ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮއްވާ ގޮއިދޫ ކައިރިން ފެނިއްޖެ

ކޮޅުވެއްޓިއެއް: "ކޮރަލް ކްރާފްޓް" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކު ގެއްލިގެން ހޯދަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނޭ.
ކޮޅުވެއްޓިއެއް: “ކޮރަލް ކްރާފްޓް” ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކު ގެއްލިގެން ހޯދަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނޭ.

 

ފަސް މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ “ކޮރަލް ކްރާފްޓް” ނަމަކަށް ކިޔާ ކޮޅުވެއްޓި، މިއަތޮޅު ގޮއިދޫ ކައިރިން ބަންޑުން ޖަހާލާފައި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓި ފެނިފައިވަނީ ބ. ގޮއިދޫ ހުޅަނގު ފަރާތު 30 ވަރަކަށް މޭލު ބޭރުން ކަންނެލި މަސްދޯންޏަކަށް ކަމަށެވެ. އަދި ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮތް ސަރަހައްދުން ދެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްޑިއެފުން ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވާ ސަރަހައްދުން ފެނިފައިވަނީ ދެ ދިވެހިން ކަމަށެވެ. އަދި ކޮޅުވެއްޓިން ދަތުރުކުރި އަނެއް ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.

މި ދެމީހުންވެސް މިހާރު ތިބީ ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ކ. ތިލަފުށިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި އެ ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ 10:45 ހާއިރު އެވެ. އަދި ގެއްލުނު އިރު ކޮޅުވެއްޓީގައި ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ ރައްޔިތުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.