ބ. އަތޮޅުގައި ހިންގަމުން އަންނަ ޑްރީމްލޭންޑް ރިސޯޓްގެ ބިދޭސީއަކު ގައިން ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު އެ މީހާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާއި އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށް ރިސޯޓް ދަނީ މޮނީޓާ ކުރަމުން ކަމަށެވެ.
އެ ރިސޯޓުގައި ތިބި ބިދޭސީންތަކެއްގެ ގައިން ކޮވިޑް19ގެ އަލާމާތް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވަނީ ރޭގައެވެ.
ނަމަވެސް އެ ރިސޯޓުން ބަލީގެ އަލާމާތް ފެނިފައިވަނީ ކިތައް ބިދޭސީންގެ ކަމާއި އެއީ ކޮން ގައުމެއްގެ ބައެއް ކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.
ރޭ ވަނީ ބ. ފެހެންދޫ އަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނާތީ އޭނާ އެކަހެރިކޮށް، ޓެސްޓު ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.