ލަނޑާ ކަޓުވާލުމަށްފަހު އަމިއްލަފުށި ސެމީއަށް

އަމިއްލަ ފުއްޓާއި ލަނޑާގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އަލީ ރައްޒާން
އަމިއްލަ ފުއްޓާއި ލަނޑާގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ / އަލީ ރައްޒާން

 

ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ގުރޫޕް އޭގެ ފަހު މެޗުގައި، 5-0 އިން ފޯސީޒަންސް ލަނޑާ ގިރާވަރު ބަލިކޮށް، އަމިއްލަފުށި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

އަމިއަލްފުށިން ޖެހި ފުރަތަމަ ދެލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ހަނީފް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން މިރުސާލެވެ.

ދެވަނަ ހާފުގައި މުހައްމަދު ބައްސާމް، އަމިއްލަފުށީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު މަމްދޫހެވެ. އަދި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝިފާހެވެ.

މީގެ އިތުރުން ވެސް އަމިއްލަފުށްޓަށް ވަނީ މެޗުގައި ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި، ނާކާމިޔާބު ވެފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އަމިއްލަފުށީގެ ދެވަނަ ލަނޑު ޖަހައިދިން ހަސަން މިރުސާލެވެ.

ގުރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ކިހާދު މޯލްޑިވްސް 6 ޕޮއިންޓާއެކު ސެމީއިން ޖާގަ ހޯދިއިރު، އަމިއްލަފުށި ސެމީގެ ޖާގަ ހޯދީ، 3 ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ލަނޑާ ގިރާވަރު މުބާރާތުން ކެޓީ އެއްވެސް ޕޮއިންޓެއް ނުލިބި، ގުރޫޕުގެ އެންމެ ފުލުގައި އޮވެގެންނެވެ.

މާދަމާ ކުޅެވިގެންދާ ގުރޫޕް ބީގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ، ދުސިއްތާނި އާއި އަނަންތަރާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.