އަތޮޅު ކައުންސިލު ބަށި މުބާރާތް އޭދަފުށި ކާމިޔާބުކޮށްފި

އޭދަފުށީ ބަށި ޓީމު ޗެމްޕިއަން ޓްރޮފީއާއެކު
އޭދަފުށީ ބަށި ޓީމު ޗެމްޕިއަން ޓްރޮފީއާއެކު

 

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ގޮއިދޫ ބަށި ޓީމު ބަލިކޮށް އޭދަފުށީ ބަށީ ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފޯރި ގަދަ ބަށި މުބާރާތުގެ ފައިނަލުގައި ދެ ޓީމުގެ ކުރިމަތިލުން އޭދަފުށީ ޓީމުން ކާމިޔާބުކުރީ 33 ލަނޑު ފަސް ފޯލިންނެވެ. މެޗުގައި ގޮއިދޫ ޓީމަށް ހެދުނީ 30 ލަނޑެވެ.

މި މުބާރާތުގެ ޗެމްޕިއަންކަންކަން ލިބުމާއެކު، އޭދަފުށި ބަށި ޓީމަށް ވަނީ ޗެމްޕިއަން ޓްރޮފީއާއެކު 25،000ރ. ގެ ފައިސާގެ އިނާމު ލިބިފަ އެވެ. ފައިނަލަށް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސާދިގު އެވެ. މުބާރާތުގެ ރަނަރަޕް ގޮއިދޫ ޓީމަށް ލިބުނީ 15،000ރ. ގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ހޮވުނީ މާޅޮސް ބަށި ޓީމެވެ.

މުބާރާތުގެ ބަށި ރާނީ ގޮއިދޫ ޓީމުގެ މިލްނާ
މުބާރާތުގެ ބަށި ރާނީ ގޮއިދޫ ޓީމުގެ މިލްނާ

 

މި މުބާރާތުގެ ބަށި ރާނީ ނުވަތަ އެންމެ މޮޅު ކުޅުންތެރިއާ އަދި އެެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޮއިދޫ ޓީމުގެ ފާޠިމަތު މިލްނާ އެވެ. އޭނާ މި މަގާމަށް ހޮވުނީ ޖުމްލަ 633 ޕޮއިންޓާއެކު އެވެ. މިލްނާ ވަނީ 147 ފޯލި ސައިކޮށްފަ އެވެ.  އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫ ބަށި ޓީމުގެ އާމިނަތު މޫސާ އެވެ.އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއާ އަށް ހޮވުނީ އޭދަފުށީ ޓީމުގެ ހައްވާ އަބްދުއްރަހްމާން އެވެ. ހައްވަ ވަނީ މުބާރާތުގައި ޖުމްލަ 83 ފޯލި ހިފައިފަ އެވެ.

އަތޮޅު ކައުންސިލުން ބ. އަތޮޅަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބޭއްވި މި މުބާރާތުގައި ޖުމްލަ 6 ޓީމު ވާދަކުރި އެވެ. އެއީ އޭދަފުއްޓާއި ގޮއިދޫގެ އިތުރުން ތުޅާދޫއާއި ކިހާދޫ އާއި މާޅޮސް ކެންދޫ އެވެ.

ގުޅުންހުރި ލިޔުންތައް

42 ކޮމެންޓް

  1. 190 IJ

    ކަލޯ ގޯލް ކަލެއަށް ބުނެލަން އޮތީ ތާކުންތާކު ނުޖެހޭމުބާރާތެއްގަ ބައިވެރިވާނީވެސް ތާކުންތާކު ނުޖެހޭ ބައެއް ހެހެހެ… ދިގު ދަތުރުކޮއްފަ ކޮންމެދުވަހަކު ހެހެހެ…..ކަލޯ ގަބުޅި ކާންވީންނު ތަށި އޭދަފުށީގަ ދެން ލަލަލާ..

    ރައްދު
  2. EYDAFUSHY BODU MEEHAA

    ވީ ސީ ޕީ ޢަލީގެ ކޮމެންޓަށް އަޅުގަނޑު ތާއިދު ކުރަން! ފުޓްބޯޅައިގެ ގަވައިދަށް ބަދަލު ގެނެއުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ތާއިދު ކުރާ ކަމެއް! އޭރުން އޭދަފުއްޓަކީ ފުޓުބޯޅައިގައިވެސް ޗެމްޕިއަނުން!

