ބ. އަތޮޅު ކައުންސިލުގެ ބަށި މުބާރާތް ފަށައިފި

ބ. އަތޮޅު ކައުންސިލު ބަށީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބ. އަތޮޅު ކައުންސިލު ބަށީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

ސްކޫލް ބޮޑު ޗުއްޓީއާ ގުޅުވައިގެން ބ. އަތޮޅު ކައުންސިލުން ބާއްވާ ބަށި މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދު ހުސްބިމުގައި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސޯދިގު އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ޑައުންޓައުން ބޮޑު ބެރު ގްރޫޕުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އެވެ.

ބަށި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބަށި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

މުބާރާތް ހުޅުވި މެޗުގައި ގުރޫޕް އޭގެ ކެންދޫ އަތުން ގޮއިދޫ މޮޅުވީ 38 ލަނޑުންނެވެ. ކެންދޫ އަށް ހެދުނީ 19 ލަނޑު، ތިން ފޯއްޔެވެ. ދެވަނަ މެޗުގައި ގްރޫޕް ބީގެ ކިހާދޫ އަތުން އޭދަފުށި މޮޅުވީ 34 ލަނޑުންނެވެ. މި މެޗުގައި ކިހާދޫއަށް ހެދުނީ 22 ލަނޑު 11 ފޯއްޔެވެ.

ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންނަށް  އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަތޮޅުގެ ހަ ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކެންދޫ އާއި ގޮއިދޫ އަދި މާޅޮހެވެ. ގްރޫޕް ބީގައި ހިމެނެނީ އޭދަފުއްޓާއި ކިހާދޫ އާއި ތުޅާދޫ އެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާ ހަވީރުވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކެންދޫ އާއި މާޅޮސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ކުޅޭނީ ތުޅާދޫ އެވެ.

އޭދަފުއްޓާ ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އޭދަފުއްޓާ ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގެ ސެމީ ފައިނަލަށް ހޮވެނީ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމެވެ. މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ޑްރިންކް ސްޕޮންސާ ކޮށްފައިވަނީ ފަސްމުގޫ އިން ނެވެ. މީޑިއާ ޕާާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Ahmed

    ބަށީގަވެސް ފައިނަލް ކުޅޭނީ އޭދަފުއްޓާ ގޮއިދޫ…… މިއަތޮޅުގަ ކުޅިވަރުގެ ބޮޑު ދެބާރަކީ އޭދަފުށި ގޮއިދޫ… ކިހާދޫ މީހުނަށް އެތެބީ އެމީހުންގެ ސައިޒު އޮޅިފަ!!!!

    ރައްދު
  2. Hasan

    ކޮބާތަ އެއްކަލަ ކިހާދޫ މީހުން؟ ބަށި ކުޅެގެންވެސް އޭދަފުށި އަތުން ތަފާތު ބޮޑުކޮށް ބަލިވީ ދޯ..!! ދެން ކީކޭބާ ބުނާނީ. ރެފްރީ ހަމަ ކަމުނުދަނީތާ ދޯ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.