ރާއްޖޭގެ ރަށްތަކުގައި ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން، ބ. އަތޮޅު ހޮސްޕިޓަލު މަރާމާތު ކުރުމަށް މިރަށުގެ އަމިއްލަ ފަރާތަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ ހޮސްޕިޓަލު މަރާމާތުކުރުމަށް ހަވާލުކޮށްފައިވަނީ އޭދަފުށީ ފަސްމީރު، މުހައްމަދު ޝާކިރުއާ އެވެ.
ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދެވެ.
ސަރުކާރުން ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން، ބ.އަތޮޅު ހޮސްޕިޓަލްގައި ޕަބްލިކް ހެލްތް ޔުނިޓަށް ބައެއް އިތުރުކޮށް، އަދި ބައެއް މަރާމާތުތައް ކުރާނެ ކަމަށް ހެލުތުން ބުންޏެވެ.
މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ހަވާލުކުރާތާ 59 ދުވަސް ތެރޭގަ އެވެ.