ކޮވިޑް-19: ސަލްސާ ރިޓްރީޓް ވަގުތީގޮތުން ބަންދު ކުރަނީ

ރާއްޖެ އިން ވެސް ކޮވިޑް-19 ފެނި، މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމަށް ދިއުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބ. އޭދަފުށީގައި ހިންގަމުންނަން ސަލްސާ ރިޓްރީޓް ރެސްޓޯރަންޓްގެ ޚިދުމަތް މާދަމާ އިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

ސަލްސާ އިން ބުނީ، މިއީ މި ދަނޑިވަޅުގައި އަމިއްލަ ރައްކާތެރިކަމާއި ފަރުދުންގެ ރައްކާތެރިކަމަށްޓަކައި ދުނިޔޭގެ ސިއްހަތާބެހޭ އިދާރާތަކުންނާއި އަދި ރާއްޖޭގެ ސިއްހަތާބެހޭ އިދާރާއިން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިއްމު ކަމަކަށް ދެކޭތީ އެޅި ފިޔަވަޅެއް ކަމަށެވެ.

އެގޮތުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 16 މާޗު 2020 ފެށިގެން 7 ދުވަހުގެ މުއްދަތަށް ސަލްސާ ރިޓްރީޓް ރެސްޓޯރަންޓް ބަންދުކުރާނެ ކަމަށްވެސް ސަލްސާއިން ބުންޏެވެ.

“ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް މެނޭޖްމަންޓުން ނިހާޔަތަށް ޝުކުރު ދަންނަވަން،”

 އެ ތަނުގެ ޚިދުމަތް އަލުން ފަށާނީ މާޗު 23ގައި ކަމަށް ސަލްސާއިން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ މީހާގެ ސާފުތާހިރުކަމާއި މުޖްތަމައުގެ ސާފުތާހިރުކަން ދެމެހެއްޓުމެވެ. މި ބަލި ފެތުރިޔަ ނުދިނުމަށްޓަކައި އިއްޔެ އޭދަފުށީ ކައުންސިލުން ވަނީ މރަށުގެ ކުޑަކުދިންގެ ޕާކުތަކާއި ފުޓްބޯޅަ ދަނޑުތައް ވެސް ބަންދުކޮށްފަ އެވެ.

އަދި އިއްޔެ ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން 14 ދުވަހުގެ މުއްދަތަށް ވަނީ މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.