ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހާލުބަލަން ޕްރޮގްރާމެއް ހިންގައިފި

އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ހަވީރު ނިންމާލުމުގެ ގޮތުން ގުރޫޕް ފޮޓޯއަކަށް އެތުރިގެން - ފޮޓޯ/- ޕޮލިސް
އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިދިޔަ އަހަރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން . ހާއްސަ އެހީއަށްބޭނުންވާ ކުދިންގެ ގޭގެ އަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް ފުލުހގުން ވަނީ ހިންގާފައި

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހާލު ބަލައި އެކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ފުލުހުން ވަނީ އޭދަފުށީގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެ އަށް ޒިޔާރަތްކޮށް، އެ ކުދިންގެ ހާލު ބަލައި، އަމާން އަދި ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށް އެ ކުދިންގެ ބެލެނިވެރިންނަށް ކޮށްދެވިދާނެ ކަންތައްތަކާބެހޭގޮތުން މައުލޫމާތު ދީފަ އެވެ.  އަދި އެފަދަ ކުދިންގެ ދިރިއުޅުމުގައި ނުރައްކަލެއް އޮތްތޯ ބަލައި މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ ކޮންމެ މަހަކުވެސް މިފަދަ ޒިޔާރަތެއް އެކުދިން އުޅޭ ގޭގެއަށް ކޮށް، ކުދިންގެ ހާލުބަލައި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.