ޓޮރޭސް ޗުއްޓީ ހޭދަކޮށްލުމަށް ބ. އަތޮޅަށް

ޓޮރޭސް މީގެ ކުރިން ރާއްޖެ އައި ދަތުރުގެ ތެރެއިން
ޓޮރޭސް މީގެ ކުރިން ރާއްޖެ އައި ދަތުރުގެ ތެރެއިން

 

ފިނި މޫސުމަށް އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލުމުން ލިބުނު ކުރު ޗުއްޓީއެއްގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ފެނާންޑޯ ޓޮރޭސް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އީޓީއަށް ކަށަވަރުވެފައިވާ ގޮތުގައި ޓޮރޭސް ޗުއްޓީ ހޭދަކުރަމުންދަނީ މިއަތޮޅު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުގައެވެ. މީގެ ކުރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ޓޮރޭސް މިފަހަރު ރާއްޖެ އައީ އޭނާގެ އަންހެނުން އޮލާލާ ޑޮމިންގޭޒް ގެ އިތުރުން ދެކުދިންނާއިވެސް އެކުއެވެ.

ޓޮރޭސް އަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މަޤްބޫލު ކުޅުންތެރިއެކެވެ. އެލް ނިނޯ ގެ ނަމުން މަޝްހޫރުވެފައިވާ ޓޮރޭސް އެންމެ ބޮޑަށް ފާހަގަކުރެވުނީ އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ހޭދަކުރި ދުވަސްވަރުއެވެ. އެ ކްލަބަށް ކުޅެދިން 102 މެޗްގައި އޭނާ ވަނީ 62 ގޯލް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ޖެނުއަރީމަހު 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވުމަށްފަހު ޓޮރޭސް އަށް ވަނީ އޭނާގެ އަސްލު ކުޅުން ދެއްކޭގޮތް ނުވެފައެވެ. ދެ އަހަރުދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޓޮރޭސް މިހާރު ކުޅެމުން އަންނަނީ އިޓަލީގެ އޭސީ މިލާނަށެވެ. މިލާންގައި ޓޮރޭސް މިހާތަނަށް ޖަހާފައިވަނީ އެންމެ ގޯލެކެވެ. ޓޮރޭސް ވަނީ ވޯލްޑްކަޕާއި ޔޫރޯގެ އިތުރުން ޗެމްޕިއަންސް ލީގުވެސް އޭނާގެ ހިއްސާ އާއިއެކު ހޯދާފައެވެ.

ފެނާންޑޯ ޓޮރޭސް
ފެނާންޑޯ ޓޮރޭސް

 

އީޓީއަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ ދަތުރުގައި ޓޮރޭސް އެ ރިސޯޓުގައި 10 ވަރަކަށް ދުވަސް ހޭދަކުރާނެއެވެ.

ފިނި މޫސުމަށް ޔޫރަޕްގެ ގިނަ ލީގުތައް މެދުކަނޑާލުމުން ކޮންމެ އަހަރަކުވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މިގޮތުން ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ މީގެ ކުރިން އަނަންތަރާ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ. ޓޮރޭސްގެ އިތުރުން އިޓަލީގެ ޓޮޓީ އާއި ޖަރުމަނުގެ މާރިއޯ ގޮމޭޒްވެސް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އައިސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.