ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ އިންތިޒާމު ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފި

އޭދަފުށްޓާއި ކިހާދޫ ސެމީ ފައިނަލް މެޗް ފެށުމުގެ ކުރިން – އީޓީ ފޮޓޯ: ނައުޝަލް
އޭދަފުށްޓާއި ކިހާދޫ ސެމީ ފައިނަލް މެޗް ފެށުމުގެ ކުރިން – އީޓީ ފޮޓޯ: ނައުޝަލް

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށްފަހު ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން މުބާރާތުގެ އިންތިޒާމް ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީޓީ އާ ވާހަކަދައްކަމުން ކޮމިޓީގެ އިސް މެމްބަރ ޢަލީ ޝަފީގް ވިދާޅުވީ އޭދަފުށި އަތުން 2-1 އިން ބަލިވެ ކިހާދޫ މުބާރާތުން ކެޓުމުގައި ރެފްރީންގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށާއި، އެދުވަހުގެ މެޗްގައި ރެފްރީގެ ނިންމުންތަކާއި ދެޓީމަށްވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި މިދިޔަ އަހަރުގެ މުބާރާތަށްވުރެ މިފަހަރު މުބާރާތުގައި ރެފްރީންގެ ނިންމުންތައް މާ ރަގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

” މެޗްތައް އިންސާފު ކުރަން އަޅުގަނޑުމެން ގެނައީ ފަސްޓް ޑިވިޝަންގެ ރެފްރީން. އެއީ ގަލޮޅު ދަނޑުގައިވެސް ރެފްރީކަން ކުރައްވާ ބޭފުޅުން. ފީފާގެ ބެޖް އިން ރެފްރީއެއްވެސް މިފަހަރު އަޅުގަނޑުމެން ގެނައިން. ރެފްރީންގެ ޓީމުން ނިންމާނީ އެދުވަހެއްގަ މެޗަށް އަރާނީ ކޮން ރެފްރީއެއްކަންވެސް. އަޅުގަނޑުމެން އެކަމަކާ އެއްވެސް ވަރަކަށް ނުބެހެން. ވަރަށް އިންސާފުވެރިކަމާއެކީ މެޗްތައް ގެންދަން އެބޭފުޅުން މަސައްކަތް ކުރައްވަނީ “

މީގެ އިތުރުން އެމެޗްގައި ހިނގާދިޔަ ދެކަމަކާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ކޮމިޓީން ވަނީ ވާހަކަދައްކަވާފައެވެ. މިގޮތުން އޭދަފުށީގެ ފުރަތަމަ ލަނޑު ޖަހަން ބޯޅަ ހުރަސްކުރި އިރު ބޯޅަ ބޭރުވެފައިވާކަމަށް ދެކެވޭ ވާހަކަތަކާއި، ކިހާދޫ ޓީމަށް ޕެނަލްޓީއެއް ދިނުމަށްފަހު، ރެފްރީގެ ނިންމުން ބަދަލުކުރިކަމަށް ދެކެވޭ ވާހަކަތައް ޢަލީ ޝަފީޤް ދޮގުކުރެއްވިއެވެ.

” ބޯޅަ ބޭރުވާނީ ލައިން އެއްކޮށް ހުރަސް ކުރީމަ. އެވަގުތު ބޯޅަ އޮތީ ކުޅުމުގެ ތެރޭގަ. އެކަން މައްސަލައަކަށްވީ އެ ފުރުސަތުގައި ގޯލެއް ޖެހުމުން. ދެން އޮޓީ ޕެނަލްޓީގެ ވާހަކަ. ރެފްރީ އަތުން އިޝާރާތް ކުރީ ގޯލް ކުރިމަތިން ޖެހުމަކަށް. އެވަގުތު އޭރިޔާ ތެރެއަށް ކިހާދޫ ކުޅުންތެރިއަކު ވެއްޓިފައި އޮތުމުން އޭނާއަށް ބަލަމުން ރެފްރީ އެގޮތަށް އަތުން އިޝާރާތް ކުރީ. އެވަގުތު އެއްވެސް ވަރަކަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމާފައި ނުވާކަމަށާއި، އެއީ ބައެއް ކުޅުންތެރިންނަށް ހީވިގޮތެއް ކަމަށް ރެފްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވޭ. “

