ދޮންފަނު ޕްރީސްކޫލްގެ ބިންގާ އަޅައިފި

ދޮންފަނު ޕްރީސްކޫލްގެ ބިންގާ އެޅުން --
ދޮންފަނު ޕްރީސްކޫލްގެ ބިންގާ އެޅުން —

ބ.ދޮންފަނުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރީ ސުކޫލުގެ ބިންގާ އެޅުން ވެގެން ދިޔައީ ވޭތުވެ ދިޔަ 15 އަހަރުތެރޭގައިވެސް އެރަށުގައި ފެށިގެންދާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ބިންގާ އެޅުން ކުރިއަށްދިޔައީ މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދޮންފަނުގައި ޤާއިމުކުރެވިގެންދާ ޕްރީ ސުކޫލާއި ގުޅޭގޮތުން “ވަގުތަށް” މަޢުލޫމާތު ދެއްވަމުން ދޮންފަނު ކައުންސިލްގެ ރައީސް ހަނީފް އިބްރާޙިމް ވިދާޅުވީ ބ.މުއްދޫގައި ހިންގަމުންދާ ޑޫސިޓްތާނީ މޯލްޑިވްސް ރިސޯޓާއި ދޮންފަނު ކައުންސިލް އަދި ދޮންފަނުގެ ރައްޔިތުން ގުޅިގެން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕްރީސުކޫލުގެ މަސައްކަތް 21 މާރޗް 2015 ގައި
ފެށިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް ރަސްމީކޮށް ބިންގާ އެޅުން ކުރިއަށް ދިޔައީ މިއަދު ކަމަށެވެ.

ދޮންފަނު ޕްރީސްކޫލްގެ ބިންގާ އެޅުން --
ދޮންފަނު ޕްރީސްކޫލްގެ ބިންގާ އެޅުން —

މި މަސައްކަތަށް ހިނގާ ޚަރަދުގެ ތެރެއިން ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދުސިޓްތާނީ ރިސޯޓުން ކަމަށާއި ކައުންސިލުން ކުރުމަށް ހަމަޖެހިފައިވަނީ ޕްރީސުކޫލު އެޅުމަށް ދޮންފަނުގައި މަސައްކަތް ކުރަމުންދާ 10 މީހުންގެ ހުރުމާއި ކެއުމުގެ ކަންކަން ކަމަށެވެ.

” މިއީ މީގެ 2 އަހަރު ދުވަސް ކުރިން މިރަށު ރައްޔިތުން ކުރަމުންއައި ވަރަށް ބޮޑު އުންމީދެއް. އެކަމަށްޓަކައި ރައްޔިތުން ނިކުމެ ވަނީ ފުދޭވަރެއްގެ އެހީއެއްވެސް ހޯދާފައި. އެފައިސާއިން އެމީހުންގެ ހުރުމާއި ކެއުމުގެ ކަންކަން މި ހަމަޖައްސަނީ.” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

45 ދުވަސްތެރޭގައި ނިންމުމަށް އަމާޒުހިފައިވާ މި މަސައްކަތް ނިމިގެންދާއިރު އެތަނުގައި ޒަމާނީ ވަޞީލަތްތަކެއް ޤާއިމުކުރެވިފައި ހުންނާނެކަމަށާއި، ކައުންސިލުން ބަލައިގަންނާނެ ފެންވަރު އިމާރާތަކަށް އެ އިމާރާތް ވެގެން ދާނެކަމަށް ހަނީފް ވިދާޅުވިއެވެ.

މިހާރު އެރަށުގައި ޕްރީ ސުކޫލު ތަޢުލީމު ދެމުންއަންނަ ގޮތާއި ބެހޭގޮތުން ސުވާލުކުރުމުން ހަނީފް ވިދާޅުވީ މިހާރު އެކަން ކުރަނީ ސުކޫލުގެ ކުލާސް ރޫމެއްގައި ކަމަށާއި، އެއީ ފަށާ ތައުލީމަށް އޮތް ގޮންޖެހުމެއްކަމަށް ހަނީފް ވިދާޅުވިއެވެ. ޕްރީ ސުކޫލެއް ނެތުމުން އެކަން ސަރުކާރަށްވާނީ ދަންނަވާފައިކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އެކަމަށް އެދެވޭ ޖަވާބެއް ލިބިފައިނުވާކަންވެސް
ހަނީފް ފާހަކަ ކުރެއްވިއެވެ.

ދޮންފަނު ޕްރީސުކޫލުގައި ކިޔަވަމުންދާ 20 ކުދިންނަށް ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވަނީ 1 ޓީޗަރުކަމަށާއި އިދާރީ ކަންތައްތަކަށް ދެނީ 4500 ރުފިޔާކަމަށް ހަނީފް ވިދާޅުވިއެވެ. ނަމަވެސް އެ އަދަދަކީ އިދާރީ ކަންކަން ކުރުމަށް އެކަށީގެންވާ އަދަދެއް ނޫންކަމަށާއި އިތުރު ޓީޗަރެއް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނޭކަން ހަނީފް ވިދާޅުވިއެވެ. ނަމަވެސް އެކަމަށްވެސް ސަރުކާރުން އަހައްމިއްޔަތުކަމެއް ދީފައިނުވާކަން ހަނީފް ފާހަގަކުރެއްވިއެވެ.

536 މީހުން ދިރިއުޅޭ ދޮންފަނަކީ ޕީޕީއެމް 2 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި މިނިވަން 2 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އޮންނަ ރަށެކެވެ.

(މަސްދަރު: ވަގުތު)

ގުޅުންހުރި ލިޔުންތައް