އުރީދޫން ފެން ފަންޑަށް 75،000 ޑޮލަރު ދީފި

"މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް" އަށް އުރީދޫން މިއަދު ފައިސާ ހަދިޔާ ކުރަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ
“މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް” އަށް އުރީދޫން މިއަދު ފައިސާ ހަދިޔާ ކުރަނީ.–ހަވީރު ފޮޓޯ: ނިޝާން އަލީ

 

“މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް” އަށް 75،000 ޑޮލަރު (1.1 މިލިއަން ރުފިޔާ) އުރީދޫން މިއަދު ހަދިޔާކޮށްފި އެވެ.

ހެނދުނު އެމްޑަބްލިއުއެސްސީ އިމާރާތުގައި ބޭއްވި ރަސްމިޔާތެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ އެ ފައިސާ ހަވާލުކުރެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ސިންހަ ވިދާޅުވީ ކާރިސާ ހިނގި ދުވަހުން ފެށިގެންވެސް އުރީދޫގެ ގިނަ އަދަދެއްގެ މުވައްޒަފުން އެމްއެންޑީއެފް އާއި ގުޅިގެން ވޮލަންޓިއަރުންގެ ގޮތުގައިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިންހަ ވިދާޅުވީ މިއަދާއި މާދަމާގެ ވަގުތެއްގައި ދޯހާއިން ފެން ފުޅި ވެސް މާލެއަށް ގެނައުމަށް ނިންމާފައި ވާކަމަށެވެ.

މިހާރުވެސް އުރީދޫގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ފެން ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ އިރު އެ ކުންފުނިން ވަނީ ފެން ސަޕްލައި ޔުނިޓްތައް ހުންނަ ސަރަޙައްދުތައް ފަސޭހައިން ހޯދޭނެ ޚިދުމަތެއްވެސް ޤާއިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.