    ރައްދު
  3. EYDAFUSHY BODUGOATHI MEEHAA

    އަޅުގަނޑު ސަންފަޔަށް ބުނެލަން އޮތީ އޭދަފުއްޓަކީ ނަމެއްގަ ޗެމްޕިއަނުންނެއް ނޫނޭ! އޭދަފުއްޓަށް ބަށި މުބާރާތުގެ ޗެމަޕިއަންކަން ލިބުނީ ހަމަ މޮޅަށް ކުޅެގެންނޭ! މޮޅު ޓީމު މޮޅުވީ! ދަށް ޓީމު ދެރަވީ! ބަށީގަ އޮންނަނީ މޮޅަށް ކުޅޭ ޓީމެއް މޮޅުވުން! ޗެމްޕިއަން ޓީމުގެ ކުޅުންތެރިއަކަށް ބަށި ރާނީގެ މަޤާމު ނުލިބުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން! އޭދަފުއްޓަކީ ނަމެއްގަ ޗެމްޕިއަން ނޫންކަން މިހާރު ސަންފަޔަށް އެނގޭނެކަމަށް އުއްމީދުކުރަން! މަރުޙަބާ އޭދަފުށީ ބަށި ޓީމް!

    ރައްދު
  4. hasanu

    ގޮއިދޫ ފުޓްބޯޅަ ޓީމްގެ ހުރިހާކުޅުންތެރިންނަކީވެސް މޮޅުކުޅުންތެރިން …. އަންނައަހަރުވެސް ތަށި ގެންނާނަން ދެންލަލަލަލަލަ

    ރައްދު
  5. ގޯލް

    އާކުކުޅަކަށް ގާބިހެއް އެޅުނީތަ،،، އަލައްބަޔަކު ގޮއިދޫއަތުން މޮޅުވެއްޖެ.. ފަންޑިތަހަދައިގެން ހެހެހެހެ އަމުދަކުން ގޮއިދޫމީހުން ތިޔަ ތަށި ބޭނުމެއްވެސްނޫން ތާކުންތާކުން ނުޖެހޭ ކުޅިވަރެއްގައި ކިއްކުރާ އެއްޗެއް ދެން ލަލަލަލަ

    ރައްދު
  6. VCP Ali

    އޭދަފުށި އެއްގަލަކަށް އެރިނަމަ ފުޓްބޯޅަތަށި ވެސް އޭދަފުއްޓަށްލިބޭނެ.
    މިގޮތުން ފުޓްބޯޅަ ގަވައިދަށް ބަދަލެއް ގެންނަން ފެނޭ.
    މިސާލަކަށް ބ.އަތޮޅު ރަށަކަށް އުފަން ކުޅެއްތެރިއެއް ވެއްޖީޔާމެ، އެކުޅުންތެރިއަށް އޭނަގެ އުފަން ރަށްނޫން އެހެން ރަށަކަށް ނުކުޅެވޭނެ ގޮތްހެދުން.
    ނަމަވެސް އަތޮޅުން ބޭރު ކުޅުންތެރިންނަށް އެމީހަކު ބޭނުން ރަށަކަށް ކުޅުމުގެ އިހްތިޔާރު މިހާރުވެސް އަމަލު ކުރަމުންދާ ގަވައިދުގެ ދަށުން ލިބިދިނުން.
    މިނޫން ގޮތަކަށް ގަވައިދު އޮތުމުން، އޭދަފުއްޓަށް އުފަން ފުޓުބޯޅަކުޅެން މޮޅެތި އެތައް ކުޅުން ތެރިއަކަށް، އެހެން ރަށްރަށުން ބޮޑިތި އަގުތަކުގައި، އޮފާތަށް އައުމުގެ ސިއްރަކީ އޭދަފުށި ޓީމު ހަލާކުވުން.
    އަދި ފުޓްބޯޅައިގައި ނަންނަ މަސްހޫރު އޭދަފުށި ލަދުގަންނަން ޖެހުން.
    ޖަމީލު މިކަމާދޭތެރޭ ވިސްނުން އެދެން.
    މަރުހަބާ އޭދަފިށި ބިށި ޓީމު. ގޮއިޑުވެސް ކުޅިވަރުމައިދާނުގައި ތިހޯދަމުންދާ ކާމީޔާބީ ތަކަށްވެސް މަރުހަބާ ކިޔަން.
    މި ދެރަށްކީ ކުޅިވަރުގެ މައިދާނުގައި ހަމަ މުޅިރާއްޖެއަށް ވެސް ނަމޫނާ ދެރަށް.
    މިކަމާ ވަރަށް އުފާކުރަން

