ބ. އަތޮޅު ކައުންސިލު ބަށި މުބާރާތް: ކިހާދޫ ބަލިކޮށް ސެމީގެ ފަހު ޖާގަ ތުޅާދޫ އަށް

ގޮއިދޫ ޓީމު ކުޅުންތެރިއަކު މިއަދު ހަވީރު ކުޅޭނީ - އީޓީ ފޮޓޯ / ސައިނޯސާ ރާއި
ތުޅާދޫ ޓީމު ކުޅުންތެރިއަކު މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ ސެމީގެ ފަހު ޖާގަ ތުޅާދޫ ބަށި ޓީމުން ހޯދައިފި އެވެ. އެހެންކަމުން މުބާރާތުގެ ގަދަ ހަތަރު ޓީމު މިހާރު ވަނީ ކަނޑައެޅިފަ އެވެ.

ބީ ގްރޫޕުގެ ސެމީގެ ފަހު ޖާގަ ތުޅާދޫ ހޯދީ މިއަދު ހަވީރު ކިހާދޫ ބަށި ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ކިހާދޫ އަތުން 32 ލަނޑުން މޮޅުވެގެންނެވެ. އެ މެޗުގައި ކިހާދޫއަށް ހެދުނީ 26 ލަނޑު 10 ފޯއްޔެވެ.

އޭ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ގޮއިދޫ ބަށި ޓީމު ސެމީން ޖާގަ ހޯދީ ހަވީރު ކުޅުނު މެޗުގައި މާޅޮސް އަތުން42  ލަނޑު 11 ފޯލިން މޮޅުވެގެންނެވެ. މާޅޮހަށް މެޗުގައި ހެދުނީ 21 ލަނޑެވެ.

މުބާރާތުގެ ފުރަތަމަ ސެމީގައި މާދަމާ ހަވީރު ގޮއިދޫ ބަށި ޓީމާ ދެކޮޅަށް ނުކުންނާނީ ތުޅާދޫ ބަށި ޓީމެވެ. އަދި މާދަމާ ހަވީރު ކުޅޭ ސެމީގެ ފަހު މެޗުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ މާޅޮހު ބަށި ޓީމެވެ.

ބައިވެރިވެފައިވާ 6 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމުނުއިރު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލް ކޮށްފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 ގަ އެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދު ހުސްބިމުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. DownDown

    ހަހަހަ. ކިހާދޫ މީހުން ރެފްރީ ގޯސް ނުކުރޭތަ؟ ނޫނޭ. ރެފްރީ ގޯސް ވީމަ ޓީމު ޗޮކުން އެދިޔައީ. އަދިވެސް އަނގައިން ދެރަނުވާތި. އިންތިޒާމު ކަޑަވީމަ ދޯ. ލޮލް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.