނުހުންނާނެއޭ. ނިކަމެތި މީހަކުވެސް ހުރުމަކީ ވަރަށް ނާދިރުކަމެއް. މިގޮތަށް އަޅުގަނޑުމެން އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްފިއްޔާ މިހެންވަނީ،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އުމަރުބިން އަބްދުލް އަޒީޒުގެ ވެރިކަމުގައި ޒަކާތް ނަގައިގެން ބަހަން ބެލިއިރު އެ ފައިސާގައި ހިފާނެ މީހަކު ނެތް ކަމަށެވެ.

“އަޅުގަނޑުމެންނަށް މިއަދު ލިބިފައި މިއޮތީ ގައުމު ކުރިއަށް ގެންދެވޭނެ، މިފެންވަރުގެ ވެރިއެކޭ އަޅުގަނޑު ދަންނަވާނީ. އެހާ ތެދުވެރި އެހާ އިހްލާސްތެރި، ތިމާގެ މީހަކަ، ގާތް މީހަކަށް ނުބައްލަވާ، އަޅަންޖެހޭ ފިޔަވެއްގައި އެ ގެންދަވަނީ އެ މިސާލު ދައްކަވަމުން،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އުމަރުބިން އަބްދުލް އަޒީޒް ވަޑައިގެންނެވީވެސް ވަރަށް މާތް އާއިލާއެއްގެ ތެރެއިން ކަމަށާއި ރައީސް ޔާމީންވެސް ވަޑައިގެންނެވީ “ރަނގަޅު” އާއިލާއަކުން ކަމަށެވެ.

“އަޅުގަނޑުމެން ބަލާލާއިރުގައި އަބްދުﷲ ޔާމީން އުފެދިފައި މިހުރީ ރަނގަޅު އާއިލާއަކުން. މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާއިން. އެއީ ރާއްޖޭގެ ތާރީހްގައި އެންމެ ރަނގަޅު ވެރިކަމެއް ކުރެއްވި ބޭފުޅާ،” ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.