    ރައްދު
  7. އެކްސް

    މުބާރާތް ނިމުމާއެކު ފެނިގެންދަނީ ވަރަށް ވެސް އުފާވެރި މަންޒަރުތަކެއް އަތޮޅު ފުޓްބޯޅަ މުބާރާތާ ޚިލާފަށް. މިއަދު ސޯސަލް މީޑިއާގައި ފެނިގެންދަނީ އޭދަފުށީ ޓީމަށް މަރުހަބާ ކިޔާއިރު ގޮއިދޫ ޓީމަށް ސާބަސްދެމުން ދާތަން. އެކަމު ފުޓްބޯޅަ މުބާރާތް ނިމިގެންދިޔަ އިރު، ކިހާދޫ ގެ ޕްރިންސްޕަލާއި ޒުވާނުން ދިޔައި އޭދަފުށީ ޓީމަށް މަލާމާތްކޮށް ފުރައްސާރަ ކުރަމުން. ކިހާދޫ މީހުން ނަމޫނާއަކަށް ގޮއިދޫއާއި އޭދަފުށި ބެއްލެވުން ރަނަގޅުވާނެ

    ރައްދު
  8. ބޯއީ

    މުބާރާތުގެ ފެންވަރު އަދި އިންތިޒާމުތައް ވަރަށް ރަނގަޅޭ ދަންނަވާލަން ޖެހޭނީ. އަޅުގަނޑަށް ފެންނަނީ އަތޮޅު ފުޓްބޯލަ ޗެލެންޖުގެވެސް ބ. އަތޮޅު ކައުންސިލުން އިންތިޒާމުކުރުން. އެންމެ އުފާވާކަމީ އެއްވެސް މައްސަލައެއް ދިމާނުވެ މުބާރާތުގެ މަގުސްދު ހާސިލުވެ މުބާރާތް ނިންމާލެވުނީތީ. ގޮއިދޫ އާއި އޭދަފުއްޓަކީ ކުޅިވަރު ކުޅުމުގައި އަދި ސަޕޯޓް ކުރުމުގައިވެސް ހަމަ މުޅި ރާއްޖެ އަށް ހަމަ ނަމޫނާ ރަށެކޭ ދަންނަވާލަން ޖެހެނީ. މަރުހަބާ އޭދަފުށި. ގޮއިދޫ ކުރި ހިތްވަރަށްވެސް ހަމަ ސާބަސް!

    ރައްދު
  9. EYDAFUSHYGE RAYYITHEH

    އޭދަފުއްޓަކީ ބަށީގަ ބ.އަތޮޅުގެ ރަސްގެފާނު! މާލޭގައި ކުޑަ ޢީދާ ދިމާކޮށް އޮންނަ ބަށި މުބާރާތުގައި އޭދަފުށި ބަށި ޓީމް ބައިވެރިވެއްޖެނަމަ އޭދަފުއްޓަށް ޗެމްޕިއަންކަން ލިބޭނެކަން އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން! އެ މުބާރާތުގައި އޭދަފުށީގެ ބަށި ޓީމް ބައިވެރިވުމަކީ އަޅުގަނޑާއި އޭދަފުށީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް! އަންނަ އަހަރު ކުޑަ ޢީދާ ދިމާކޮށް އޮންނަ ބަށި މުބާރާތުގައި އޭދަފުށީގެ ބަށި ޓީމް ބައިވެރިވާނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދު ކުރަން! މަރުޙަބާ އޭދަފުށީގެ ބަށި ޓީމް!

    ރައްދު
  10. eydhafushi don

    Eydhafushi akee raajjeyge champion eh
    Ehn v ma e othy football on ves raajje as vaadhakoh champion kan genessa
    b.atoll football challenge ga es fanditha hadhaagen Goidhoo molhu v
    hajam kohba Giorgio ppl
    .Maruhabaa Eydhafushi Bashi Team.

