“ވިލާ ކޮލެޖުން ލިބެންޖެހޭ ފައިސާ ނުލިބިއޮތީ ކައުންސިލުގެ އިހުމާލުން”

ވީސީއީސީ ހުޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވީސީއީސީ ހުޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ބަހިއްޔާ ޕްރީ ސްކޫލަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތީ ރަށުކައުންސިލުގެ އިހުމާލުން ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަމުން ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ އޭދަފުށީގައި މަތީ ތައުލީމުގެ ކޯސްތައް ހިިންގުމަށްޓަކައި ބަހިއްޔާ ޕްރީ ސްކޫލުގެ ދެވަނަ ފަންގިވިލާ ވިލާ ކޮލެޖަށް ކުއްޔަށް ދިނުމަށްޓަކައި 2013 ވަނަ އަހަރު ހަދާފައިވާ އެގްރީމެންޓްގައި އަދިވެސް އޮތީ ސޮއި ނުކުރެވި ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރަން އެގްރީމެންޓްގައި ސޮއި ނުކުރެވި އޮތީ އެ ބޭފުޅުންނަށް (ވިލާ ކޮލެޖަށް) ކައުންސިލުން ދައްކަންޖެހޭ ބިމެއް ނުދެއްކިގެންކަން. ސޮއިނުކޮށް ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އޮތުމުގެ ސަބަބުން ފައިސާ ޖަމާކޮށްދިނުމަށް ދޭން ޖެހޭ އެކައުންޓް ނަންބަރުވެސް ނުދެވިއޮތީ،” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެގްރީމެންޓަގައި ސޮއިނުކޮށް އޮތުމުގެ ސަބަބުން ވިލާ ކޮލެޖުން ދޭންޖެހޭ ފައިސާ ނުދޭން އިންކާރު ނުކުރާ ކަމަށެވެ. އަދި ވިލާ ކޮލެޖުން ބަހިއްޔާ ޕްރީ ސްކޫލުން ނުކުންނަން ޖެހުނު ނަމަވެސް އޭދަފުށީ ރައްޔިތުންނަށްޓަކައި މިރަށުގެ ޕްރީ ސްކޫލުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ފަންނީގޮތުން އެ ކޮލެޖުގެ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

“މިހާރުވެސް ވިލާ ކޮލެޖުން އަހަރެއްޖެ މައްޗަށް ދޭން ބުނެފަ އޮތް 50000ރ މިއަދު އެކައުންޓް ނަންބަރު ދިނަސް ހަމަޖެހިގެންދާނެ. ބިން ހަމަޖެހެން އޮތީ ހައުސިން މިނިސްޓްރީން ބިމުގެ ޕްލޭން ލިބުމުން. އެކަމަކީ ހައުސިން މިނިސްޓްރީން ކުރައްވާ ކަމެއް،”

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހަކީ އެ ކޮލެޖުން ރާއްޖެއިން އުތުރުގައި ގާއިމުކުރި ފުރަތަމަ ކެމްޕަހެއެވެ. 2013 ވަނަ އަހަރު ގާއިމު ކުރި އެ ކެމްޕަހުން މިހާރު މިހާތަކަށް 104 ދަރިވަރުން ސެޓްފިކެޓް 3ގެ އަދި ފައުންޑޭޝަން ޕްރޮގްރާމު ނިންމާ ވަނީ ގްރެޖުއޭޓް ވެފަ އެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން ޑިޕޮލޮމާ، ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައްވެސް އަންނަނީ ފުރިހަމަ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.