ފަސޭހަ ކަމާއެކު އޭދަފުށި ބަލިކޮށް ގޮއިދޫ ޗެމްޕިއަންކަން ހޯދައިފި

ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. -- އީޓީ ފޮޓޯ / ނައުޝަލް
ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. — އީޓީ ފޮޓޯ / ނައުޝަލް

އޭދަފުށި ބަލިކޮށް އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ގޮއިދޫ ޔޫތް ސޮސައިޓީ ހޯދައިފިއެވެ.

ގޮއިދޫ މި މުބާރާތް ކާމިޔާބުކުރީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލްމެޗް 4-1 ގެ ނަތީޖާއަކުން އޭދަފުށި ބަލިކޮށްގެންނެވެ. މިއީ މި މުބާރާތް ގޮއިދޫން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. 2012 ވަނަ އަހަރުގެ ފައިނަލްގައި ގޮއިދޫން ތަށި ހޯދީ ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްގެންނެވެ. މިއަދުގެ މެޗްގައި ގޮއިދޫން ޖެހި ތިން ގޯލް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. ދެވަނަ ހާފްގައި އޭދަފުށިން ގޯލެއް ޖެހިނަމަވެސް މެޗް ނިމެނިކޮށް ގޮއިދޫން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލްޖަހާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ފެށިގެން ގޮއިދޫ ޓީމުން ވަނީ މޮޅަށް ކުޅޭ އޭދަފުށީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި މެޗްގެ 8 ވަނަ މިނިޓުގައި އެޓީމުން ވަނީ މެޗްގެ ފުރަތަމަ ގޯލްޖަހާފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ހަސަން ސުޖާއުއެވެ. މެޗްގައި ދެން ފެނިގެން ދިޔައީ އޭދަފުއްޓަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަތަނެވެ. 18 ވަނަ މިނިޓުގައި ހުސެއިން ޝިމާޒް (ކޮކީ) އޭރިޔާތެރޭ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ. މެޗްގައި ގޮއިދޫ ޓީމްގެ ދެވަނަ ގޯލް 26 ވަނަ މިނިޓުގައި ޖެހީ އިބްރާހިމް މާޖިދު އެވެ. ގޮއިދޫން މެޗްގައި ޖެހި ތިންވަނަ ގޯލަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ހުސެއިން ޝިފާހް ގޯލަށް ޖެހި ބޯޅައެއް އޭދަފުށީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ގޯލެވެ.

ދެވަނަ ހާފް އޭދަފުށިން ފެށީ ޢަލީ ފާސިރު (ސެންޓޭ) އާއި އެކުއެވެ. މިހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލެއް ޖަހަން އޭދަފުށީ ޓީމުން މަސައްކަތް ކުރިއެވެ. އަދި މެޗްގެ 71 ވަނަ މިނިޓުގައި ޢަލީ ފާސިރު ނަގައިދިން ޖެހުމެއް ޝިމާޒް ވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ. ނަމަވެސް ޝިމާޒްގެ އަތުގައި ޖެހުނުކަމަށް ބުނެ ރެފްރީ ވަނީ ގޮއިދޫ ޓީމަށް ޖެހުމެއް ދީފައެވެ. ދެވަނަ ހާފްގައި އޭދަފުށިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް ގޯލް ޖަހާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. އޭދަފުށިން މެޗްގައި ޖެހި ހަމައެކަނި ގޯލް މެޗް ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުގެ މި ގޯލަށް ފަހު ގޮއިދޫން ވަނީ އެޓީމުން ހެދި ކައުންޓަރ އެޓޭކެއްގައި ޓީމުގެ ހަތަރުވަނަ ގޯލް ޖަހާފައެވެ. އިތުރު ވަގުތުގައި އިޝާން އިބްރާހިމް (ސައްޓު) ނަގައިދިން ހުރަސް އޭރިޔާތެރޭ ހުސްކޮށްހުރެ ބޮލުންޖަހާ ގޯލްގެ ތެރެއަށް ވައްދާލީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް މާޖިދުއެވެ.

ފައިނަލް މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
ފައިނަލް މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

ގޮއިދޫ ޓީމުގެ ކޯޗު މުޙައްމަދު އިޤްބާލް އީޓީ އާއި ވާހަކަ ދައްކަމުން ބުނީ ތަށި ހޯދުނީ ޓީމުން ކުރި ބުރަ މަސައްކަތުންކަމަށާއި، މެޗްގެ ކުރިން ދިން އިރުޝާދާއި އެއްގޮތަށް ޓީމުން ވަރަށް ރަނގަޅަށް ކުޅުނުކަމަށެވެ.

