ބ. އަތޮޅު ކައުންސިލު ބަށި މުބާރާތް: ގޮއިދޫ އާއި އޭދަފުށި ފައިނަލަށް

ގޮއިދޫ އާއި ތުޅާދޫ ބައްދަލުކުރި މެޗުގެ ތެރެއިން- އީޓީ ފޮޓޯ: ސައިނޯސާ ރާއި
ގޮއިދޫ އާއި ތުޅާދޫ ބައްދަލުކުރި މެޗުގެ ތެރެއިން- އީޓީ ފޮޓޯ: ސައިނޯސާ ރާއި

 

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކާމިޔާބުކޮށް، ގޮއިދޫ ބަށި ޓީމާއި އޭދަފުށި ބަށި ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދު ހުސް ބިމުގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ސެމީގައި މިއަދު ހަވީރު ތުޅާދޫ އަތުން ގޮއިދޫ މޮޅުވީ 39 ލަނޑުންނެވެ. ތުޅާދޫ ޓީމަށް ހެދުނީ 24 ލަނޑެވެ.

އޭދަފުށީ ބަށި ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ހަވީރު ދެވަނަ ސެމީގައި މާޅޮސް އަތުން 38 ލަނޑު އެގާރަ ފޯލިން މޮޅުވެގެންނެވެ. މެޗުގައި މާޅޮސް ބަށި ޓީމަށް ހެދުނީ 17 ލަނޑު، 6 ފޯއްޔެވެ.

 

  އޭދަފުއްޓާއި މާޅޮހާއި ބައްދަލުކުރި މެޗުގެ ތެރެއިން- އީޓީ ފޮޓޯ: ސައިނޯސާ ރާއި
އޭދަފުއްޓާއި މާޅޮހާއި ބައްދަލުކުރި މެޗުގެ ތެރެއިން- އީޓީ ފޮޓޯ: ސައިނޯސާ ރާއި

 

ގޮއިދޫ އާއި އޭދަފުށި ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00ގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

 

ގުޅުންހުރި ލިޔުންތައް

14 ކޮމެންޓް

  1. R

    ކޮންބައެއްބާ ފަލި ޖެހީ؟؟؟ ބަލަން ތިބި މީހުންނަށް ފެނުނީ ގޮއިދޫ މީހުން ފަލި ޖެހި ތަން، މިހާރު މުހައްމަދަށް ވެސް އެގިއްޖެ ދޯ އޭދަފުށި މީހުންނަށް ގޮއިދޫ އާ ފައި ހަމަ ކުރެވިދާނެ ކަން، ގޮއިދޫ މީހުން ބުނި އޭދަފުށި މީހުންނަށް ވެލި ކާން ދޭނަމޭ، ކޮންބައެއްބާ އެދުވަހު ކޮންބައެއްބާ ވެލި ކެއީ؟؟؟؟ ކޮބާ ގޮއިދޫ މީހުން ޖަހަން ބުނި 52 ލަނޑު؟؟؟ އެއޮތީ އޭދަފުށި ގޮއިދޫ ބަލިކޮށް ތަށި ގެނެސްފަ، ދެން ލަލަލަލަަަލާާ!!!!

    ރައްދު
  2. mmoooo

    މިއަދު މޮޅުވާނީ އޭދަފުށި ބަށި ޓީމް… ، ގޮއިދޫ މީހުން މިއަދު ޖެހޭނީ ވެލި ކައިގެން ފައިބަން… ދެންް ލަލަލަލަަލަަލަލާލާ

    ރައްދު
  3. ALI

    މާދަމާ ގޮއިދޫ ބަލިކޮށްލުމަށްފަހު އޭދަފުށިން ކުޅިވަރުގައި ގޮއިދޫއާ އަރާ ހަމަކުރެވިފައިވާކަން ދައްކާލާނަން!

    ރައްދު
  4. Mohamed

    ޢޭދަފުށި ޖެހޭނީ ހީވާގޮތުން ފަލިޖަހަން…. ކުޅިވަރުގަ ގޮއިދޫއާ އަރާހަމަކުރަން އަދި ވަރަށް ދުވަސް ނަގާނެ

    ރައްދު
  5. EYDHAFUSHI BASHI TEAM

    މާދަމާގެ މެޗުގައި އޭދަފުށި ބަށި ޓީމް ބޭނުންކުރާނީ އޮރެންޖު ކުލައިގެ ބިބް! އެހެންކަމުން ވީހަވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އޮރެންޖު ކުލައިގެ ހެދުމެއް ލަައިގެން ބަށި ޓީމަށް ސަޕޯޓްކުރަން ދިއުން އެދެން!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.