އަތޮޅު ކައުންސިލް ބަށި މުބާރާތް ހުޅުވައިދޭނީ ކެންދޫއާއި ގޮއިދޫ

ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ގުރުއަތު ނަގަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ގުރުއަތު ނަގަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

ބޮޑު ޗުއްޓީއާ ދިމާކޮށް ބ. އަތޮޅަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ ބަށި މުބާރާތް ފަށައިދޭނީ ކެންދޫއާއި ގޮއިދޫ އެވެ.

މި ގޮތަށް ހަމަޖެހުނީ އަތޮޅު ކައުންސިލު އިދާރާގައި މިއަދު ބޭއްވި މުބާރާތުގެ ގުރުއަތު ނެގުމުގަ އެވެ. މުބާރާތުގައި ހިމެނޭ 6 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. އަންނަ ހޯމަ ދުވަހު ހަވީރު ފަށާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ގުރުއަތު ނަގަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ގުރުއަތު ނަގަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

މުބާރާތް ކުރިއަށްދާނީ އޭދަފުށީ ސްޓޭޖް ސަރަހައްދުގެ ހުސް ބިމުގަ އެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ކެންދޫއާއި ގޮއިދޫ އަދި މާޅޮހެވެ. ގްރޫޕް ބީ ގައި ހިމެނެނީ އޭދަފުށްޓާއި ކިހާދޫއާއި ތުޅާދޫއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބެއެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ޝެޑިއުލް ޑައުންލޯޑު ކުރައްވާ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. kihaadhoo soreh

    ކީއްވެ ކޮމެންޓް ޑީލީޓް ކުރަނީ ކިހާދޫ މީހާޔާ ބެހުނީމަ އޯކޭ! އޭދަފުށި މީހާގެ ނަންޖެހީމަ ޑިލީޓް. ތީތި ކަޑަ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.