ހަމްޕު އަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު: މިކާ

ހަމްޕު އަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު: މިކާ
ހަމްޕު އަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު: މިކާ

 

ނިއު ރޭޑިއަންޓުގެ ޒުވާން ވިންގާ ހަމްޒާ މުހައްމަދު (ހަމްޕު) އަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަމަށް ނިއުގެ ކޯޗު މިކާ ލޮމްސްޓްރޮމް ބުނެފި އެވެ.

މިދިޔަ އަހަރު ނިއުއާ ގުޅުނު ބ. އޭދަފުށްޓަށް އުފަން ހަމްޕު ވަނީ ޕީޕަލްސް ކަޕުގައި ނިއު އެންމެ ފަހުން ކުޅުނު ދެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

“ހަމްޕު އަކީ މި ގައުމުގެ ފުޓުބޯޅައިގެ ކުރިމަގު،” މިކާ ބުންޏެވެ. “ޝޫޓް ކުރުމާއި ބައެއް ޓެކްޓިކަލް ކަންތައްތައް ރަނގަޅުކޮށްލީމާ އޭނާ ވަރަށް ފުރިހަމަ ވާނެ.”

މިކާ ބުނީ ރާއްޖޭގެ ފެންވަރުގައި ކުޅެގެން އިތުރު ކުރިއެރުންތައް ނުލިބޭނެ ކަމަށާއި އެހެންކަމުން އޭނާ ވެސް ރާއްޖޭން ބޭރުގައި ކުޅުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.

މިދިޔަ ސީޒަނުގައި ނިއުއާ ގުޅުނު ހަމްޕު ވަނީ އެ ޓީމުން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. އަދި މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރި ނިއުގެ ޔޫތު ޓީމުގެ ކެޕްޓަންކަން ވެސް ކުރީ އޭނާ އެވެ.

ނިއުއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދާފައިވާ ހަމްޕު އަކީ މެދުތެރެ އަށާއި ފޯވާޑް ލައިނަށް ވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު އޭނާ ނިއު އަށް ގެނައުމަށް ފަހު އެ ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ ހަމްޕު އަކީ ނިއު އިން ކުރިމަގަށް ކުރި ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އޭނާއާ މެދު ބޮޑު އުއްމީދެއް ކުރާ ކަމަށެވެ.  / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. The Ventiez

    ހަމްޕު އަކީ ޒުވާން މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް… ހަމްޕު ކަހަލަ ދެތިން ކުދިން އޭދަފުށީގައި އެބައުޅޭ… އެކުދިންނަށް ބުނެލަން އޮތީ މާލެ އައިސް ތިކުދިންގެ ހުނަރު ކޯޗުންނަށް ދައްކާލާށޭ… އޭރުން އެ ކޯޗުންނަށް އެނގޭނެ ރާއްޖެތެރޭގައި މާ މޮޅެތި، ހުނަރުން ފުރިފައިވާ ކުޅުންތެރިން އެބަތިބިކަން…

    ރައްދު
  2. sainosa raai

    އަދި ކިރިޔާތަ މިކާ އަށް އިގުނި ހަމްޕު އަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަން އަހަރުން ނަށް މާކުރިން އިނގޭ އެކަން!! އަދި އޭނަގެ ބޭބެ ވެސް ވަރަށް މޮޅުވާނެ ފުޓްބޯޅަ ކުޅެން!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.