ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ތައުލީމީ މަރުކަޒުގެ 37 ވަނަ އަހަރަީ ދިވަސް ފާޙަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން
ތައުލީމީ މަރުކަޒުގެ 37 ވަނަ އަހަރަީ ދިވަސް ފާޙަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 37 ވަނަ އަހަރީ ދުވަސް މިއަދު އެ ސްކޫލުގައި ފާހަގަކޮށްފި އެވެ.

އެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް އެ ސްކޫލުގައި ވަނީ ފަށައިފައެވެ.

އެ ގޮތުން ދުވަހުގެ ހަރަކާތްތައް އެ ސްކޫލުގައި ފަށާފައިވަނީ މިއަދު ހެނދުނު ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީން ނެވެ. އަހަރީ ދުވަހުގެ ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ކުރިން އެ ސްކޫލުގެ ހެޑްމާސްޓަރުކަން ކޮށްދެއްވާފައިވާ ވިލާ ކޮލެޖުގެ ރެކްޓާ ޑޮކްޓަރު އަހްމަދު އަންވަރު އެވެ.

ޑޮކްޓަރ ައަހުމަދު އަންވަރު
ޑޮކްޓަރ ައަހުމަދު އަންވަރު

ފެބްރުއަރީ 24، 1978 ވަނަ އަހަރު ސަރުކާރުން ރާއްޖެ ތެރޭގައި ފުރަތަމަ ހުޅުވި އަތޮޅު ތައުލީމީ މަރުކަޒުގެ ތާރީޚުގެ މައްޗަށް އަލި އަޅުވާލައި އަދި އެ ސްކޫލު ކުރިއަރައިގެން އައި ގޮތާބެހޭގޮތުން އަންވަރު ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ.

ދުވަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގެ ތާޜީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ސްކޫލެއްކަމަށެވެ. އަދި އެ ސްކޫލަށް 37 އަހަރު ފުރުނު އިރު ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ފަދަ ކާމިޔާބީތައް ތަކުރާރު ކޮށް ވަނަތައް ހާސިލު ކުރުމަކީ އެ ސްކޫލުގެ އަމާޒުކަމަށް ރަފީއު ވިދާޅުވި އެވެ.

ތައުލީމީ މަރުކަޒުގެ 37 ވަނަ އަހަރަީ ދިވަސް ފާޙަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން
ތައުލީމީ މަރުކަޒުގެ 37 ވަނަ އަހަރަީ ދިވަސް ފާޙަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން

އަހަރީ ދުވަހާ ގުޅުވައިގެން އެ ސްކޫލުގެ މަތީ ސާނަވީ ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލުކޮށްފައިވާ 19 ކުއްޖަކަށްވަނީ ސްކޯލަޝިޕްވެސް ހަވާލުކޮށްފަ އެވެ. މިއީ އެކުދިންގެ ތެރެއިން މޮޅު ކުއްޖެއްގެ ތައުލީމުގައި އެ މަރުކަޒުންވާ ހިއްސާ އިތުރު ކުރުމުގެ މަގުސަދުގައި 2004 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ދެމުންގެންދާ ސްކޯލަޝިޕް ތަކެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 1999 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުން މުޅި ރާއްޖެއިން އެއް ވަނަ ސްކޫލުގެ މަގާމު ހޯދާފަ އެވެ. އަދި އޭގެ ފަހުންވެސް ކޮންމެ އަހަރަކުވެސް އޯލެވެލް އާއި އޭލެވެލް ގަދަ 10 ގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެ އެވެ.

ސްކޫލުގައި 700 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިރު އޭގެ ތެރެއިން 30 ޕަސެންޓް ކުދިންނަކީ ބޭރު ރަށްރަށުން އެ ސްކޫލަށް ކިޔަވަން އައިސްތިބި ކުދިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.