ފައިނަލުގެ ފަހު ޖާގަ އަމިއްލަ ފުއްޓަށް

އަމިއްލަ ފުއްޓާއި ޑްސިޓް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ / އަލީ ރައްޒާން
އަމިއްލަ ފުއްޓާއި ޑްސިޓް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ / އަލީ ރައްޒާން

 

އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މިއަހަރު މުބާރާތުގައި އަލަށް ބައިވެރިވި އަމިއްލަފުށި ރިސޯޓް ހޯދައިފި އެވެ.

އެ ޓީމު ފައިނަލަށް ދިޔައީ ދެވަނަ ސެމީގައި މިއަދު ހަވީރު ޑްސިޓް ތާނީ މޯލްޑިވްސް (މުއްދޫ) އާ ވާދަކޮށް 1-0 އިން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އަމިއްލަ ފުއްޓަށް ލަނޑު ޖަހައިދިނީ ހަސަން ޝިފާހު އެވެ.

ޑްސިޓްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރަނީ -- ފޮޓޯ / އަލީ ރައްޒާން
ޑްސިޓްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރަނީ — ފޮޓޯ / އަލީ ރައްޒާން

 

މި މެޗުގައި ދެ ޓީމަށްވެސް ސަޕޯޓްކުރުމަށް އެ ރިޒޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން އޭދަފުއްޓަށް އައެވެ. ބެރާއި ދުންމާރީގެ އަޑުން ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ އެއްވެސް ބަޔަކަށް ދޫނުދީ ތަރުހީބު ދެމުންދިޔަ މަންޒަރެވެ.

އަމިއްލަފުށި ރިސޯޓްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރަނީ -- ފޮޓޯ / އަލީ ރައްޒާން
އަމިއްލަފުށި ރިސޯޓްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރަނީ — ފޮޓޯ / އަލީ ރައްޒާން

 

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމިއްލަ ފުށި ރިސޯޓްގެ އިސްމާއިލް ރިޒާ އެވެ.

ފައިނަލުގައި ހޯމަ ދުވަހު ހަވީރު އަމިއްލަފުށި ވާދަކުރާނީ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓާ އެވެ. އަނަންތަރާ ފައިނަލަށް ނުކުންނަ އިރު އެ ޓީމުގެ ކޯޗު ސެމީގެ ފުރަތަމަ މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވާތީ، ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.