ބެސްޓް ހަނީމޫން ހޮޓަލަކަށް އަމިއްލަފުށި

އަމިއްލަފުށި ރިސޯޓް

ރަޝިއާގައި ބޭއްވި ވެޑިން ޓްރެވަލް ފެއާގައި އެންމެ ރަނގަޅު ހަނީމޫން ރިސޯޓް އެވޯޑް ބ. އަތޮޅުގައި ހިންގާ ރާއްޖޭގެ އަމިއްލަ ފުށި ރިސޯޓަށް ލިބިއްޖެ އެވެ.

މޮސްކޯގެ ފޯސީޒަން ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި އަމިއްލަ ފުށީގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ރިސޯޓުގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ސޭލްސް ނަސްރުﷲ އާދަމް އާއި ސޭލްސް މެނޭޖަރު އާލިއާ ކޮސްކޯވާ އެވެ. އެ ރިސޯޓަށް ލިބިފައިވަނީ ވެޑިން ޓްރެވަލް އެވޯޑުގެ ހަނީމޫން ޓްރެވަލް އެވޯޑެވެ.

މީގެ ފަސް އަހަރު ކުރިން ބ. އަތޮޅުގައި ހުޅުވި އަމިއްލަ ފުށި ރިސޯޓަކީ އެ ރިސޯޓުގައި އެންމެ މަތީ ފަންތީގެ 70 ކޮޓަރި ހުރެ އެވެ.

އަމިއްލަފުށި” ބްރޭންޑް ނަމާ އެކު ހުޅުވާ ރިސޯޓުގައި 1200 މީޓަރުގެ ސްވިމިން ޕޫލަކާއި 15 ކޮޓަރީގެ ސްޕާއެއްގެ އިތުރުން ޔޯ އަދި ފިޓްނަސް ޕެވިލިއަންއެއް ވެސް ހުރެ އެވެ. އަދި އެ ރަށުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭ ތަންތަނާއި ޑައިވިންގެ އިތުރުން މޫދު ކުޅިވަރު ކުޅެވޭނެ ގޮތްތައް ހަމަޖައްސާފައިވެ އެވެ.

ދަރަވަންދޫ އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ އަމިއްލަފުށި މިހާރު ވެސް ވަނީ ރާއްޖޭގައި މި ފަހުން ތަރައްގީކުރި ހިތްގައިމު އަދި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ލިސްޓްގައި ހިމެނިފަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.