އައިލެންޑް ކަޕްގައި މިފަހަރުވެސް އޭދަފުށިން ބައިވެރިވަނީ

އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތައްޓާއެކު އުފާފާޅުކުރަނީ.
. އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު ތައްޓާއެކު އުފާފާޅުކުރަނީ. މިއަހަރުގެ މުބާރާތުގައިވެސް އޭދަފުށީ ޓީމު ބައިވެރިވާނެ

 

މުޅި ރާއްޖެއަށް ހުޅުވާލައިގެން  ރައިޒިން ސްޓާ ފޯ ވިލުފުށި ރެކްރިއޭޝަން އިން މާލޭގައި މިދިޔަ އަހަރު ބާއްވަންފެށި އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގައި މިފަހަރުވެސް އޭދަފުށީ ޓީމު ބައިވެރިވާގޮތަށް ނިންމައިފި އެވެ.

އޭދަފުށީ ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު އީޓީ އަށް މައުލޫމާތުދެމުން ބުނީ މިފަހަރުވެސް އޭދަފުށިން ބައިވެރިވާނީ ތަށި ހޯދަންކަމަށާއި، މިދިޔަ އަހަރު ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މިފަހަރުގެ ޓީމުގަވެސް ހިމެނޭނެ ކަމަށެވެ.

“ޓީމު ވަރަށް ވަރުގަދަވާނެ. މިދިޔަ އަހަރު ކުޅުނު ގިނަ ކުޅުންތެރިން އުޅޭނެ. މިފަހަރުގެ ޓީމު ނިކުންނާނީ ފާއްޓޭ އަދި ސޮބީވެސް ހިމަނައިގެން. އެހެންވީމަ މާބޮޑަށްވެސް ވަރުގަދަ ވާނެ. އުއްމީދަކީ ތަށި ދިފާއުކުރުން،” ސަލްމާން ބުންޏެވެ.

ޓީމުގެ ކޯޗެއްގެ ގޮތުގައި މިފަހަރުވެސް ހުންނާނީ މިދިޔަ އަހަރުވެސް އެ މަގާމު ފުރި ނިއުރޭޑިއަންޓާއި ގައުމީ ޓީމަށްވެސް ކުޅޭ އަހުމަދު ނިޔާޒް (ނިޔާ) އެވެ. ނިޔާ އަކީ މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބު ކުރި އެސް.ޓީ.އޯ ޓީމްގެވެސް ކޯޗެވެ.

މި މުބާރާތް ކުރިއަށް ދާނީ އަންނަމަހުގެ 1 އިން 13 އަށް މާލޭ މިނީ ފުޓްސަލް ގްރައުންޑްގަ އެވެ. އަތޮޅުތެރޭގެ 32 ރަށަކުން ބައިވެރިވި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށީ ޓީމު ހޯދީ ފައިނަލްގައި 6-3 އިން ހދ. ނާވައިދޫ ޓީމު ބަލިކުރުމަށްފަހު އެވެ.

މިފަހަރުގެ މުބާރާތުގައި 40 ޓީމަށް ބައިވެރިވުމުގެ ފުރުސަތު ދޭގޮތަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ހަމަޖައްސާފަ އެވެ. އޭދަފުށީ ޓީމްގެ މެނޭޖްމަންޓުން ބުނީ ޓީމު ސްޕޮންސާ ކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާކަމަށާއި، ކާމިޔާބީއާއި ހަމައަށް ދިއުމަށް ރަށުގެ ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.