” ކުޅުންތެރިންގާތު ބުނިން މެޗް ފެށިގެން ލީޑެއް ނެގުމޭ މުހިއްމު ވާނީ. ގޮއިދޫ ޓީމަށް މުބާރާތުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ކުރިން މެޗްތަކުގައިވެސް ލިބުނު. އެހެންވެ މިއަދު ވިސްނީ އެޓޭކިންގ ގޭމަކަށް ދާން. އެއްވެސް ވަރަކަށް ނުވިސްނަށް ޑިފެންސަކަށް. ބައިކޮޅަށް ގޯލު ވަނަސް އެޓޭކް ކުރަން ކުޅުންތެރިންގާތު ބުނިން. މެޗުން މޮޅުވީ ފުރަތަމަ ޖެހުނު ގޯލުގެ ސަބަބުން ”

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް ތަށި ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ދޮންފަނު ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ގޮއިދޫ ޓީމުގެ ކީޕަރ މުޙައްމަދު އިމްރާން ހޮވުނުއިރު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭދަފުށީ ޓީމުގެ ހުސެއިން ޝިމާޒް އަށެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭދަފުށީ ޓީމްގެ ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކި ޢަބްދުﷲ އަބޫބަކުރަށެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް މިފަހަރު ހޯދީ ގޮއިދޫ ޓީމުގެ އިބްރާހިމް މާޖިދުއެވެ. މާޖިދު ވަނީ މި މުބާރާތް ގޮއިދޫ ޓީމަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއްއަދާކޮށްފައެވެ.
ބ. އެޓޯލް ފުޓްބޯލް ޗެލެންޖު މިފަހަރު ކުރިއަށް ގެންދިޔައީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެންނެވެ. މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ނޫފަހި ބްރޭންޑެވެ. ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ. ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ނަމުގައި އަންނަ އަހަރުވެސް މި މުބާރާތް ކުރިއަށް ދާނެކަމަށް އިންތިޒާމް ކޮމިޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

26 ކޮމެންޓް

  1. The Ventiez

    އޭދަފުށީ ޓީމުން ހެދި އެންމެ ބޯގަޅި އެއްޗަކީ ރިލޭ ޓީމުގައި ހިމެނުން.. ފުރަތަމަ ޑިވިޝަން 3 ކުޅުންތެރިންނަށް ކުޅެވޭއިރު ސެންޓެ އާއި، ހަންޕު އާއި، ކޮކީ ހުއްޓަ ރިލޭ ހިމަނާކަށް ނުޖެހޭ… އޭނައަށް ވުރެށް މޮޅަށް އޭދަފުށީގައި ތިބި ޑިފެންޑަރުންވެސް މާ ރަނގަޅުވީސް… އެންޑް، ޑިސިޕްލިން އެއް ނެތް މީހަކަށް ކުރިއެރުމެއް ނުލިބޭނެ…

    ރައްދު
  2. The Ventiez

    ހަޤީގަތަކީ އޭދަފުށީ ޓީމަށް ވުރެށް ރަނގަޅަށް، މޮޅަށް، ހިތްވަރާ ޖޯޝާއެކީގައި ގޮއިދޫ ޓީމުން މެޗަށް ތައްޔާރުވެ ފުރިހަމަ ކާމިޔާބީއެއް ހޯދިކަން… މަސައްކަތް ކުރާ ބަޔަކަށް މާތް ރަސްކަލާނގެ އަބަދުވެސް ކާމިޔާބު ދެއްވާނެ…. މަރުހަބާ ގޮއިދޫ ޓީމު..

