ވިކްޓަރީ އަތުން ގޮއިދޫ އަށް ތާރީޚީ މޮޅެއް

ގޮައިދޫ ފުޓްބޯޅަ ޓީމު

ވިކްޓަރީ ސްޕޯޓްސް ޓީމާ ދެކޮޅަށް އިއްޔެ ގޮއިދޫގައި ކުޅުނު އެކުވެރިކަމުގެ މެޗު 5-0 އިން ގޮއިދޫ ޔޫތު ސޮސައިޓީ ކާމިޔާބުކޮށްފި އެވެ.

މިއީ ފަހުގެ ތާރީހުގައި ގައުމީ ފެންވަރުގެ ޓީމަކާ ދެކޮޅަށް ގޮއިދޫ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި ގޮއިދޫ ދަނޑުގައި މިފެންވަރުގެ ޓީމެއް ބަލިވެގެން ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
ގޮއިދޫ ޔޫތު ސޮސައިޓީން ބުނީ މެޗަށްފަހު ރޭ ވިކްޓްރީގެ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުމުގައި މިހާރުން މިހާރަށް ވިކްޓްރީއަށް ގެންދިއުމަށް ހަތް ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވިކްޓަރީން ބުނެފައިވާ ކަމަށެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އެޓީމުގެ އަޙުމަދު ވިޝާމްއާއި، އާދަމް ނިޒާމާއި، އަޙްމަދު ނިޒާމާއި، އަޙްމަދު އިމާޒުއާއި، ޙުސައިން ސުޖާއުއާއި، ޔޫސުފު މުޙައްމަދު އަދި ޢަބްދުއްﷲ މަޖީދު އަށެވެ. މީގެ އިތުރުން އިތުރު ކުޅުންތެރިންނަށްވެސް ވިކްޓްރީން ފުރުސަތު ހުޅުވާލާފައި ކަމަށްވެސް ގޮއިދޫ ޔޫތު ސޮސައިޓީން ބުންޏެވެ.

މިއީ ގޮއިދޫގެ ތާރީޚުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރައްވާ މެޗު އިންތިޒާމް ކުރި ގޮއިދޫ ޔޫތު ސޮސައިޓީން ބުނީ މީއީ ޓީމުގެ ކުޅުންތެރިން ދެއްކި ޓީމްވޯކްގެ ނަތީޖާއާޢި ހިތްވަރުކަމަށެވެ. އަދި ހިތްވަރާއެކު މަސައްކަތް ކޮއްފިނަމަ ކޮންމެ ޓީމެއްވެސް ބަލިކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިއަހަރު އަތޮޅުގެ ރަށްރަށާއި އެކު އިތުރު މެޗުތައް ކުޅުމަށް ރާވަމުން އަންނަކަމަށްވެސް ގޮއިދޫ ޔޫތު ސޮސައިޓިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

10 ކޮމެންޓް

  1. 5min

    އަހަންނަކަށް ނޭނގެ އޭދަފުށީ މީހުން ދެރަވާންޖެހޭނެ އެއްވެސް ސަބަބެއް، ތި ޓީމް ގައި ތިބީ އޭދަފުށީ ގައި އުޅެ ބޮޑުވި ކުދިން، އެއްކޮށް އެއް ސްކޫލެއްގައި ކިޔެވި ކުދިން، އޭދަފުށީ ކުދިން އުފާ ކަންނޭގެ ވާނީ، ވާންޖެހޭނީވެސް އެހެން…
    ދެން ނޭނގެ ހުސެން ފިކުރީގެ ގޮތެއް ބުނާކަށް`

    ރައްދު
  2. ހުސައިން ފިކުރީ

    ގޮއިދޫ ޓީމަކަށް ނުކުޅެވޭ މޮޅަކަށް…..ވިކްތްރީ އަކީ މިހާރު ސުމެއް….ނިޔުރޭޑިއަންޓް ކަހަލަ ޓީމަކާ ނިކަން ކުޅެލާބަލަ އޭރުން އެގޭނީ….. ވިކްޓްރީ ކަހަލަ ޓީމަކާ ކުޅެގެނެއް ފެންވަރެއް ނޭގޭނެ

    ރައްދު
  3. ބަތްޕޮޅި

    ގޮއިދޫ އަކީ ބ. އަތޮޅު ޗެލެންޖްގެ ޗެމްޕިއަން ޓީމް…. މީ މުހިންމު ޕޮއިންޓެއް…. ސޮރީ.. އޭދަފުށި ނޫސް ލަދުގަންނާނެދޯ މިވާހަކަ ޖަހަން؟؟ މިކޮމެންޓް ވެސް ނުޖަހާނެތާދޯ؟؟؟

    ރައްދު
  4. ސޯދިގް

    ވިކްޓަރީ ކޮޅަށް ގޮއިދޫއިން މިއަށްވުރެއް ގިނައިން ލަނޑުޖެހެން ޖެހޭނެ. ވިކްޓަރީ އަކީ މިވަގުތު ތާރީހެއް އޮތް ކުލަބެއް. މިދިޔަ އަހަރު ޓީމުގަތިބި ކުޅުންތެރިންގެ ތެރެއިން 24 ކުޅުންތެރިންވަނީ ކުލަބު ދޫކޮށް ގޮސްފައި ތަޖުރިބާ ކާރު އިތުރު ކުޅުންތެރިޔއކު ޓީމާ އަދި ނުގުޅޭ. އެހެންވެ މިހެން މިބުނީ.

    ރައްދު
  5. ilyas

    މިވަގުތަކީ ގޮއިދޫގެ ފާހަގަ ކުރެވުނު ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް ފުރުސަތުގެބޭނުން ހެޔޮގޮތުގަ ހިއްޕަވައިގެން ފުޓްބޯޅަޔާއިގެން ކުރިޔަށް ދިއުމަށް ގޮވާލަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.