އިތުރު ދެ އަހަރަށް ކުޑައްޓޭ ނިއުގެ ކޮންޓްރެކްޓް އާކޮށްފި

ކުޑައްޓޭ. ނިއުއާ އެކު އިތުރު ދެ އަހަރު ދުވަހަށް ކޮންޓްރެކްވަނީ އާކޮށްފައި
ކުޑައްޓޭ. ނިއުއާ އެކު އިތުރު ދެ އަހަރު ދުވަހަށް ކޮންޓްރެކްވަނީ އާކޮށްފައި

 

ފާއިތުވި ދެ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ނިއުގެ ކޮންޓުރެކްޓް ދެ އަހަރަށް އާކޮށްފި އެވެ.

ނިއުއާއެކު ކުރިން ކުޑައްޓޭ ,30,ހެދި ކޮންޓުރެކްޓް ވަނީ މި ސީޒަންގެ ނިޔަލަށް ހަމަވެފަ އެވެ. އެކަމަކު ތަޖުރިބާކާރު ޑިފެންޑަރު ވަނީ ކުރިއަށް އޮތް ދެ ސީޒަންގައި ވެސް ނިއު އަށް ކުޅެން ނިންމައި، އެ ކްލަބުގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.

ބ.އޭދަފުއްޓަށް އުފަން ކުޑައްޓޭ 2004 ވަނަ އަހަރު ކެރިއަރު ފެށީ ނިއު އިންނެވެ. އެ ކްލަބްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، ކުޑައްޓޭ ނިއުއާ ވާދަވެރި ވިކްޓަރީ އަށް ބަދަލުވީ 2009 ވަނަ އަހަރެވެ. ނިއު އަށް ކުޑައްޓޭ އެނބުރި ދިޔައީ 2013 ވަނަ އަހަރެވެ. އެ އަހަރު ނިއު އަށް ކުޑައްޓޭ ބަދަލުވީ ވެލެންސިއާ އަށް ސޮއިކުރުމަށް ފަހު، ސީޒަން ނުފެށެނީސް އެ ކްލަބުން ރިލީޒް ހޯދައިގެންނެވެ.

ފާއިތުވި ސީޒަންގައި ނިއު އަށް ކުޅުނު މުހިންމު ގިނަ ކުޅުންތެރިންގެ ކޮންޓުރެކްޓް ހަމަވާނީ އަންނަ ސީޒަނަށް ފަހު އެވެ. އޭގެ ތެރޭގައި މުހިންމު ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަލީ ފާސިރު (ސެންޓޭ) އަދި އަކުރަމް އަބްދުލް ގަނީ ހިމެނެ އެވެ.

އެކަމަކު ފާއިތުވި ތިން ސީޒަންގައި ނިއުގެ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

އަންނަ އަހަރު ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ނިއު އިން ވަނީ ގައުމީ ޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އައްސަދު އަލީ (އަޑުބަރޭ) އާއި ގޯލްކީޕަރު މުހައްމަދު ޔަމާން އާއި އޭވައިއެލް އަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވަޑް އެވަޓަން ސޫޒާ އާއި ބްރެޒިލްގެ އިތުރު ފޯވަޑެއް އަދި ސްޕެއިންގެ ގޯލްކީޕަރެއް ގެނެސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.