ސީސީ އިންޓަރ ރިސޯޓް ފުޓުބޯޅަ މުބާރާތް ފަށައިފި

ސީސީ އިންޓަ ރިސޯޓް ފުޓްބޯލަ މުބާރާތް ފެށޫމުގެ ރަސްމިއްޔާތުގެ ތެރެއިން -- އީތީ ފޮޓޯ / ތޯރިގް
ސީސީ އިންޓަ ރިސޯޓް ފުޓްބޯލަ މުބާރާތް ފެށޫމުގެ ރަސްމިއްޔާތުގެ ތެރެއިން — އީތީ ފޮޓޯ / ތޯރިގް

 

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު އޭދަފުށީގައި ފަށައިފ ިއެވެ.

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ މުބާރާތް ހުޅުވައިދެއްވީ ނޯތް ރީޖަންގެ ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަސީރު އެވެ.

މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، ގުރޫޕް އޭގެ ފޯސީޒަންސް ލަނޑާ ގިރާވަރާއި ކިހާދު މޯލްޑިވްސް އެވެ. މިމެޗު 3-1 އިން ކާމިޔާބު ކުރީ ކިހާދު މޯލްޑިވްސް އެވެ.

ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލުޖަހާ ކުރިހޯދީ ވެސް ކިހާދު މޯލްޑިވްސް އިންނެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، ލިބުނު ހިލޭ ޖެހުމަކުން ލަނޑާ ގިރާވަރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ކިހާދު މޯލްޑިވްސް އާއި ލަނޑާގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން -- އީޓީ ފޮޓޯ / ތޯރިގް
ކިހާދު މޯލްޑިވްސް އާއި ލަނޑާގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން — އީޓީ ފޮޓޯ / ތޯރިގް

 

ދެވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ކިހާދުން މޯލްޑިވްސް އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގި އެވެ. އަދި މެޗު ނިމެނިކޮށް އިތުރު ލަނޑެއް ޖަހާ، ކިހާދު މޯލްޑިވްސް އިން ވަނީ އެޓީމުގެ ލީޑު ފުޅާ ކޮށްފައެވެ.

މެޗު ނިމުމާއެކު ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައިދިޔަ ނަމަވެސް މުބާރާތުގެ އޮފިޝަލުންނާއި، ދެޓީމު އޮފިޝަލުން ވެގެން ވަނީ މިކަން ހުއްޓުވައިފަ އެވެ.

މުބާރާތުގައި މާދަމާގެ ކުޅޭ މެޗުގައި ބައްދަލުކުރާނީ، ގުރޫޕް ބީގެ އަނަންތަރާ ކިހަވައް ވިލާސް އާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

މިއީ ކްލަބް ސީސީ އިން މި މުބާރާތް ބާއްވާ 4 ވަނަ އަހަރެވެ. ވޭތުގެ ދިޔަ ތިން އަހަރުވެސް މުބާރާތް ކާމިޔާބުކުރީ ސޮނެވާފުށި ރިސޯޓެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި އެ ރިސޯޓުން ބައިވެރިއެއް ނުވެއެވެ.

ސީސީން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު އެ ރިސޯޓުން މި އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އެ ރިސޯޓުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަންގާފައިނުވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ލިބުނު މެއިލްގައި އޮތީ މުބާރާތް މިއަހަރުވެސް އޮންނާނެ ވާހަކަ، އޭގައި މުބާރާތުގައި ބައިވެރިވާންޖެހޭ ތާރީޚެއް އެނގޭކަށްނެތް، ދެން ފަހުން ބައިވެރިވާން ފުރުސަތެއް ނުލިބުނު، ” ސޮނެވާފުށީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ismail rasheed

    Aharen 2013vana aharu royal team ah kulhunee furathama team listu ga nus innaaane .ekam royal was sonevaafushi kulhun iru royal keeeparu aniyaaa vegen ahan nah furusathu libun. Ey ru royal team manager kah hu research afraah ….furathama team list Lee iru Austen ge kameh neeen naaane ekamaku aharen e mubaaraathu ga kulhunin ..ekamaku efurusathu mifaharu soneva ah nulibuneeee keehve thow cc ge management kaari ahaalan bey nun…. mashakee b.thulhaadhoo dhekunuge Ismail rasheed…….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.