    ރައްދު
  3. eydhafushi meeha

    ހަގީގަތުގައި މަޖިއްޓޭ އަދި ސައްޓް އަކީ މޮޅު 2ކުޅުން ތެރިން …އެކަމެއް ޢޭދަފުށީ ބައެއް ރައްޔިތުންނަށް ހަޖަމެއް ނުވޭ..ގޮއެދޫ ރައްޔިތުންނަށް ބުނެލަން އޮތީ ތީ އަތޮޅުގަ ނަމޫނާ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެކޭ..އެކުވެރިކަމުގެ ނަމޫނާ އެކޭ..ކޮންމެފަހަރަކުވެ ތިޔަ ރަށުން ތިދެއްވާ ސަޕޯޓަކީ ކުޅިވަރަށް މުޅި ރާއްޖެއިން ވެސް ނުދެއްވާ ވަރުގެ ސަޕޯޓެކޭ…އަޅުގަނޑުގެ މައުލޫމާތު ދޮގަކަށް ނުވާނަމަ ގޮއެދޫ ޓީމް ތަށި ހިފާގެން ރަށަށް ދިޔަ ދުވަހު ފެހެންދޫ ރައްޔިތުން ގޮއެދޫއަށް ގޮސް ގޮއެދޫ ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއްކިޔާފަ…މިއީ ގޮއެދޫ އަދި ފެހެންދޫ 2ރަށުގެ އެކުވެރިކަން އޮތްވަރު ދައްކުވައިދިން ލާމަސީލު މިސާލެއް،،މިކަހަލަ ކަންތައްތަކުން އަތޮޅުގެ އެހެން ރަށްރަށުން އިބްރަތެއް ހާސިލް ކުރަންވެއްޖެ …..ގޮއެދޫ އަކީ ހަމަ ބެސްޓް….ބ އަތޮޅުގެ ހުރިހާކަމަކުންވެސް 1ވަނަ ގޮއެދޫ…

    ރައްދު
  4. Mr.Eydhafushi

    އަސްލު މަޖިއްޓޭމެން ނުލާ ތިކަމެއްނުވާނެ! ޝާފީމެން އަމިއްލަ ފައިދާއަށް އުޅެގެން ތަށިބީވީ! މިކަމާ ކައުންސިލުން ވިސްނުން މުހިންމު! ކިހާދޫ އަދި ގޮއިދޫ އަކީ މުބާރާތުގެ ފޯރި! މި މީހުންނުލާ މިކަން ކުރާކަށް ނުފެނޭ!