ޢަލީ ޝަފީގް އިތުރަށް ވިދާޅުވީ މެޗްގައި ދެޓީމަށްވެސް ދެއްކޭނެ ވާހަކަތައް އެބަހުރިކަމަށާއި، އެއީ އަބަދުވެސް ފުޓްބޯޅައިގެ އާދަކަމަށެވެ. މީގެ އިތުރުން ސެމީ ފައިނަލްގެ ދެމެޗްގައި ހިނގާ ދިޔަ ކަންކަން ބެލުމަށްފަހު އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަމަށްވެސް ޑިސިޕްލިނަރީ ކޮމިޓީން ބުނެއެވެ. އަދި ބައެއް ކުޅުންތެރިންގެ ފަރާތުން މެޗްތަށް އިންސާފްކޮށްދެއްވި ރެފްރީންނަށާއި، މުބާރާތް އިންތިޒާމުކުރި ބައެއް ފަރާތްތަކަށް ބޭއަދަބީ ބަހުން މުޢާމަލާތު ކޮށްފައިވާކަން ފާހަގަކޮށް އެފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅޭނެކަމަށްވެސް ޢަލީ ޝަފީގު ވިދާޅުވިއެވެ.

މާދަމާގެ ފައިނަލް މެޗާއި ގުޅޭގޮތުން ޢަލީ ޝަފީގް ވިދާޅުވީ އެމެޗްގައިވެސް އެފަދަ ކަމެއް ތަކުރާރުވެއްޖެ ނަމަ އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށާއި، އެކަންކަން ޑިސިޕްލިނަރީ ކޮމިޓީން ވަރަށް ރަނގަޅަށް ބައްލަވާނެކަމަށެވެ. އަދި މެޗްގައި ދެޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ރެފްރީގެ ނިންމުމަށް އިހްތިރާމް ކުރުމަކީ ވަރަށް ބޮޑު އެދިލައްވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާދަމާގެ މެޗްގައި ސަޕޯޓަރުން ނޭދެވޭ އަމަލެއް ހިންގައިފިނަމަ އެކަން ހުއްޓުވުމަށް ފުލުހުންގެ އިތުރު ޓީމްތައް ދަނޑުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވާނެކަމަށްވެސް އިންތިޒާމް ކޮމިޓީން ބުނެއެވެ.

މުބާރާތް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކުގައި ކަމަށާއި، މިގޮތުން ޓީމްތަކުން ދެއްވާ އެއްބާރުލެއްވުމާއި، ސަޕޯޓަރުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް އިންތިޒާމް ކޮމިޓީން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

17 ކޮމެންޓް

  1. bojan

    ރެފްރީންގެ ނިންމުންތަކަށް އިހްތިރާން ނުކުރަންޏާ ދެންވެސް ތި ބަތްޕޮޅިތަކަށް ލިބޭނީ ލަނޑު. މިކަމުންވެސް އިބްރަތެއް ހާސިލްކޮށްފަ ގޮތް ދޫކޮށްލުން ބުއްދިވެރި. ދެންވެސް ފޮނި ނުކަނޑާ ތިބޭ ރަށުގަ. މިތަނަށް އައިސް ހަމަނުޖެހުން ހިންގަން އުޅުނަށް އެއްކަމެއްވެސް ނުވާނެ.

    ރައްދު
  2. Hussain

    ކިހާދޫ މީހުން ހީކުރީޔޯ ބޯޅަ ކުޑަކޮށް ބޭރުވިޔަސް ރޮނގު ބަލަހައްޓާ މީހާ ދިދަ ނަގަން ޖެހޭނެކަމަށް. އެމީހުންނަށް ގަވާއިދު އެނގުނީ މާފަހުންނޯ. ފުޓްބޯޅައިގަ ތަންކޮޅެއް ޅަ ވީމަޔޯ އެމީހުންނަށް އެހެން ހީވީ. މިހާރު އެރަށު މީހުންތިބީ ފުޓްބޯޅައިގެ ގަވާއިދު ދަސްކުރަަން ހިތުއަޅައިގެންނޯ. ލަދުން ބޯ ހަލާކު. ކިހާދޫ އެކަކުވެސް ނުބުނެއެއްނު ބޯޅަ އެއްކޮށް ބޭރުވި ވާހަކައެއް. ދެން ހަޖަމް ނުވާތީ ކޮންމެސް އެއްޗެކޭ ކިޔަނީ.

