ކިހާދު ބަލިކޮށް އަނަންތަރާ ފައިނަލަށް

semi1picIruhaa2015ccresort
އަނަންތަރާ އާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިނެ – އީޓީ ފޮޓޯ: އިރުހާ

ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-0 އިން ކިހާދު މޯލްޑިވްސް ބަލިކޮށް، އަނަންތަރާ ކިހަވަށް ވިލާސް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގެ މިމެޗުގައި އަނަންތަރާއިން ޖެހި ދެގޯލު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. މި ދެގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ، އަރުޣާމް އިބްރާހީމް އަދި ހުސައިން ނަޒީހެވެ.

ގިނަ ވަގުތު ވާރޭތެރޭގައި ކުޅެވުނު މިމެޗުގައި ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، 53 ވަަނަ މިނިޓުގައި ރެފްރީ ވަނީ ކުޅުން ހުއްޓުވާލައިފަ އެވެ. މޫސުމާ ބެހޭ ގޮތުން ރެފްރީން، ދެޓީމުގެ އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ފަހު ދެން ކުޅުން ކުރިޔަށް ގެންގޮސްފައި ވަނީ އޭގެ 5 މިނިޓު ފަހުންނެވެ.

މެޗު ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް ކިހާދަށް ވަނީ ގޯލުޖަހާނޭ ރަނުގެ ދެފުރުސަތެއް ލިބި، ބޭކާރު ވެފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކާއި އަނަންތަރާގެ އޭރިޔާ ތެރެއިން ލިބުނު ނުސީދާ ހިލޭޖެހުން ވަނީ، އަނަންތަރާގެ ކީޕަރު، އަހުމަދު އުޝާމް ވަރަށް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް، އަނަންތަރާގެ ކީޕަރު، އަހުމަދު އުޝާމެވެ.

އަނަންތަރާގެ ކޯޗު، މުހައްމަދު ޒާހިދު (ބައްޓޭ) ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅުހެދުމުގެ ސަބަބުން މިމެޗުގައި ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އަދި އަނަންތަރާގެ ކެޕްޓަން، އަހުމަދު ހުސައިނަށް ވެސް މިމެޗުގައި ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ދުސިތާއި އަމިއްލަފުށްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.