    ރައްދު
  5. Hasan

    އަޅުގަނޑަކީ މުބާރާތްބެލި ރަށުން ބޭރު މީހެއް. ބ. އަތޮޅަށްވެސް ނިސްބަތްވާ މީހެއް ނޫން. އަޅުގަނޑު ބުނެލަން އޮތީ ތި ކުރާ ކޮމެންޓުތަކުން ރަށްތައް އިތުރަށް ޖެހި ފިތުނަ ފަސާދަވާނީއޭ. މުބާރާތާ ދޭތެރޭ އަޅުގަނޑުވެސް އެއްޗެއް ބުނެލާނަން. ޖުމްލަ ގޮތެއްގަ މުބާރާތް ވަރަށް ރަނގަޅު. އެކަމު އެބަހުރި ބައެއް ކަންކަން ރަނގަޅު ކުރަންޖެހޭ. މިސާލަކަށް ބެންޗު އެބަޖެހޭ ރަނގަޅު ފެންވަރަކަށް ހަދަން.
    ރެފްރީންގެ ފެންވަރު ގޯހެކޭ އަޅުގަނޑު ނުބުނާނަން. މާލޭގަ ރެފްރީކަން ކުރާ މީހުން ގެންނަން ތިބޭނީވެސް. އެހެންވީމަ އިންތިޒާމު ކުރި ފަރާތުގެ ވިސްނުން ރަނގަޅު. ދެން ރާއްޖޭގަ ރެފްރީން ގެންނާނެ ތަނެއް ނެތް.
    އަނެއް ކަމަކީ މެޗްތަކުގައި ޖެހުނު މައްސަލަތައް. ގިނަ ރަށްރަށުން ވަރަށް ރަނގަޅަށް އަމަލުތައް ބެހެއްޓީ.
    މިސާލަކަށް ފެހެންދޫ އާއި ގޮއިދޫ ކުޅުނު މެޗްގައި އަޅުގަނޑު ގަބޫލުކުރަނީ ގޮއިދޫގެ ކީޕަރު އިމްރާންއަށް ރަތްކާޑު ދައްކަން ޖެހޭނެކަމަށް. އެކަމު އެދުވަހުގެ މެޗަށްފަހު ފެހެންދޫން ދެއްކީ ވަރަށް ރީތި ނަމޫނާއެއް. އެކަމާ ކުޅި ބެލުންތެރިން ތައުރީފްކުރި މަންޒަރު އަޅުގަނޑު ދުށިން.
    ދެން އޮތީ ފައިނަލް މެޗްގެ ވާހަކަ. މެޗްގައި ރެފްރީގެ ބައެއް ނިންމުންތަކަށް ދެޓީމުންވެސް ދެކޮޅު ހެދި. އެއީ ފުޓްބޯޅައިގެ އާދަ. ނަމަވެސް އެންމެ އުފާވި ކަމަކީ މެޗް ނިންމާފަވެސް ގޮއިދޫއާއި އޭދަފުށިން ދެއްކި ރީތި ނަމޫނާ. އަދި ގޮއިދޫން ތަށި ބަލާދިޔަ ވަގުތު އޭދަފުށީގެ ކުޅުންތެރިން ގޮއިދޫގެ ކުޅުންތެރިންނަށް ކީ މަރުހަބާ. ބަލިވިޔަސް އެކަން ނުދައްކާ ގަޮއިދޫ ޓީމަށް ކުރި އިހްތިރާމް އެހެން ރަށްތަކުން ނަމޫނާއަކަށް ނަގަންޖެހޭ. ގޮއިދޫ އޭދަފުށި އަތުން މޮޅުވީ ހަމަ ވަރަށް މޮޅުވެގެން.
    މޮޅެތި ކުޅުންތެރިންތިބި އޭދަފުއްޓަށް ގޮއިދޫ ބަލިކުރުމަކީ ފަސޭހަ ކަމަކަށް ވާނެހެނެއް ހިޔެއްނުވޭ. އޭގެ އަނެއް ތަންކޮޅަކީ އޭދަފުއްޓަށް އުފަން ދެކުޅުންތެރިން ތިބިކަން. އަޅުގަނޑަށް އެދެކުޅުންތެރިންގެ ކުޅުން ރަނގަޅަށް ފެނުނީ ފައިނަލް މެޗްގަ. ހަގީގަތުގަވެސް ވަރަށް މޮޅު އެ ކުޅުންތެރިން. އެކުޅުންތެރިންތައް އޭދަފުށީގަ ތިބިނަމަ އަޅުގަނޑަށް ވިސްނޭ ގޮތުގަ މަންޒަރު ބަދަލުވީސް.
    އަނެއް ކަމަކީ ކިހާދޫ އާއި އޭދަފުށީގެ ވާދަވެރިކަން. ކިހާދޫ ކުޅޭތަން އަޅުގަނޑު ދުށިން މިފަހަރު. އޭދަފުއްޓަކީ އަބަދުވެސް އަޅުގަނޑު އަޑުއަހާނަމެއް. އޭދަފުށީގެ ފެންވަރު ރާއްޖޭގެ އެންމެންނަށްވެސް އިނގޭ. ގަލޮޅު ދަނޑުގައި މެޗްބަލަން އިންނަ އިރު އޭދަފުށީގެ މޮޅު ވާހަކަ އަޅުގަނޑަށް އަޑުއިވޭ.
    ކިހާދޫ ޓީމަށް ބުނެލަން އޮތީ އޭދަފުއްޓަކީ ފުޓްބޯޅައިގެ އެހެން ހަރުފަތެއްގަ އުޅޭ ބައެކޭ. ކިހާދޫ އާއި އޭދަފުށި ކުޅުނު މެޗްގަ އޭދަފުއްޓަށް ލަނޑު ޖަހަން ވަރަށް ގިނަ ފުރުސަތުތައް ލިބުނު. އެ ފުރުސަތުތައް ގޯލަށް ވީނަމަ ކިހާދޫ މީޙުން މި ވެބްސައިޓުގައި ކޮމެންޓް ކުރާނެހެނެއް ހިޔެއް ނުވޭ. އަޅުގަނޑު ބުނެލާނީ ގޮއިދޫ އާއި އޭދަފުށި ފެންވަރަށް ކިހާދޫ އަންނަން ވަރަށް ގިނަ ޒަމާންތަކެއް ނަގާނޭ. ކިހާދޫގެ ފުޓްބޯޅައިގަ އަޅުގަނޑު އަޅައިގަތް ކަމެއް ނެތް. އެކަމު ގޮއިދޫ އާއި އޭދަފުއްޓަކީ ތަފާތު ދެޓީމު. މި ދެޓީމާއި އަޅާކިޔޭނެ ޓީމެއް އަތޮޅުގަ ހުރިހެނެއް ހިޔެއް ނުވޭ.
    ހުރިހާ ޓީމަކަށްވެސް އަޅުގަނޑު އެދޭނީ އެރަށެއްގެ ފެންވަރު ދަނެގެން މުޢާމަލާތު ކުރަން. އޭރުން ކަންނޭގެ ކުރިއަށް ދާނީ. އަދި އޭދަފުއްޓަށް ޝުކުރު އަދާކުރަން. ރާއްޖެ ފަހުރުވެރިވާފަދަ ކުޅުންތެރިން ތިޔަ ރަށުން އުފައްދާތީ.