    ރައްދު
  3. waadey

    ކޮމެންޓްތައް ކިޔާފަ ގަބޫލުކުރެވޭ ވާހަކަވެސް ހުރެ. އެކަމު 80% ވާހަކަ ގަބޫލުނުކުރެވޭ. ރެފްރީ ގޯސްވާހަކަ ދައްކާނެ ހުރިހާ އެންމެންވެސް. ވޯލްޑް ކަޕްގަ ލަމްޕާޑް ޖާރމަނީކޮޅަށް ޖެހި ލަނޑުވެސް ކޮބާ. އެއަދި މާ ބޮޑު މިސްޓޭކް އެއް ދޯ. މީ އަދި ދިވެހިރާއްޖެ.

    ރައްދު
    1. hasan

      ކަލޯ ބޯޅަ ބޭރުވުން ފުޓުބޯޅައިގަ ކިޔަނީ! ބޯޅަ އެއްކޮށް ބޭރުވުމެއްނޫން. ގޯލް ޖެހުން. ގޯލް ލައިން އެއްކޮށް ބޯޅަ ހުރަސް ކުރުމެއްނޫން. ބޯޅަ ބޭރުވިއްޔޭ އެބުނަނީ ބޯޅައެއްކޮށް ބޭރުވުމަށް. ހޮއްކޮމެން އަދި ޅަވާނެ މިކަންކަމަށް. އަމިއްލަބަސް ދަސްކުރަން ޞާދުބޭ ގާތަަށް ދާންވީނު.

      ރައްދު
  4. husainbe

    ބޯޅަ ބޭރުވާގޮތް އެނގެނީ އަލީ ސަފިގަށް އެކަނިތަ؟ އައްޔާ ކަލޭހުރީކޮންތާކު އޭރު؟ މޮޅުވާހަކަ ތި ދައްކަނީ! ވީޑިއޯ ބެލީތަ؟ނޫނީ ގޯލްކިކް ލައިން ޓެކްނޮލޮޖީ ގާއިމުކުރީތަ؟ ބޯޅަ ބޭރުވީ ވާހަކަ ދައްކަނީ އެތާބަލަންތިބި، ލައިން ކައިރީތިބި ސަޕޯޓަރުންނާ ކުޅިބަލާމީހުން.

    ރައްދު
  5. musa nizaaru

    މުބާރާތަށް ޓާޓާ! އޭދަފުށި މުބާރާތުގެ ކުޅިވަރު މިހާރުފެނިއްޖެ. މި ތިން އަހަރުވެސް އިންތިޒާމަށް ކުރިއެރުމެއް ނައި! ޖަންބޭޔާ އަލީ ސަފީގު ލާރިގަނޑޫ ކާލައިގެންތި ތިބެނީ! ދެން ކުޅޭނީ ކެންދޫ ދާއިރާ މުބާރާތެއް! ރެފްރީން ހަމަ އަސްލުވެސް ކަޑަ. ހުސް ފުޓްސެލް ރެފްރީން އުޅެނީ! ފިފާ މިހާ އިންނަނީ ފީފާބުރިޔަށްއެރި ބޭރުގަ.

