ކޮލިފައިން ފުރަތަމަ ދެ މެޗުގެ ސްކޮޑަށް އޭދަފުށީގެ 4 ކުޅުންތެރިން

ސެންޓޭ، ޝާފިއު، ކުޑައްޓޭ އަދި ހަމްޕް
ސެންޓޭ، ޝާފިއު، ކުޑައްޓޭ އަދި ހަމްޕް

 

ރަޝިޔާގައި 2018 ގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ ދެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި އޭދަފުށީގެ 4 ކުޅުންތެރިން ހިމެނިއްޖެ އެވެ.

ގަތަރާއި ހޮން ކޮންގާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ އޭދަފުއްޓަށް އުފަން 4 ކުޅުންތެރިންނަކީ ކުރިވެސް ގައުމީ ޓީމަށް ކުޅެމުންދިޔަ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު ގެ އިތުރުން މިދިޔަ އަހަރު ގަލޮޅު ދަނޑަށް ތައާރަފްވީ ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ކޭމްޕް ކުރަނީ ދެކުނު ކޮރެއާގަ އެވެ. އެ ކޭމްޕް ކުރިއަށް ދާނީ މި މަހު 19- 31 އަށެވެ.

ގަތަރާ ދެކޮޅަށް މާލޭގައި ރާޢްޖެ ނުކުންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. އެއަށް ފަހު އަންނަ މަހު 16 ގައި ރަށުން ބޭރުގައި ހޮންގްކޮންގާ ބައްދަލުކުރާނެ އެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި ޗައިނާ އެވެ.

ގައުމީ ސްކޮޑް

ކީޕަރުން:
އިމްރާން މުހައްމަދު (މާޒިޔާ)، މުހައްމަދު އިމްރާން (ޓީސީ)، އިފްރާހް އަރީފް (ބީޖީ)

ޑިފެންޑަރުން:
ފަރުހާދު އިސްމާއިލް (މާޒިޔާ)، އަމްދާން އަލީ (މާޒިޔާ)، ސަމްދޫހް މުހައްމަދު (މާޒިޔާ)، މުހައްމަދު ޝިފާން (ނިއު)، ޝާފިއު އަހުމަދު (ނިއު)، އަހުމަދު އަބްދުﷲ (ނިއު)، ރިލްވާން ވަހީދު (ނިއު)، މުހައްމަދު ރަޝީދު (ނިއު(

މިޑްފީލްޑަރުން:
މޫސާ ޔާމީން (މާޒިޔާ)، މުހައްމަދު އިރުފާން (މާޒިޔާ)، އަހުމަދު ނިޔާޒް (ނިއު)، އަކުރަމް އަބްދުލް ގަނީ (ނިއު)، އަލީ ފާސިރު (ނިއު)، މުހައްމަދު އާރިފް (ކޭބީޒެޑް(

ފޯވާޑުން:
އަސަދުﷲ އަބްދުﷲ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، އަހުމަދު ނާޝިދު (މާޒިޔާ)، އަސްހަދު އަލީ (ނިއު)، ހަމްޒާ މުހައްމަދު (ނިއު)، ހަސަން އަދުހަމް (އީގަލްސް)، އިސްމާއިލް އީސާ (އީގަލްސް)، އަލީ އަޝްފާގް (ޕީޑީއާރްއެމް(

އެހެން ނަމަވެސް މި ނެގި 25 ކުޅުންތެރިންގެ ސްކޮޑުން ނިއު ރޭޑިއަންޓްގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވަނީ ފަހުން ބާކީކޮށްފަ އެވެ.

ހޮކޭ ބާކީ ކުރީ މި އަހަރު ޖެނުއަރީ މަހު އޮތް ޕީޕަލްސް ކަޕްގެ މެޗެއްގެ ތެރެއިން ސިންގަޕޯ ލަޔަންސް ކުޅުންތެރިއެއްގެ ކަރަށް ފައިން އެރުމުން އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު މިިދިޔަ މަހު 23 ވަނަ ދުވަހު ހޮކޭ ހަ މެޗަށް ސަސްޕެންޑް ކުރުމަށް ނިންމައިފައިވަނިކޮށެވެ. މި މައްސަލަ ނިއު އިން އިސްތިއުނާފް ކުރި ނަމަވެސް އެެފްއޭއެމުން ނިންމީ އެ މައްސަލަ އަށް ލުޔެއް ނުދިނުމަށެވެ.

މިކަމަމާގުޅިގެން އެފް އޭ އެމް  ބުނެފައިވަނީ ސަސްޕެންޝަނުގައި ހުރި ކުޅުންތެރިޔަކު މިވަގުތު ގައުމީ ޓީމުގައި ހިމެނުމަކީ އެންމެ އެދެވޭގޮތް ކަމަށް ނުވާތީ ހޮކޭ ބާކީކުރުމަށް އެފްއޭއެމްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.