ދަރަވަންދޫގައި އައިކޭމްޕެއް ބާއްވަނީ

ބ. ދަރަވަންދޫ ސިއްހީ މަރުކަޒާއި އެރަށު މާސްޓަރ ޓްރެކް ސްޓޫޑިއޯ ގުޅިގެން އައިކޭމްޕެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މާސްޓަރ ޓްރެކް ސްޓޫޑިއޯ އިން ބުނިގޮތުހައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދަރަވަންދޫ ސިއްހީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިކޭމްޕްގައި ލޯ ސްކްރީން ކުރުމާއި ނަންބަރ ނަގައިދިނުން އޮންނާނީ ހިލެއެވެ. އަދި މި އައި ކޭމްޕްގައި އެކިބޭފުޅުންނާގުޅޭ ތަފާތު ޑިޒައިންތަކުގެ ފްރޭމް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށްވެސ މާސްޓަރ ޓްރެކް ސްޓޫޑިއޯ އިން ބުންޏެވެ.

މި އައިކޭމްޕަގައި ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ 7994523 ނުވަތަ 7991987 ނަންބަރު ފޯނާ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. އަޙްމަދު ޖަމީލް

    ކީއްކުރާނީ. ފުޓްބޯޅަ ދަނޑެއްވެސް އެޅޭކަށްނެތެއްނު! އެއްބަޔަކު ދަނޑު އަޅަން ބޭނުންވަނީ ހުޅަނގުުކޮޅުގަ. އަނެއްބަޔަކު ދަނޑު އަޅަން ބޭނުންވަނީ އިރުމަތީކޮޅުގަ. ދެންހުރި މީހަކު ބޭނުންވަނީ ގޭގެ ދޮރުމަތީގަ ދަނޑު އަޅަން. މޭލެއް ހަމަނުވާ ރަށެއްގަ އެބަޔަކު ބޭނުންވާ ތަނެއްގަ ނޫނީ ދަނޑު އަޅަންނާ އެކަމާދެކޮޅު ހަދާކަމަށްވަންޏާ ކިހިނެއް ކަމެއް ކުރާނީ. ރަށުގެ ކޮންމެ ތާކު ދަނޑުއެޅިއްޔާމު ވާނީ ކޮންކަމެއް. 5 މިނެޓުން ހިނގާފަ ނުދެވޭ ތަނެއް މި އޭދަފުށީގަ އެބްއޮތްތަ؟ އޭދަފުށި ދެން އިތުރަކަށް ތަރައްޤީއެއްނުވާނެ ތިޔަކަހަލަ ބޯދާ ވިސްނުން ގެންގުޅޭ މީހުން ދިރިއުޅޭކަމަށްވަންޏާމު.

    ރައްދު
  2. katiriyA

    ބަލަ އޭދަފުށީގަ ކަނު މީހުން ނޫޅޭކަމެއް ނޭނގެ. ބ. އަތޮޅުގަ އައި ކޭމްޕެއް ބޭއްވީ ހަމަ ތިޔަ އޭދަފުށީގައި. ސޮނެވާފުށި ރިސޯޓުގެ ފަރާތުން ދެ ހާހުގެ އަހަރުތައް ފެށުނު ހިސާބުގައި. އެހެންވީމަ ތަންކޮޅެއް ބޮޑަށް ތާރީޚު ބަލާލާފަ ކޮމެންޓު ކުރުން ރަނގަޅުވާނެ ދޯ…….

    ރައްދު
  3. އަޙްމަދު ޖަމީލް

    އޭދަފުށީ މީހުނަށް ހުސް ފުޓްބޯޅަ ކުޅެވެއްޖިއްޔާ ނިމުނީ. އޭދަފުށި ތަރައްޤީ ކުރެވޭތޯ އުޅޭބަޔަކު މަދު. ކަމެއް ހިލޭސާބަހަށްވެސް މީހަކު ކަމެއް ކޮށްދޭން އުޅުނަސް ރަށު ކައުންސިލަރުނާއިހެދީ ކަމެއް ކުރެވޭކަށްނެތް. ކީއްކުރާނީ ދޯ؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.