    ރައްދު
  6. Mohamed

    ހުރިހާ ޓީމެއް ފައިނަލަކަށް ނުދާނެ. އަތޮޅުގެ އެންމެ މޮޅު ދެޓީމު މިއަދު ފައިނަލުގަ ކުޅެނީ. ރެފްރީންގެ ވާހަކަ ދައްކާއިރު ތިޔަ ބުނާ ރަނގަޅު ރެފްރީން ހޯދަން ދެން ޖެހޭނީ ރާއްޖޭން ބޭރަށް ދާން. ބަލަ ފަސްޓް ޑިވިޝަންގެ ރެފްރީން ނޫން ދެން ކޮންބައެއް ތިބޭނީ ގެންނަން؟ ކިހާދޫ މީހުންތަ ގެންނަންވީ ރެފްރީކަން ކުރަން؟
    ނަސީބަކުން ސެމީ ފައިނަލަށް ދެވުނީމަ ފެންވަރު އޮޅުފަ ތިޔަތިބީ. ކިހާދޫ އަކީ މާ މޮޅު ޓީމެއް ނޫން. މުޅި އޭދަފުށީގަ އެދައްކަނީ އެވާހަކަ. ކިހާދޫ މީހުން އޭދަފުށި ބަލިކުރަން ދަނޑަށް އެރީމަ ހިނިވެސް އާދެ މީހުން ކައިރިއަށް. ބޮޑު ޖޯކަކަކަށް ވީ.
    އެކަމު ކީއްކުރާނީ. ތިމާމެންނަށް ވުރެ މޮޅު ބަޔަކު ނެތީވީޔަ. ފުޓްބޯޅައިގެ ގަވާއިދުވެސް ނޭނގެ. ކީއްކުރާނީ. ބޯޅަ ބޭރުވާގޮތް ދަސްވާނޭ ކަމެއްވެސް ނޭނގޭ ފުޓްބޯޅަ ކުޅެ މުސްކުޅި ވިޔަސް.
    ދެން ތިޔަ ދައްކަވަނީ ކެންދޫ ދާއިރާއަށް މުބާރާތެއް ބާއްވާ ވާހަކަ. އަވަހަށް ބާއްވާ. އެމީހުންނާ ކުޅެގެންވެސް މޮޅުވެވޭތޯ ބަލާތި. ވަރަށް ސަލާމް.

    ރައްދު
  7. Basic Maths

    މީ ސީދާ ބަޔަކު ވިޔަފާރިއަށް ކުރާކަމެއް. ނޫންނަމަ މުބާރާތަށް ލިބުނު ވަރާއި ޚަރަދުކުރެވުނު ވަރު ނިކަން މީޑިއާއަށް ހާމަކޮށްބަލަ.

    ރައްދު
    1. Nab

      ކިހާދޫ މީހުންދެކެ ބިރުގަތީދޯ ނުކުޅޭނަމޭ ބުނީމަ. ކިހާދޫ އަތުން ކިރިޔާ ތި ސަލާމަތްވީ ރެފްރީން އަމިއްލަރަށުން ލައިގެން. އަދިވެސް ކަލޭމެން ފުޓްބޯޅަދަނޑަކުން ޖެހިއްޖެއްޔާ ހަމަ ކުރާނީ ބަލި. ދެން ލަލަލާލާ!!

      ރައްދު
  8. Kihaadhoo ބަތްޕޮޅި

    ބޯޅަ ބޭރުވާގޮތް އެނގެނީ ހަމައެކަނި އަލީ ޝަފީގަށް… ރެފްރީގެ އަތުގެ އިޝާރާތްތައް ދަންނަ މީހުންނަކީވެސް ހަމައެކަނި …………
    ކަންކަން އިންސާފުން ބޭރުވެގެން ދިޔައީމާ ސޯޝަލްމީޑިއާގަވެސް މީހުން އެވާހަކަ ދައްކާނެ…. އަދި މަގުމަތީގަޔާއި ހޮޅުއަށިތަކުގަވެސް ދައްކާނެ…… ކަމެއްގޯސްކޮށް ނުހިނގާނަމަ ބަޔަކު އަދި އެވާހަކަ ދެއްކިޔަސް މިވަރުވެގެން ނުދާނެކަން އެއީ ކޮންމެ މީހަކަށްވެސް އެނގޭކަމެއް… މުބާރާތުގެ އިންތިޒާމްތަށް ހަމަ ހަބޭސް… ޓީމް ބެންޗަށްދާއިރުވެސް ކުރީދުވަހު ކުޅުނު މެޗްގައި ބެންޗްކައިރީ ބަހައްޓަފަ ހުރި ހުސްފުޅިތައްވެސް ނަގާނުލެވޭ… ބެންޗްގައި ސަތަރިގަނޑެއް ދަމާލީވެސް އެފްބީގައ އެވާހަކަތައް ގޮވާލީމަ…. އިންތިޒާމް ކޮމެޓީއަށް ސަލާމް….

