ސެންޓޭ ފަރިތަކުރުންތައް ފަށައިފި

ސެންޓޭ އިއްޔެގެ ލުއި ފަރިތަކުރުންތަކުގެ ތެރެއިން - ފޮޓޯ: ނިއުރޭޑިއަންޓް ފޭސްބުކް
ސެންޓޭ އިއްޔެގެ ލުއި ފަރިތަކުރުންތަކުގެ ތެރެއިން – ފޮޓޯ: ނިއުރޭޑިއަންޓް ފޭސްބުކް

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ، އަދި ގައުމީ ޓީމުގައި ވެސް ހިމެނޭ އޭދަފުށްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) ސާޖަރީ އަށްފަހު އިއްޔެ ފަރިތަކުރުންތައް ފަށައިފި އެވެ.

ސެންޓޭ މުޅިން ފިޓް ނުވުމުގެ ސަބަބުން އޭނާގެ ފަރިތަކުރުންތައް އޮތީ އެހެން ކުޅުންތެރިންނާ ވަކިންނެވެ. ލުއި ފަރިތަކުރުންތަކެއް ހަދަން ފެށި ނަމަވެސް ސެންޓޭ އަށް އަދި ކުޅުމުގެ ތެރެއަށް އާދެވޭނީ ގާތްގަނޑަކަށް މަހެއްހާދުވަސް ފަހުން ކަމަށް އީޓީ އާ ވާހަކަ ދައްކަމުން ސެންޓޭ މައުލޫމާތު ދިނެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އަލީ ފާސިރު ހެދި ސާޖަރީއަކީ، 2012 ވަނަ އަހަރު ގައުމީ ޓީމާ އެކު ޕްރެކްޓިސް މެޗެއް ކުޅެނިކޮށް ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމުން ފަރުވާ އަށް ލައްވާފައިވާ ޕްލޭޓްކޮޅެ ނެގުމަށް ހެދި ސާޖަރީއެކެވެ.

މި ސާޖަރީގެ ސަބަބުން ފާސިރަށް ވަނީ، ނިއުރޭޑިއަންޓް މިއަހަރު ކުޅުނު ޕީޕަލްސް ކަޕުގެ އިތުރުން އޭއެފްސީ ކަޕުގެ ފުރަތަމަ ތިންމެޗު ވެސް ގެއްލިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ގައުމީ ޓީމު ތަޖިކިސްތާނާ ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ނެގި ސްކޮޑުން ވެސް ފާސިރު ވަނީ ބާކީވެފަ އެވެ.

ފާސިރަކީ ހަވީރުން ހޮވި، މިދިޔަ އަހަރުގެ ރާއްޖޭގެ ދެވަނައަށް އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.