ހަނދުގައި ދެވަނައަށް ފައިތިލަ ބީއްސާލީ އެސްޓްރޯނަޓް ސޮނެވާފުށީގައި

•ބަޒް އެލްޑްރިން އާއި އޭނާގެ އާއިލާ ސޮނޭވާ ފުށި ރިސޯޓުގައި.-- ފޮޓޯ: ޓްވިޓާ
• ބަޒް އެލްޑްރިން އާއި އޭނާގެ އާއިލާ ސޮނޭވާ ފުށި ރިސޯޓުގައި.– ފޮޓޯ: ޓްވިޓާ

 

ދެވަނަ އަށް ހަނދުގައި ފައިތިލަ ބީއްސާލުމުގެ ޝަރަފު ހޯދި އެމެރިކާގެ އެސްޓްރޮނޯޓް ބަޒް އެލްޑްރިން ސޮނެވާފުށީ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ.

އެލްޑްރިން، 82، އިއްޔެ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އާއިލާއާ އެކު އޭނާ ރާއްޖެ އައީ “މަސައްކަތް ހިމެނޭ ޗުއްޓީއެއް”ގަ އެވެ. އަދި ބުނީ އޭނާ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ބ. ސޮނޭވާ ފުށި ރިސޯޓުގައި ކަމަށެވެ.

 

ބަޒް އެލްޑްރިން ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ރާއްޖެ އައިސްފަ އެވެ.

ހަނދަށް މީހުން ފޮނުވަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ކުރިއަށް ގެންދިޔަ ތާރީހީ މިޝަނުގައި ހިމެނިގެން ޖުލައި 20، 1969 ގައި ހަނދަށް ދިޔައީ ބަޒް އެލްޑްރިންގެ އިތުރުން ނީލް އާމްސްޓްރޯންގް އަދި މައިކަލް ކޮލިންސް އެވެ. މީގެ ތެރެއިން ބަޒް އެލްޑްރިން އަކީ ދެ ވަނަ އަށް ހަނދުގައި ފައިތިލަ ޖައްސާލީ މީހާ އެވެ. ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ޖައްސާލީ އާމްސްޓްރޯންގެވެ.

ބަޒް އަލްޑްރިން، އަދި އޭނާ ހަނދުގައި ހިނގަނީ
ބަޒް އަލްޑްރިން، އަދި އޭނާ ހަނދުގައި ހިނގަނީ

 

އެމެރިކާގެ އެއާފޯސްގެ ޕައިލެޓަކަށް ވެސް މަސައްކަތްކުރި އެލްޑްރިން ވަނީ ކޮރެއާ ހަނގުރާމައިގައި ޖެޓް ފައިޓާ ޕައިލެޓެއްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ރިޓަޔާކުރިއިރު އޭނާ އަކީ ކާނަލެކެވެ.

އެ ދަތުރުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ދިދަ ހަނދަށް ގެންދިޔަ އިރު އޭގެ ތެރޭގައި ދިވެހި ދިދަ ވެސް ހިމެނުނު ކަމަށްވެ އެވެ. އަދި ހަނދުން ގެނައި ހިލަކޮޅުތަކެއް ވެސް ރާއްޖެ އަށް ލިބުނު ކަމަށްވެ އެވެ. (މައުލޫމާތު: ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. The Ventiez

    ކީއްވެގެންބާ މިފަދަ ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި ހަނދަށް ނުދެވެންވީ؟؟ މިއީ އެމެރިކާގެ އޭރިއާ 51 ގައި ނަގާފައިވާ ފޮޓޯތަކެއް… ހަނދަށް ދިޔައިމޭ ކިޔައިގެން އެމެރިކާއިން ފޮނިކެނޑީ… ހަނދުގައި ޖަހާފައިހުރި އެމެރިކާ ދިދަވެސް ވިހުރޭތަން ފެނޭ ފޮޓޯތަކުންނާއި ވީޑިއޯތަކުން… ދެން އުފެދޭ ސުވާލަކީ، ހަނދަކީ ވައި ހުންނަތަނެއްތޯ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.