ދަ ބިގިނާސްއިން ޒައިދަށް ހާއްސަ އެހީއެއް ދީފި

ދަ ބިގިނާސް އިން ޒައިދުއަށް -/5000ރ. ހަދިޔާ ކުރަނީ-- ފޮޓޯ / ޔައުލާ
ދަ ބިގިނާސް އިން ޒައިދުއަށް -/5000ރ. ހަދިޔާ ކުރަނީ– ފޮޓޯ / ޔައުލާ

 

އިންޑިއާގެ އާރުސީސީ ހޮސްޕިޓަލުގައި ކެންސަރުގެ ބާވަތެއް ކަމަށްވާ ހޮޖްކިންސް ލިމްފޯމިއާ އަށް ފަރުވާ ހޯދަމުންދާ ބ. އޭދަފުށީ ހަލީމާހައުސް، ޒައިދު އަލީ އަށް އެހީތެރިވުމުގެ ގޮތުން އޭދަފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ދަ ބިގިނާސް އިން ފައިސާގެ އެހީއެއްވެދީފި އެވެ.

ދަ ބިގިނާސް އިން ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލު މެޗަށްފަހު އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޒައިދުގެ އާއިލާއަށް -/5000ރ. ހަވާލުކޮށްދެއްވީ، އެ ޖަމިއްޔާގެ ރައީސް އަލީ ޝަފީގު އެވެ.

ދަ ބިގިނާސް އިން ބުނި ގޮތުގައި މިފަދަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ހުރިހާ އެންމެން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުރަން ޖެހިފައިވާ ކަމެކެވެ.

އެ ކްލަބުން ބުނިގޮތުގައި މި ފައިސާ އަކީ ޒައިދަށް އެހީތެރިވުމަށް ކުލަބުން އިސްނަގައިގެން އޭދަފުށީގައި ބެހެއްޓި ފަންޑް ފޮއްޓަށް ލިބުނު ފައިސާ އާއި ކުލަބުން ވެދީފައިވާ އެހީއެއް ކަމަށެވެ.

zaid

ޒައިދަށް އެހީތެެރިވުމުގެ ގޮތުން އޭދަފުށީގެ ޒުވާން ގްރޫޕެއް ކަމަށްވާ ޑައުން ޑައުން އިންވެސް ދާދިފަހުން ވަނީ މަސައްކަތު ދުވަހެއް ފާހަގަކޮށް ލިބުނު ފައިސާއިން -/10،000ރ. ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ވެސް އޭދަފުށީގެ އަމިއްލަ ފަރުދުންނާއި، ސަރުކާރުގެ އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުންވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޒައިދުގެ އާއިލާއިން ބުންޏެވެ.

“ލެންޑް އަ ހޭންޑް ޓް ސޭވް ޒައިދު’ސް ލައިފް” ގެ ނަމުގައި ހަދާފައިވާ ފޭސްބުކު ޕޭޖު މެދުވެރިކޮށް ފައިސާ ހޯދުމަށް އާއިލާއިން ފަށާފައިވާ މަސައްކަތަށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ޒައިދު އާއި އާއިލާ އިންވެސް ޝުކުރު އަދާކުރެ އެވެ.

“ޒައިދުއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް. އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ!”

ޒައިދުގެ ކީމޯތެރަޕީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 7777746، 7529126 ނުވަތަ 7917460 އަށް ގުޅުމަށް ނުވަތަ ޒައިދުގެ ބޭބެ ޒާޖިލު އަލީގެ ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު 7719481804002 ނުވަތަ ޑޮލަރު އެކައުންޓް 7719481804001 އަށް ފައިސާ ހަދިޔާ ކުރުމަށް އާއިލާ އިން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.