ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ގުރޫޕް ބީގެ އަނަންތަރާ ކިހަވައް ވިލާސް އާއި ރޯޔަލް އައިލެންޑް ރިސޯޓު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ރޯޔަލް އައިލެންޑް ކާމިޔާބު ކޮށްފި އެވެ.
ރޯޔަލް އިން އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގެ ކުރީކޮޅެވެ.
ރޯޔަލް އަށް ވުރެ ބޮޑަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ، ގިނަ ހަމަލާތަކެއް އުފައްދައިފައި ވަނީ އަނަންތަރާއިންނެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
މިމުބާރާތުގައި މާދަމާކުޅޭ މެޗުގައި ބައްދަލުކުރާނީ، ގުރޫޕް އޭގެ ކިހާދު މޯލްޑިވްސް އާއި އަމިއްލަފުށި ރިސޯޓެވެ.