    ރައްދު
  9. ހަޖަމްވާ

    އައްޔަމެން ތިހެން ބުނީމަ ހައިރާން ވޭ! މުޅި އޭދަފުށިގައިވެސް އެ ދައްކަނީ އެ ބޯޅަ ބޭރުވިވާހަކަ. އަދި ރެފްރީ ޕެނަލްޓީ ދެއްކިވާހަކަ. ގައިމު ކޮންމެވެސް ބަޔަކަސް އެ ތަންފެނިގެން ދޯ އެވާހަކަ އެ ދައްކަނީ. އެކަން ގަބޫލުކޮށް އެއީ ރެފްރީންނަށް އޮޅިގެން ނުވަތަ ނުފެނިދިޔަ ކަމެއްކަމަށް އެއްބަސްވިނަމަ މާ ރީތިވީސް. ކޮންމެހެން އޮފިޝަލުން ދިފާއުކޮށްފައި ވާހަކަ ދައްކާނެކަމެއް ނެތް. ހަމަ ގައިމުވެސް ޓީމުތަކުން ފާހަގަ ކުރާމައްސަލަތަ ހައްލު ނުކޮށް މުބާރާތެއް ނުބޭއްވޭނެ. މުބާރާތަކީ ޓީމުތައް. އެންމެ ޓީމަކާ 20 ރެފްރީން ގެނެޔަސް މުބާރާތުގައި ބައިވެރިވާނެ ޓީމެއް ނެތިއްޔާ ކިހިނެއް މުބާރާތް ކުޅޭނީ. ފުރަތަމަ ޓީމުތަކުގެ ކަންބޮޑުވުންތަކަށް އިސްކަން ދިނުން އެދެން. މިހާ އަގުބޮޑު މުބާރާތެއްގައި ކުޅޭމުންދާއިރު ކުޅުންތެރިން ފާޚާނާ ކޮށްލަންވެސް ދާންޖެހެނީ އެދިމާ އަތިރިމައްޗަށް. މީދެން ބޮޑުވަރުދޯ. ބައިލައްކަ ރުފިޔާ ޓީމުތަކުން ފީގެ ގޮތުގައި ލިބުނު. އަދި އެސްޓީއޯ އިން ލައްކައިން ދިން އިރު ދެން ލާރި ނެގި ތަން ތަނުން ނެގިވަރެއްވެސް ނޭނގޭ. އަމިއްލަ ވިޔަފާރި ކުރިއަރުވަން ހިންގާ މުބާރާތެއް ހެން ބޮޑަށް ބެލެވެނީ. މިކަން ކަން މިގޮތަށް ދާނަމަ އަންނަ އަހަރު ގިނަ ޓީމުތަކުން ބައިވެރި ނުވާނެ ކަމަށް އަޑު އިވެމުން ދަނީ. ހަމަ ގައިމުވެސް ކިހާދޫ، ދޮންފަނު، ކެންދޫ، ކަމަދޫ ބައިވެރި ނުވާނެ ކަމަށް ނިންމި ޚަބަރު ލިބޭ. އަދި އެމީހުން އަމިއްލަ މުބާރާތެއް ކެންދޫ ދާއިރާގައި ކުޅެން ރާވަމުން ދާ ޚަބަރު ލިބޭ. މިކަމުން ހަމަ ގައިމުވެސް ގެއްލުން ވާނީ އޭދަފުށި ރައްޔިތުންނަށް ޚާއްސަކޮށް ވިޔަފާރިވެރިންނަށް އަސަރުކުރާނެ. މެޗު އޮންނަ ކޮންމެދުވަހަކު ސަޕޯޓަރުން ރަށުގެ ފިހާރަތަކުން ގަންނަ ފިނި ބުއިންތަކާއި ކެފޭތަކުން ބޯ ކޮފީ ދެން ނުވިކޭނެ. މިކަން ކަމާ އޭދަފުށި މީހުން ވިސްނާނެ ކަމަށް އުންމީދުކުރަން. މުބާރާތް ކުރިޔަށް ގެންދަން ބޭނުން ނަމަ ފުރަތަމަ ޓީމުތަކުގެ ޝުޢޫރުތައް ބަލައި ގަންނަން ދަސްކުރޭ.