    ރައްދު
    1. maaddoo

      ހަސަނަށް ބުނެލަން އޮތީ ކިތަންމެ ގިނަ ފުރުސަތެއް ލިބުނަސް އެއީ މޮޅުވި ކަމަކަށް ނުބަލާނެ. އަހަރުމެންވެސް ގަބޫލުކުރަން އޭދަފުށީގައި މޮޅެތި ކުޅުންތެރިން ތިބިކަމަށް. އެހެން ނަމަވެސް މިފަހަރުގެ މުބާރާތުގައި އޭދަފުށިން ބައިވެރިވި ޓީމަކީ ތިބުނާ ލެވެލްގެ ޓީމެއް ނޫން. އެހެން ނޫންނަމަ ކިހާދޫ އަތުން މޮޅުވާނީ 1-2 ނޫން.

      ރައްދު
  6. Ahmed

    އޭދަފުށީ ކުޅުންތެރިންނާ ނުލާވެސް އޭދަފުށި ބަލިކުރެވޭވަރުގެ ސޮކޮޑެއް މިހާރު ގޮއިދޫގައި އެބައޮތް… އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ކޮކީއަށް ދިނުން އެއީ އިންތިޒާމް ކޮމެޓީން ހިންގި ބޮޑު ޖަރީމާއެއް… ކޮކީ 5 ލަނޑު ކިތުނާ 5 ލަނޑު
    ކޮކީ 5 މެޗް ކުޅުނު ކިތުނާ ކުޅުނީ 4 މެޗް. ކޮބާ ފީފާގެ ގަވައިދު!

    ރައްދު
  7. AHMED NADEEM

    ފުޓްބޯޅައިގެ ރަސްގެފާނުކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ބުރެޒިލްވެސް ފުޓްބޯޅައިގައިމާ ނަންއަރާފައިނުވާ ނޯވޭ ބަލިކުރަން އުނދަގޫ ވާހަކަ ދެކެވޭ. ޤަބޫލްކުރަންޖެހޭ ހަގީގަތަކީ ގައުމީީ ޓީމުވިޔަސް، ބޮޑު ކްލަބަކުން ކަމުގައި ވިޔަސް އޭދަފުށީ ކުޅުންތެރިންގެ ހިއްސާ ކާމިޔާބުގައި ބޮޑުކަން. ދެން …—

    ރައްދު
  8. ބަތްޕޮޅި

    ކުޑަމާލޭގެ ނަމުން މުޅިރާއްޖެ އަށް މަސްހޫރު ކޮށްފައިވާ އޭދަފުށީގަ ކިތަންމެ ބައިވަރު މޮޅެތިކުޅުންތެރިން ތިއްބަސް ފުޓްބޯޅަ ތަރައްގީއެއްނުވެ އެއްނު. ދަޑެކޭ ބައިބަލާކުޅޭ ފަސްގަޑެކޭ އެއްގޮތް. އަދި ކުޑަމިނުން ބޯޅަ ގެއެއް ހާހިސާބުވެސް ހެދިފައެއްނެތް ތިޔޮއް މުއްސަދިން ދިރިއުޅޭ ރަށުން… މުޅިއަތޮޅަށް ގޮންޖަހާލާފައި ފަހުރުވެރިވަން ކިހާދޫ ފުޓްބޯޅަ ދަނޑުގައި 2 ޗޭންޖިންގ ރޫމާއި ފާހާނާ ހުރީމަ އެހެންވީމާ ކިހާދުއާ ހަމަޔަށް ފުޓްބޯޅައިގެ ރޮގުން އަންނަން އަދި 10000 ގަރުނު ނަގާނެ… ހިހިހިހިހި…ބައްޕެން ގަނޑު ރަގަޅަށް އިއްޔެ ހުތްވީ…..

    ރައްދު
  9. goidhoo banbukeyo

    ބަލަ އޭދަފުށީ ކުދިން ލައިގެންނޭ ގޮއިދޫ އަށް ތަށި ލިބުނީ އެހެން ނޫންނަމަ މީހަމަ އޭދަފުށީގެ ފަހަރެއް. އޭދަފުށީގަ ތިބި އެންމެ މޮޅު ދެކުދިން ގެންގޮސްގެން ތިއެއްލިބުނީ އެހެން ވީމާ ގަބޫލުކޮށްބަަލަ އޭދަފުށީ މީހުން ލައިގެން ނޫނީ ތިކަން ނުވާނެކަން. ބބބލލލލލލބލލލލބލބލބލބލބލބބލބލބލ

    ރައްދު
  10. hh

    ތިވަރައް ހޭނަމަ ރޯންވެސް ޖެހޭނެ ފުޓްބޯޅައިގެ ވާހަކަ ނުދައްކާ ދެން ބަށީގެ ވާހަކަދައްކާ………..މަވާ ދެން ފުޓްބޯޅައަށް ސަލާން…….އަދި އެއުޅެނީ ކުޑަރިކިލު ކޯޗް ބައްޓޭ ހުރި ގެއަށް ކުލިވެސް ނުދައްކާ…….ކީކޭ ބުނާނީދޯ…..

