އަތޮޅު ކައުންސިލް ބަށި މުބާރާތް މިއަދު ހަވީރު ފަށަނީ

ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ގުރުއަތު ނަގަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
ބ. އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ގުރުއަތު ނަގަން  ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މުބާރާތް މިއަދު ހަވީރު ފަށާނެ – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބަށި މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 6 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ކެންދޫއާއި ގޮއިދޫ ކިހާދޫ އަދި އޭދަފުށީގެ އިތުރުން މާޅޮހާއި ތުޅާދޫ އެވެ.

ހުޅުވުމުގެ ރަސްމިއްޔާތާއި އެކު މިއަދު ހަވީރު 3:30 ގައި މުބާރާތް ފަށާނީ ކެންދޫ އާއި ގޮއިދޫ ބައްދަލުކުރާ މެޗުންނެވެ. ދެވަނަ މެޗުގައި ހަވީރު އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ކިހާދޫ އެވެ.

މުބާރާތް ކުރިއަށްދާނީ އޭދަފުށީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދު ހުސްބިމުގަ އެެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބެއެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

ފޯރިގަދަވާނެކަމަށް ބެލެވޭ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.