    ރައްދު
  10. Ibrahim

    މުބާރާތުގައި އިންސާފް ކޮށްދެއްވި އެއްވެސް ރެފްރީއަކު ވަކި އަތަކަށް ބުރަވެފައި ހުރިކަމަކަށް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް މުބާރާތުގެ ގިނަ މެޗްތަކަކަށް އިންސާފް ކޮށްދެއްވި އެއް ރެފްރީއަކީ ފުޓްސަލް މެޗެއްގެ ލައިން ބަލަހައްޓަންވެސް ކަމުނުދާ ރެފްރީއެއްކަން ފާހަގަ ކުރަން. ތިޔަވިދާޅުވާ ފީފާގެ ބެޖް އިން ރެފްރީ މުޅިންވެސް ފެންނަނީ ދަނޑުބޭރުން. މި މުބާރާތަކީ އަތޮޅުގެ ފުޓްބޯޅަ ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއްނަމަ، މިފެންވަރުގެ ރެފްރީން ލައިގެން ކުރިއަށް އޮތް އަހަރުގެ މުބާރާތް ނުބޭއްވުމަށްވެސް ގޮވާލަން. އަޅުގަނޑުމެން ލައްކައިން ޚަރަދުކޮށްގެން ދިހަބާރަ މޭލުގެ ދިގު ދަތުރުތައް ކޮށްފަ މިދަނީ ރީތި، މޮޅު ފުޓްބޯޅައެއް ކުޅެން، ރަށަށް ރީތިނަމާ ފަޚުރު ހޯދަިދޭން. އެއްވެސް ހާލެއްގައި ފުޓްސަލް ނުވަތަ ތުރީ އޮން ތުރީ ކުޅޭކަށް ނޫން. ރަށުގެ ނަމަށް ހުތުރުވާފަދަ ޢަމަލުތައް ހިނގުމުގެ ވިސްނުމަކުވެސް ނޫން. އެހެންނަމަވެސް ރެފްރީންގެ ވާނުވާ ނޭންގޭ ނިންމުންތަކުގެ ސަބަބުން ކުޅުމުގެ ރީތިކަން ގެއްލި، ސަޕޯޓަރުންގެ ސަޕޯޓްގެ ވައްޓަފާޅިއަށްވެސް އަސަރުކުރޭ. އަދި ކުރަން ބޭނުންނުވާ އެތައްކަމެއް ދަނޑުތެރޭންނާއި ދަނޑުބޭރުންވެސް ކުރެވޭތަން އާދޭ. ރެފްރީންގެ ފެންވަރުދަށް ނިންމުންތަކުގެ ސަބަބުން އަޅުގަނޑުމެން ކޮޅަކަށް 11 އަރުވައިގެން ކުޅެން މިޖެހެނީ މުޅިން އެހެންވައްތަރެއްގެ ފުޓްބޯޅައެއް. ކުޅުންތެރިއެއްގެ ނޭވާ އަނެއްކުޅުންތެރިޔާ ގަޔަށް އެޅުނަސް ވަނީ ފައުލް އަކަށް. ކެޕްޓަން ބޭންޑް އަޅައިގެން ކޮންމެ ޓީމަކުން ކުޅުންތެރިއަކު ދަނޑަށް ނިކުންނަނީ ރެފްރީންގެ ހިމާޔަތައްޓަކައި، ޓީމާއި ސަޕޯޓަރުންނަށް ވަރުގަދަ ޚުތުބާއެއް އިއްވާފައި. އެކަމަކު މެޗަށް އެރުމަށްފަހު ޓީމާއި ސަޕޯޓަރުންގެ ހައްޤުގައި، އެއްކަލަ ކެޕްޓަނަށް އަނގަ ހުޅުވާލުމުގެ ފުރުޞަތެއްވެސް ނޯވެ. ކުރިއަށްއޮތްތަނުގައިވެސް ރަނގަޅު ރެފްރީން ނުލިބޭނަމަ، ފުޓްބޯޅަ މުބާރާތެއްގެ ބަދަލުގައި ފުޓްސަލް މުބާރާތެއް ބޭއްވުން މާކާމިޔާބުވާނެ ކަމަށްފެނޭ.

