ބ. އަތޮޅު ކައުންސިލު ބަށި މުބާރާތް: ކެންދޫ ކަޓައި، އޭދަފުއްޓާއި ގޮއިދޫ އަދި މާޅޮސް ސެމީ އަށް

ބަށި މުބާރާތެއްގެ މެޗެއްގެ ތެރެއިން:. އޭދަފުއްޓާއި މާޅޮސް އަދި ގޮއިދޫ ވަނީ ސެމީން ޖާގަ ހޯދާފައި-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބަށި މުބާރާތެއްގެ މެޗެއްގެ ތެރެއިން:. އޭދަފުއްޓާއި މާޅޮސް އަދި ގޮއިދޫ ވަނީ ސެމީން ޖާގަ ހޯދާފައި– އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ ސެމީ ފައިނަލުން އޭދަފުއްޓާއި ގޮއިދޫ އަދި މާޅޮސް ބަށީ ޓީމު ޖާގަ ހޯދިއިރު، ކެންދޫ ބަށި ޓީމު މުބާރާތުން ކަޓައިފި އެވެ.

އޭދަފުށީ ބަށި ޓީމު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެގެންނެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދު ހުސްބިމުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ހަވީރު ކުޅުނު  މެޗުގައިގައި ތުޅާދޫ ބަށި ޓީމު އަތުން އޭދަފުށި މޮޅުވީ 36 ލަނޑުންނެވެ. ތުޅާދޫ އަށް މެޗުގައި ހެދުނީ 18 ލަނޑެވެ.

ކެންދޫ ބަށި ޓީމު މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ. އެހެންކަމުން ތިން ޓީމު ހިމެނޭ އެ ގްރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ ގޮއިދޫ އާއި މާޅޮހަށް ވަނީ ސެމީ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ.

މިއަދު ހަވީރު ކުޅުނު ގްރޫޕް އޭ ގެ ފުރަތަމަ މެޗުގައި ކެންދޫ ބަށި ޓީމު އަތުން މާޅޮސް މޮޅުވީ 26 ލަނޑުންނެވެ. މެޗުގައި ކެންދޫ އަށް ހެދުނީ 15 ލަނޑު 11 ފޯއްޔެވެ.

މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި މާޅޮހެވެ. ދެވަނަ މެޗުގައި ކިހާދޫ އާއި ތުޅާދޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބޭނެ އެވެ.

މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ޑްރިންކް ސްޕޮންސާ ކޮށްފައިވަނީ ފަސްމުގޫ އިން ނެވެ. މީޑިއާ ޕާާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.