މަންޓާ އެއާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި

އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.

މަންޓާ އެއާގެ ދަތުރުތައް ފެށީ މި އަހަރުގެ ފެބްރުއަރީ 21 ގަ އެވެ. އެންމެ ފުރަތަމަ ދަތުރުތައް ފެށީ ދ.ކުޑަހުވަދު އަށެވެ.


ކުޑަހުވަދޫގެ އިތުރުން މަންޓާ އެއާ އިން މިހާރު ދަތުރުތައް ކުރަނީ ބ. ދަރަވަންދޫ އާއި ގއ. ކޫއްޑޫ އަށެވެ. ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް އެއާލައިނުން ބުނެ އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް، މަންޓާ އެއާގެ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮވެ އެވެ. މި ބޯޓުތަކުގެ ދެ ސީޓު ދޭތެރޭގައި ހުންނަ ޖާގަ ބޮޑުކޮށް، ފަސިންޖަރުންނަށް އަރާމުކޮށްލުމުގެ ފުރުސަތު ލިބޭނެ ގޮތް މަންޓާ އެއާ އިން ވަނީ ފަހިކޮށްދީފަ އެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހު ސީޕްލޭންގެ ހިދުމަތް ވެސް ފަށާފަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޝެޑިއުލް ސީޕްލޭން ހިދުމަތެވެ. މި ހިދުމަތް ދިނުމަށް ހަ ސީޕްލޭން ގެނެސްފައި ވާއިރު، އިތުރު ހަތަރު ސީޕްލޭން ގެނައުމުގެ މަސައްކަތް އެ އެއާލައިން އިން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.