ބ. އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތަކެއް އެޅުމަށް މަޝްވަރާކޮށްފި

އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތަކެއް އެޅުމަށް ބ. އަތޮޅު ކައުންސިލާއި އަތޮޅު ހޮސްޕިޓަލުގެ އިސްވެރިން މަޝްވަރާ ކުރަނީ
އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތަކެއް އެޅުމަށް ބ. އަތޮޅު ކައުންސިލާއި އަތޮޅު ހޮސްޕިޓަލުގެ އިސްވެރިން މަޝްވަރާ ކުރަނީ

 

ބ. އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތަކެއް އިމާރާތް ކުރުމަށް ބ. އަތޮޅު ކައުންސިލާއި އަތޮޅު ހޮސްޕިޓަލުން މަޝްވަރާ ކޮށްފި އެވެ.

އަތޮޅު ކައުންސިލު އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އަތޮޅު ހޮސްޕިޓަލު ގޯތި ތެރޭގައި އާއްމުންނަށް ޕްރައިވެޓް ހަތަރު ކޮޓަރި އިމާރާތް ކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

އަތޮޅު ކައުންސިލުން މިއަހަރަށް އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭންގައިވެސް އަތޮޅު ހޮސްޕިޓަލުގައި ހަތަރު ޕްރައިވެޓް ކޮޓަރި އިމާރާތް ކުރުމަށް ހިމަނާފައި ވެ އެވެ.

އަތޮޅު ކައުންސިލުން ބުނީ މިއީ ބ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި އަދި މިއީ އަތޮޅުގެ ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދެވިދާނެ ޚިދުމަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި ބައްދަލުވުމުގައި އަތޮޅު ހޮސްޕިޓަލުންވެސް ބުނީ މި ކަމަކީ ވަރަށް ކުރިއްސުރެ ހިޔާލުކުރެވިގެން ރޭވިފައިވާ މަސައްކަތެއްކަމަށާއި ނަމަވެސް މިކަން ނުކުރެވި އޮތީ ފައިސާގެ ދަތިކަން ހުރުމުގެސަބަބުން ކަމަށެވެ.

މިބައްދަލުވުގައި މި މަސައްކަތުގައި އިސްވެ ހަރަކާތްތެރިވާނެ ހަ ބޭފުޅުން ހިމެނޭ ކޮމިޓީއެއް ވަނީ  އެކުލަވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. AHMED NADEEM

    ތީ ކުރަނއް ވަރަށް ރަގަޅުކަމެއް. ފަންޑު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އެނގޭ. އެކަމަކު ބ.އަތޮޅުގައި ރިޒޯޓުތައް ގިނަ. އެ ރިޒޯޓް ތަކުންވެސް ހޮސްޕޓަލްގެ ހިދުމަތް ލިބިގަނޭ އަނެއްކޮޅުން އެމީހުންގެ އިޖުތިމާއީ ޒިއްމާތަކެއްވޭ. ރަގަޅު ފެންވަރެއްގެ ޕްރޮޕޯސަލްއެއް ތައްޔާރު ކުރުމަށް ފަހު ރިޒޯޓްތަކާއި ހިއްސާ ކުރަން ފެނޭ. އަދި އެމީހުންނާ ގިނައިން ވާހަކަ ދެކެވި އެއްބަސް ވުމަކަށް އާދެވިއްޖެނަމަ ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު. މިކަމަށް ބޭނުންވަނީ ކެރޭ ދެތިން މީހަކު 04 ރޫމަށްވުރެ ގިނަ ރޫމްވެސް އިމާރާތް ކުރެވިދާނެ. ބޭނުންވަނީ އިހްލާސްތެރިަކާއެކު ހިއްވަރު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.