    ރައްދު
  11. Jamil Kadey

    ބ.އެޓޯލް ފުޓްސަލް ޗެލެންޖް 2014 ކުޅޭނީ ވިނަ ދަނޑުގަޔޯ ……!
    މުބާރާތް ނިމިގެން ދިޔަ އިރުވެސް އެ ވިނަ ދަނޑެއް އަހަރު މެންނަކަށް ނުފެނުނު.. ފަހަރެއްގަ އަހަރުމެންގެ ލޮލުގެ ފެނުން ކޮށިވިމަ ވީގޮތް ހެން ހީވަނީ…….
    އެންމެ ކުޑަމިނުން ދަނޑުގަ ހިރަފުސް އޮތް އިރުވެސް ފެންކޮޅެއް ޖަހާލަން ނުކެރުނު ވީޔަ.. ކީއްކުރާނީ ދޯ!!
    ޖީބަށް ބޮޑުކުރެވޭތޯ ވީޔަ ޖަމީލްމެން އުޅޭނީީ… ފަހަރަކަށް ވުރެ ފަހަރެއް އިންތިޒާމްތައް ދައްވަމުން ދަނީ.. މުބާރާތުގެ ފެންވަރު ދަށްވަމުން ދަނީ… މުޅި ރާއްޖޭގައިވެސް ބާއްވާ އެން،މެ ފެންވަރު ދަށް އިންތިޒާމް ދަށް މުބާރާތް 1111
    މަވާ ސަލާމް…………

    ރައްދު
  12. gabulhi

    އޭދަފުއްޓަކީ ކަންނުވެ ނަންވާން އުޅޭ ބައެއް.. މިހާރު ހުންނާނީ ޕުޓްބޯޅައިގައި އެމީހުންގެ ސައިޒް މިއަތޮޅުގައި ފެނިފައި.. ފަސްޓް ޑިވިސަނަށް ކުޅޭ އެންމެންލިޔަސް އޭދަފުށި ގޮއިދޫ ކައިރީ ހަކިވެސް ނުހިފާނެ.. ދަގަނޑޭ އުމޭރުމެންވެސް ދިޔައީ ވެލިކައިގެން 2012ގައި..

    ރައްދު
  13. Kihaadhoo ބަތްޕޮޅި

    އެންމެން ކިހާދޫ އޭ މިކިޔަނީ އަޅެފަހެ މީ ކިހާދޫ ޓީމް ކުޅުނު މެޗަކީތަ؟ އޭދަފުށި ޓީމު ދެންވެސް މުބާރާތުގަ ބައިވެރި ވަންޏާ އަންނަ އަހަރަށް ތައްޔާރުވާން ފަށާބަލަ. މުޅި ދިވެހިރާއްޖެ ލަދުގަންނާނެ ދޯ ޤައުމީޓީމްގެ ފޯރވާޑްލައިން ގޮވައިގެން ދަނޑަށް އަރާ ގޮއިދޫ ކަހަ އާދައިގެ ރަށަކުން އައި ޓީމެއްކައިރީ ހަކިނުހިފީމަ. … ވެލި ކާންދީފަ ދޯ އެދިޔައީ…. ބޯހަލާކު… އަމިއްލަ ރަށުގަ މުބާރާތް ބެޢްވިޔަސް ރެފްރީންނަށްވެސް ކޮށްދެވޭނީ ވަކިވަރެއްދޯ؟ ދެންވެސް ކިހާދޫ އޭ ނުގޮވާ ބަތްޕެން ބޮއިގެން ގައިގަ ވަރުޖައްސަބަލަ.

