ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކޮށްފި

ބ.ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް-- ފޮޓޯ: ކަމަދޫ ކައުންސިލް
ބ.ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް– ފޮޓޯ: ކަމަދޫ ކައުންސިލް

 

ބ. ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމަށް މީހުން އިންތިހާބު ކޮށްފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ އެ ކައުންސިލްގެ ކުރީގެ ނައިބް ރައީސް އަލީ އިސްމާއީލް އެވެ. އަދި އެ ކައުންސިލްގެ ނައިބް ރައީސް ކަމުގެ މަގާމަށް އިންތިހާބް ކޮށްފައިވަނީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އެވެ.

އެ ދެ ބޭފުޅުން އިންތިހާބު ކޮށްފައިވަނީ އެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި އެ ކައުންސިލްގެ ފަސް މެންބަރުންގެ ވޯޓުންނެވެ.

އެ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް އިންތިހާބް ކޮށްފައިވަނީ، ކުރިން އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ.

އެމަގާމުން ސަމީރު ދުރުކޮށްފައިވަނީ ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ، އެކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ.

ނަމަވެސް އެ މައްސަލާގައި ސަމީރު ވިދާޅުވެފައިވަނީ ހިންގުމުގެ ރޫހާ ހިލާފް ވެފައި ނުވާނެ ކަމަށާއި، ކައުންސިލަށް ހުށަހެޅުނު މައްސަލާގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ ރައީސް ކަމުން ވަކި ކޮށްފައިވަނީ އިޖުރާއަތްތައް ފުރިމަ ނުކޮށް ކަމަށާއި، އެ މައްސަލަ މިހާރު ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ibrahim

    ސާބަހޭ ޢަލީ، އަލީ އަކީ ކޮންމެ މަޤާމަކަށްވެސް އެކަށީގެންވާ ހިތްވަރުގަދަ ފަހުލަވާނެއް……

    ރައްދު
  2. ޢަލީީ ޙަސަން

    ޢަލީ އަލީ ރޯޔަލް އައިލެންޑްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރިމީހެއް ކައުންސިލްގެ ރައީސްކަން ދޭއިރުވެސް ކޮންމެވެސް ވަރަކަށް ވިސްނާލަށްވާ ކުރީގެރައީސް ސަމީރަކީ އެކަމަށް ވަރަށް ޤާބިލް މީހެއް އެކަމަކު ސިޔާސީ މަޤްޞަދްތަކެއް ޙާޞިލްކުރުމަށް އިތުބާރުނެތްކަމުގެ ވޯޓްނެގީ
    އެ ވޯޓަކީ ލާމަރުކަޒީ ޤާނޫނާ ކައުންސިލް ހިންގުމުގެ ޤަވާޢިދާ ޚިލާފަށް ނަގާފައިވާ ވޯޓެއް އެމަސްއަލަ ސަމީރު ކޯޓަށް ހުށަހަޅައިފިނަމަ ވިންވާނެކަން ޔަޤީން.

    ރައްދު
  3. މުހައްމަދު ސަމަދު

    މަރުހަބާ ރައީސް އަލީ ޢިސްމާއީލް އަދި ނައިބް ރައީސް ހަސަން ޒަރީރު….. ގަބޫލު ކުރެވޭ ގޮތުގައި ތި ދެބޭފުޅުންނަކީ ވަރަށް ހަރުދަނާ ދެ ބޭފުޅުން… ސަމީރަކީ 4 އަހަރުވަންދެން މަގާމުގެ ނުފޫޒު ބޭނުންކުރަމުން އައި ބޭފުޅެއް.. މައުލޫމާތު ލިބޭ ގޮތުގައި ސަމީރުގެ މައްސަލަތައް އެންޓިކަރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި ނަމަ ޖަލު ހުކުމެއް އަންނާނެ ފަދަ ކަންތައްތައް ކޮށްފައި އެބަހުރި… ސަމީރުގެ މައްސަލަ ވީހާވެސް އަވަހަށް އޭސީސީ އަށް ހުށަހެޅުމަށް ގޮވާލަން… ޝުކުރިއްޔާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.