ދިރާގުން “ސްޓިންގް ރޭ” މިޔުޒިކް އެޕް ރާއްޖެ އަށް ތައާރަފުކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ލަވަތަކެއް އެއް ޕްލެޓްފޯމަކުން އަޑު އަހާލެވޭ “ސްޓިންގް ރޭ” މިޔުޒިކް އެޕް ދިރާގުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މި އެޕްލިކޭޝަން ތައާރަފުކުރީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ހެދި ދިރާސާތަކަކަށް ފަހު ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. މި އެޕްލިކޭޝަން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.

ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަންސް މެނޭޖަރު އައިމިނަތު ޝޫޒާ ވިދާޅުވީ އެ ކުންފުނިން ހެދި ދިރާސާ އިން ގިނަ ކަސްޓަމަރުން އިނގިރޭސި ލަވަތަކަށް ޝައުގުވެރިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ގިނަ ކަސްޓަމަރުން މިއުޒިކް އަޑު އަހަނީ އެޕްލިކޭޝަންތައް ގަނެގެން ކަމަށް ވުމުން މިއީ އެ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓިންގްރޭ މިއުޒިކް އެޕް އަކީ އިންޓަނޭޝަނަލް ހިޓްސް އާއި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު އެތައް ބައިވަރު އާޓިސްޓުންގެ މިއުޒިކް ސްޓްރީމް ކުރެވޭނެ އެޕްލިކޭޝަނެކެވެ. އެގޮތުން ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު އަޕްޑޭޓް ވާނެ އެވެ. އަދި ތަފާތު ޖޯންރާ ތަކުގެ މިއުޒިކާއި އެކި އާޓިސްޓުންގެ ޕްލޭލިސްޓާއި އެކި ކަހަލަ ވަގުތު ތަކާ ގުޅޭ ޕްލޭލިސްޓު ވެސް ކަސްޓަމައިޒް ކުރެވޭނެ އެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ޑިޖިޓަލް ސާވިސްތައް ތައާރަފު ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.