މަރުހޫމް ޝާހީން ފުޓްސަލް ޗެެލެންޖުގެ ގުރުލުން މާދަމާ ރޭ

މިދިޔަ އަހަރު ބޭއްވި އަހުމަދު ޝާހީން ފުޓްސެލް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ދަ ބިގިނާސް
މިދިޔަ އަހަރު ބޭއްވި އަހުމަދު ޝާހީން ފުޓްސެލް މުބާރާތުގެ ތެރެއިން — ފޮޓޯ/ ދަ ބިގިނާސް

 

އަލްމަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި ބާއްވާ ދެވަނަ ފުޓްސަލް މުބާރާތުގެ ގުރުލުން މާދަމާ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

މުބާރާތް އިންތިޒާމުކުރާ ކްލަބް ދަ ބިގިނާސް އިން ބުނީ، އަންނަ މަހުގެ 1 ން 11 ގެ ނިޔަލަށް އޭދަފުށީގައި ބާއްވާ މި މުބާރާތުގެ ގުރުލުން އޮންނާނީ މާދަމާރޭ 8:15 ގައި ރޯޔަލް އައިލެންޑް ރިސޯޓްގަ އެވެ.

މުބާރާތުގައި މިއަހަރު ރިސޯޓްތަކުން 7 ޓީމު ވާދަކުރެއެވެ. އޭގެ ތެރޭގައި އަމިއްލަފުށި ރިސޯޓް، ކިހާދޫ މޯލްޑިވްސް، ރޯޔަލް އައިލެންޑް ރިސޯޓް، އަނަންތަރާ، ލަނޑާގިރާވަރު، ސޮނެވާފުށި އަދި ވެލިގަނޑު އައިލެންޑް ރިސޯޓް ހިމެނެއެވެ. މުބާރާތުގައި އޭދަފުށިން ބައިވެރިވީ ވެލާ ސްޕޯޓްސް އާއި ފެއިމްސް ޔުނައިޓެޑް އަދި ޔުނައިޓެޑް ވީ އެވެ.

އެކުވެރިކަން ބަދަހިކޮށް، ރާއްޖޭގައި ފުޓްސެލް އިތުރަށް ކުރިއެރުވުމުގެ އިތުރުން، މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުމުގެ މަގުސަތުގައި ބާއްވާ މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ރަން ބޫޓާއެކު ކޮލަނބޯ ދެކޮޅު ޓިކެޓުގެ އިތުރުން ޗެންޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅައިފައެވެ. އަދި އެ މުބާރާތުގެ ރަނަރަޕް ޓީމަށް 5000 ރުފިޔާގެ އިނާމެއް ހުށަހެޅިފައި ވާއިރު، އެ މުބާރާތުގައި ޑްރީމް ޓީމާއި އެންމެ މޮޅު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުވެސް ބޭއްވި “އަހުމަދު ޝާހީން ފުޓްސަލް 2015” މުބާރާތަކީ މީގެ ކުރިން ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ކްލަބް އީގަލްސް އާއި ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބަށް ކުޅުނު އަލްމަރުހޫމް އަހުމަދު ޝާހީނު (ޖޯއީ)ގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.