ތަޖުރިބާ ހޯދުމަށް ތައުލީމީ މަރުކަޒުގެ ދަރިވަރުން އަމިއްލަ ފުއްޓަށް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް އަމިއްލަފުށީ ރިސޯޓަށްކުރި ދަތުރުގެ ތެރެއިން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް އަމިއްލަފުށީ ރިސޯޓަށްކުރި ދަތުރުގެ ތެރެއިން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ބިޒްނަސް ސްޓަޑީޒު ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް އަމިއްލަފުށި ރިސޯޓަށް އިއްޔެ ޒިޔާރަތްކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް އަމިއްލަފުށީ ރިސޯޓަށްކުރި ދަތުރުގެ ތެރެއިން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް އަމިއްލަފުށީ ރިސޯޓަށްކުރި ދަތުރުގެ ތެރެއިން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބިޒްނަސް ސްޓަޑީޒް ކިޔަވާ ދަރިވަރުން އަންނަ މޭ/ޖޫން މަހު އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ އިރު އެ ދަތުރުގެ މައިގަނޑު މަގްސަދަކީ އެ ސްކުލުން ބުނިގޮތުގައި އިމްތިހާނު ހެދުމުގެ ކުރިން ދަރިވަރުންނަށް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެގޮތުން އިއްޔެ ކުރި ދަތުރުގައި، މުހިއްމު މައުލޫމާތުތަކެއް ލިބި، ދަރިވަރުންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.

ބިޒްނަސް ސްޓަޑީޒް ހަދާ ދަރިވަރުން، އިއްޔެ އަމިއްލަފުށި ރިސޯޓަށް ކުރި ދަތުރުގައި އެ ރިސޯޓްގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް އެތަންތަނުން މާއްދާއާގުޅޭ މައުލޫމާތުވަނީ ހޯދައިފަ އެވެ. އަދި އެ ރިސޯޓްގައި ވިޔަފާރިއާއި މާކެޓިންގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތާބެހޭގޮތުންވެސް ވަނީ މައުލޫމާތު ހޯދައިފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް އަމިއްލަފުށީ ރިސޯޓަށްކުރި ދަތުރުގެ ތެރެއިން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން އަމަލީ ތަޖްރިބާ ހޯދުމަށް އަމިއްލަފުށީ ރިސޯޓަށްކުރި ދަތުރުގެ ތެރެއިން

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އަމިއްލަފުށީ ރިސޯޓަށް ކުރި މިދަތުރުން އެ ރިސޯޓުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދީފައިވާ ކަމަށެވެ. އަދި ކުރިއަށް ތާނގައި އިތުރު މާއްދާތަކުގެ އަމަލީ ތަޖުރިބާ ދަތުރުތައްވެސް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.