    ރައްދު
  14. maaddoo

    އެއޮތީ އަހުރެމެން ބުނި ވާހަކަ ސީދާވެފަ. އޭރުވެސް އަހުރެމެން ބުނިން އޭދަފުށީގައި މޮޅެތިކުޅުންތެރިން ތިބިވާހަކަ. އެހެން ނަމަވެސް މިފަހަރުގެ މުބާރާތުގައި އޭދަފުށިން ބައިވެރިިވި ޓީމަކީ ފައިނަލަށް ދާ ވަރުގެ ޓީމެން ނޫނޭ. ރެފްރީން ހަމަ ގެންގޮސްދިނިއްޔޭ، ފުރަތަމަ ދޮންފާނާއި ކުޅުނުމެޗުގައި ދޮންފަނު މީހުން ޖެހި ގޯލެއް ފުރަތަމަ ގޯލަކަށް ދައްކާފަ ފަހުން ބަދަލުކުރީ. ކިހާދޫ އާއެކު ސެމީގައި ކުޅުނުމެޗުގެ ވާހަކަ ދެން އަހުރެމެން މިތާކު ނުދައްކާނަން. އަލީސަފީގުމެން އަދިވެސް ކަންކަން ރަގަޅުކުރުމުގެ ބަދަލުގައި ރުޅި އަންނަނީ މިކަހަލަ ވާހަކަ ދައްކާމީހުންދެކެ. ކިހާދޫ މީހުން މިވަރުން އުޅޭތީ މުބާރާތުގެ ބައެއް ކަންކަން ރަގަޅުވީ. ބެންޗް ހިޔާވީވެސް ކިހާދޫ މީހުން ފޭސްބުކްގަ އެވާހަކަ ޖެހީމަ. ހީކުރަން ދެން އޮންނަ މުބާރާތް ތަންކޮޅެއް ތާހިރުވާނެ ކަމަށް. ވަރަށް ސަލާމް

    ރައްދު
  15. Malimee

    އޭދަފުށީ ކޯޗުގެ ބޭނުމެއް މުޅި މުބާރާތުގަވެސް ނުހިފުނު ތަން ފެނުނު. ޓީމު ފައިނަލާ ހަމައަށް ވެސް ދިޔައީ ކުޅުންތެރިންގެ އަމިއްލަ މަސައްކަތުންނޭ ބުނެވޭނީ. ކޯޗުގެ ކަމަކީ މޮރީނިޔޯ ހެދިގެން އޮފިސަލުންނާ ދިމާކުރުން. ބޮޑުއީދު މުބާރާތުގައި މ.އ އަށް ތަށިލިބުނީވެސް ހޮކޭ އާައި އަންދަރޭ ބެންޗުގަތިބެގެން ދިން އިރުސާދުން. މީނާ އިނީ ބަސްހުޓިފަ.

    ރައްދު
  16. ibbe

    Hahahahahah,varah hiniaadhey eba. kihaadhoo meehun furathama futball dhaskobbala, futball ge gavaidhu dhaskohbala. E ah fahu eydhafutta challenge kuran aadhey. Reethi gothakee ey.bayaku hama mubaaraatheh baavvairah baiveri vaathi adhives

    ރައްދު
  17. Ahmed

    ގޮއިދޫ ޓީމަށް މިލިބުނު ކާމިޔާބީގެ ސިއްރަކީ ރައްޔިތުން އެކުވެރި ކަމާއިއެކު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ….
    މިހާރު ރައްޔިތުން މިސްރާބު މިޖަހަނީ މިމަހު 15ގައި ފެށޭ އަތޮޅު ބަށި މުބާރާތުގެ ތަށި އުފުލާލުމަށް…. އެކަންވެސް ކާމިޔާބު ކުރާނަން ގޮއިދޫއިން……. އިންޝާ ﷲ

    ރައްދު
  18. kaakau

    ތެދެއްބާ؟ އޭދަފުށިޓީމު ބަލިވުން އެއީ ރަނގަޅުފިލާވަޅެއް.މާޖި(ކެޕްޓަން) އާއި ސައްޓު އެއީ ރަށުޓީމައް ކުޅެވޭފެންވަރުގެ ބައެއް ނޫންކަމަށްބުނެ އެމީހުން ބާކީކޮށްލީ އެކަމަކު މޮޅުބައެއް ދޯ މިއަދުއެކުޅުނީ……ލަދހުންބޯހަލާކު.އޭދަފުށީ ޓީމުގެފެްވަރު އެގެއްޖެ ދެންމާމޮޅުބައެކޯ……..!!!!!!!!!!!މިއަދުއޭދަފުށީޓީމުގެ ކޯޗު ކީކޭބާބުނާނީ ރެފްހަމަ ސަތޭކަބާ؟ ކިހާދޫއާ ކުޅުނުދުވަހު ބުނި އެހެން ވަރައް ސަޅި .އިބްރާހިމް ގެވާހަކައިން ހީވަނީ ކިހާދު ކުދިންކޮޅު އަތޮޅު މީހުނާޖައްސަން އުޅޭހެން؟