    ރައްދު
  11. Mohamed

    އިންތިޒާމުގެ ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރު. ވަކިވަކި ތަންތަންކޮޅުގަ ހިފައިގެން ދެމިދާނެ ކޮންމެ މީހަކަށްވެސް. ތިޔައީ ރެފްރީން ގޯސް ކުރަން ތިބި މީހުނެއްނު. ތިޔަރަށު މީހުން އޭދަފުއްޓަށް އަންނަނީ ފުޓްބޯޅަ ކުޅޭކަށް ނޫން. ފުޓްބޯޅައިގެ ގަވާއިދު ދަސްކޮށްގެން ނޫނީ ފުޓްބޯޅަ ނުކުޅެވޭނެ. އިދިކޮޅު ޓީމު ގޯލް ކައިރިއަށް ބޯޅަ ނުގެންދެވޭ ބަޔަކު ކިހިނެއް ކުޅޭނީ. މެޗުން ބަލިވީމަ ހަޖަމެއް ނުވޭ. ދެން ތިޔަ ކިޔަނީ މުބާރާތުގަ ބައިވެރި ނުވާ ވާހަކަ. ތިމާ މެންނަށް މޮޅު ނުވެވޭނެކަން އެނގޭ އިރު މުބާރާތުގަ ބައިވެރިވުމަކީ ވަރަށް ކޮސް ކަމެއް. އެހެންވީމާ ތިޔަ ވިސްނުން ވަރަށް ރަނގަޅު. ފެންވަރު ނެތީމަ ރަނގަޅުވާނީ ރަށުގަ ތިބިޔާ.

    ރައްދު
  12. hasan

    ޓީމްތަކުގެ ކަންބޮޑުވުންވެސް އިބަހަރި! ރެފްރީން ވަރަށް ކޮސް. އެންމެންވެސް އެ ދައްކަނީ އެވާހަކަ. އިންިޒާމްތަށް 3 އަހަރުވީއިރުވެސް އެހާދަށް. ބެންޗް ހިޔާވީވެސް މިބާރާތް މެދަށް ދިޔަފަހުން. އަދި އެހެރަ ރެސްޓްރަމްއެއް! ވާވާ! ކުޅުންތެރިން ފާހާނާކޮށްލާނެ ނިޒާމެއްނެއް. ސޯޓްބަދަލުކޮށްލަން ނިވާވެލާނެ ތަންކޮޅެއްނެތް. ދަނޑު ކުރަހަނީ ވާމް އަޕް ފެށީމަ. ސަޕޯޓަރުން އަވީގަ. ބޮޑު ފީއެއް ނަގަނއިގެން އެއްވެސް އިންތިޒާމެއްނެތް. ކޫލްބޮކްސް އުފުލާލާނެ ޕިކަޕުގަނޑެއް ހިސާބުވެސް ހަމަ ޖައްސައެއްނުދެވުވުން. (ބަރޯއެއްނަމަވެސް). ބައެއް ޓީމުތަކުގެ ކުޅުންތެރިން އެސަރަހައްދު ފަޅުގޯއްޗަކަށާ، އަތިރިމައްޗަށް ގަޟާ ޖަގާ ކުރަންޖެހުން މީ އިންތިޒާމްގެ މައްސަލަ. ސަޕޯޓަރުން ވަކިކުރަން އެއްވެސް އުސޫލެއްނެތް، ރެޕްރީން ތިބީ ވަކިބަޔަކު ގެންދަންހިފާފަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.