    ރައްދު
  11. Baiypolhithah

    ގޮއިދޫ މީހުނަށްވުރެ ކިހާދޫ މީހުން މާ ދެރަވާނެ މިއަދު. އޭދަފުއްޓަށް އެއްޗެއް ލިބުނީމަ. އެމީހުންނަށް އިނގޭ އެރަށުގަ ނެތްކަން ތައްޓެއް ހޯދޭނެ ފެންވަރެއް. އެހެންވެ އޭދަފުއްޓާ ދެކޮޅަށް ނިކުންނަން ޖެހެނީ. ކީއްކުރާނީ ދޯ. ކިހާދޫ ބަތްޕޮޅިތަކަށް ހިތާމަވެރި ދުވަހެއް. ހުރިހާ ކުދިން ހަޖަމް ކޮށްލާ ދެން.

    ރައްދު
  12. ބަތްޕެން

    ކޮބާ އެއްކަލަ ކިހާދޫ މީހުން؟ އަތޮޅު މުބާރާތްތަކުގަ ބައިވެރިވުން ނޫން އިތުރު ކަމެއް ނުވޭ. ބަލިވީމަ ރެފްރީ. އެހެން ތިއްބާ އެދަފުށިން ތަށި ނެގީ. ފުޓްބޯޅައިންވެސް ބަށިންވެސް އޭދަފުށި އަތުން ލަދުވެތި ގޮތަކަށް ބަލިވީ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ބެޑްމިންޓަންގެ ވެސް ޗެމްޕިއަނުން އޭދަފުއްޓަކީ. ބަށީގެ އަތޮޅު ޗެމްޕިއަނުން. ކިހާދޫ މީހުނަށް ކިހިނެއް އޭދަފުއްޓާ އަރާ ހަމަކުރާނީ؟ ހަޖަމް ވޭތަ އަނެއްކާ. މަރުހަބާ މޮޅު އޭދަފުށި ބަށި ޓީމް

    ރައްދު
  13. EYDAFUSHY MEEHAA

    ބ.އަތޮޅު ކައުނަސިލުން ބަށި މުބާރާތެއް ބޭއްވީތީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަންނަ އަހަރުވެސް މިމުބާރާތް އޮންނާނެކަމަށް އުއްމީދުކުރަން! މިއަދުގެ މެޗުގައި އޭދަފުށީގެ ސަޕޯޓަރުން ދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

    ރައްދު
  14. EydhafushiMeehaa

    ގޮއިދޫ މީހާއަށް ބުނެލަން އޮތީ އޭދަފުށިވެސް ވަކި ބައްޔެއް ނޫނޭ މި މުބާރާތުގަ. މިއަދުގެ މެޗް އޭދަފުށިން ކާމިޔާބުކުރީ މޮޅަށް ކުޅެގެން ހަމަ. މޮޅު ޓީމު މޮޅުވީ. ފުޓްބޯޅަ ފައިނަލް މެޗްގަ ގޮއިދޫ މޮޅުވީ މޮޅަށް ކުޅެގެން. މިއަދުވެސް ވީ އެހެން. ގޮއިދޫ ޓީމުގެ ކިބައިން ފެންނަ ކުޅިވަރުގެ ރޫހަށް އަޅުގަނޑު ސެލިއުޓް ކުރަން. ދެން ފަހަރަކުން މަސައްކަތްކޮށްލާ. މަރުހަބާ އޭދަފުށި ޓީމް.

    ރައްދު
  15. EYDAFUSHY MEEHAA

    މިއަދުގެ މެޗުން އޭދަފުށި ޓީމަށް މޮޅުވެވުނީ ހޮވަން ތިބި ކުޅުންތެރިންގެ މޮޅު ކުޅުމުން! ހާއްސަކޮށް އޭދަފުށީގެ ޖާރޒީ ނަމްބަރު ހަތެއް ހައްވަގެ މޮޅު ކުޅުން ފާހަނގަކޮށްލަން! މަރުހަބާ ހައްވަ އަދި އޭދަފުށި ޓީމް! އަންނަ އަހަރުވެސް މިމުބާރާތުގެ ތަށި އޭދަފުށި ޓީމަށް ދިފާއު ކުރެވޭނެކަމަށް އުއްމީދުކުރަން! މި މުބާރާތަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ!

    ރައްދު
  16. GOIDHOO MEEHAA

    މުބާރާތުގެ ޗެމްޕިއަންކަން ހަމަ ހައްޤީ ހަމަ ގޮއިދޫއަށް! އެއީ މުބާރާތް ބެލި ކޮންމެ މީހަކަށްވެސް އެނގޭނެ މިމުބާރާތުގައި އެންމެ މޮޅަށް ކުޅުނީ ގޮއިދޫ ޓީމުކަން!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.