    ރައްދު
  19. Ibrahim

    2ވަނަ ކިހާދޫ!!!!!! ކިހާދޫ ކުދިންކޮޅު މިހާރު ތިއުޅެނީ އަތޮޅު އެންމެންނާ ޖެހެންތަ؟ އެއްވެސް ކަމެއްގައި ކުރިއެރުމާ ކާމިޔާބަށް އެދޭނަމަ ތިފަދަ ބޭކާރު ބަސްތައް ބުނުމުން ދުރުވެ، ޢަމަލީ ގޮތުން އެކަމަކަށް ފުރިހަމަޔަށް ތައްޔާރުވުމަށްވުރެ މޮޅު ގޮތެއް ނޯންނާނެ. ފުޓްބޯޅަ މުބާރާތަކަށް ތައްޔާރުވާނަމަ، ފިޒިކަލީ އަދި މެންޓަލީ ގޮތުންވެސް ފިޓްވާން ޖެހޭ. އަދި ހާއްސަކޮށް ރެފްރީން ކަނޑައަޅާފާނެ ބޭއިންސާފް ނިޔާއަކަށް އަބަދުވެސް މީހާ ތައްޔާރުވެ ހުންނަން ޖެހޭ. މިމުބާރާތް މިހިސާބުން މި ނިމުނީ. އަދި މީގެ 3ދުވަސްކުރިން ކިހާދޫއަށް މުބާރާތް ވަނީ ނިމިފައި. ތިމާ މެންނަކީ އޭދަފުއްޓަށްވުރެ މޮޅު ބައެއްކަން ސާބިތުކޮށްދޭން ބޭނުންނަމަ، ނުވަތަ އަތޮޅުގައި ތިމަންނާމެންގެ ވަނައަކީ ކޮބައިކަން އެނގެން ބޭނުންނަމަ، ފުރިހަމައަށް ތައްޔާރުވެގެން ކުރިއަށް އޮތް އަހަރުވެސް އަތޮޅު ޓީމްތަކާ ވާދަކުރަން ނިކުންނަން އަޒުމް ކަނޑައަޅާ! ދާއިރާ މުބާރާތެއް ކުޅެގެންވެސް ފައިނަލަށް ނުދިޔައީމަ ލިބޭނަން އަދި މާހަޑިވާނެ. ކުޅިވަރުގައި ބަލިގަބޫލުކުރުމަކީ ވަރަށް ރީތި ގޮތެއް. ނާކާމިޔާބީ އަކީ ކާމިޔާބަށް އަޒުމް ކަނޑައެޅުމަށް ލިބޭ އިތުރު ހިއްވަރެއް. ވެދިޔަތަން ދޫކޮއްލާފަ ކުރިއަށްއޮތް ތަނަށް ވިސްނުން ބުއްދިވެރި.

    ރައްދު
    1. kihaadhoo soreh

      އޭދަފުށީގެ ބޭއިންސާފު ފެނިފަ އަތޮޅުއެންމެން ޖެހިފަ ހުރިޓީމް މިއަދު ފެނުނެއްނު! ހޮއްކޮ އަނދިރީތަ؟ މ

      ރައްދު
  20. kihaadhoo soreh

    ކިހާދޫ ސީރިޔަސް ކަމެއްނެތި ބެންޗުން 6 ކުޅުންތެރިން އަރުވައިގެން ކުޅުނު މެޗުގަވެސް ގޮއިދޫއަށް ޖެހުނީ 4 ގޯލް. އޭދަފުށި ކޮޅަށް ފައިނަލްގަ ފަސްޓް ޑިވިޝަންގެ ކުޅުންތެރިންތަކާ ދެންވެސް ތިބި ބަޔަކާ ރެފްރީންއާ 2 ލައިންސްމަނާ މެޗް ކަމިޝަނަރާ ،ބޯލް ބޯއިންނާ އަލީ ސަފީގްގެ އައުޓް ލައިން ޓެކްނޮލޮޖީއާ ލައިގެންވެސް 4 އަޅާލައިފި. ސާބަހޭ ގޮއިދޫ. އަސްލް މި އަތޮޅުގެ 1 ވަނަ އަކީ ހަމަ ގޮއިދޫ 2 ވަނަ ކިހާދޫ 3 ވަނަ މާއްޑޫ 4 ވަނަ ކުޑަރިކިލު 10000 ވަނަ ސީސީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.